ކަނިފުށި މާލެ އޮފީހުގައި ހުރި ފޮށިގަނޑެއް ވަގަށް ނެގި މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ވަގުތެއްގައި ކަނިފުށި މާލެ އޮފީހުގައި ހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، އެ މީހާއަކީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

https://twitter.com/PoliceMv/status/1504002995725299717?s=20&t=I22skvls78QlkguiKbPmug

މާލޭގައި ހުންނަ ކަނިފުށި އޮފީހުން ފޮށިގަނޑެއް ނަގައިގެން އެމީހާ ނުކުމެގެން ދާތަން ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެނެއެވެ. އަދި ފޮށިގަނޑު ވަގަށް ނެގުމަށް ފަހުގައި ދޮރު ކައިރީގައި އޭނާ މަޑުކޮށްލައިގެން ހުންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަ ކުރައްވާ ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ޝުކުރު ވެސް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ތީނަ ވ ވައްތަރު އޭސީ ހަދަން އުޅުނު ބަންގާޅު މީހަކާ! އެކަމު ހަދާނެއް ނުވޭ ކޮން ތަނަކުން ކަމެއް ފެނުނީ ކުރީގަ!

  2. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ތަންކޮޅެއް އަވަހީ