ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު 14 އަށް ދަށްވެއްޖެއެވެ.

އެޗްޕީއޭއިން މިމަހުގެ 10 ވަނަ ދުވަހު އާންމު ކޮށްފައިވާ ލިސްޓުގައި މޮނިޓަރިންގެ ހާލަތުގައި އޮތީ 15 ރަށެކެވެ. އެހެން ނަމަވެސް މިއަދު އާންމުކުރި ލިސްޓުގައި އެ އަދަދު ވަނީ 14 އަށް ދަށްވެފައެވެ.

އެޗްޕީއޭގެ ބަންދުގައި މިވަގުތު ހުރި ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ހދ. ހަނިމާދޫ، ހއ. ދިއްދޫ، ލ. ދަނބިދޫ، ށ. ކަނޑިތީމު، ތ. ވިލުފުށި، ހދ. ނޮޅިވަރަން، ހއ. ހޯރަފުށި، ށ. ނޫމަރާ, ހއ. އުތީމު، ހދ. ފިނޭ އަދި ލ. މާބައިދޫ އެވެ.

މިރަށްތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގެ ހާލަތުގައި އޮތީ ހއ.އިހަވަންދޫއެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ

ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ހދ. ހަނިމާދޫ، ހއ. ދިއްދޫ، ލ. ދަނބިދޫ، ށ. ކަނޑިތީމު މޮނިޓަރިންއަށް ލާފައުވަނީ ޖެނުއަރީގަ އެވެ.

މިދިޔަ މަހު އެޗްޕީއޭއިން ބަންދުކޮށްފައިވާ ރަށްތަކަކީ ތ. ވިލުފުށި، ހދ. ނޮޅިވަރަމް އަދި ހއ. ހޯރަފުށްޓެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ބަންދުކޮށްފައިވަނީ ހަތަރު ރަށެކެވެ. އެއީ ށ. ނޫމަރާ، ހއ. އުތީމު، ހދ. ފިނޭ އަދި ލ. މާބައިދޫ އެވެ.

ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިހާރު ކޮވިޑް ޖެހިފައި ތިބީ 10،661 މީހުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެމުން ގެންދަނީ ހަތަރު މީހުންނަށެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ ރައީސް ސޯލިހް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ އެވެ. އަދި އެޗްޕީއޭއިން ވަނީ އުސޫލުތަކަށް ބަދަލު ގެނެސް މާސްކް އެޅުން މަޖްބޫރު ނޫން ކަމަށް ނިންމާފަ އެވެ. އަދި އަތޮޅު ތެރޭ ރަށްތަކައް ދާއިރު މިހާރު ޕީސީއާރް ޓެސްޓު ހަދާކަން ނުޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު