ރައްޔިތުންގެ މަޖިލިސް، ގައުމީ ލިސްޓެއްގެ ބަޔަކު ހިމެނޭ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ރައީސް ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ އެންމެހާ ކަންކަން ހިނގަމުން ދަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ކަމަށާއި މަޖިލީހަށް އިންތިހާބުވާ ގިނަ މީހުންނަކީ ޕާޓީތަކުގެ ފިކުރުގައި އިންތިހާބު ވެފައިވާ މެމްބަރުން ކަމަށެވެ.

ގިނަ ގައުމުތަކުގައި ޕާޓީތަކަށް ލިބޭ ގޮޑިތަކުގެ އަދަދުން އެ ޕާޓީއަކަށް އިތުރު ގޮނޑި ލިބޭ އުސޫލެއް އޮންނަ ކަމަށެވެ. އަދި އެއީ ނެޝަނަލް ލިސްޓްގައި މަޖިލީސް އިން ޖާގަ ލިބޭ މެންބަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ބާވަތުގެ ބަދަލު ގެނައުމަކީ ބޭނުންތެރި ކަމެކެވެ. މަޖިލީހުގެ މެންބަރުންނަށް އެ ބޭފުޅުންގެ ރަށްތައް ތަމްސީލު ކުރުން ފިޔަވާ އެހެން ކަމެއް ކުރުން ދައްޗެވެ. ގައުމީ ނަޒަރަކުން ކަންކަމާއި ވަކާލާތު ކުރާނެ ބަޔަކު ބޭތިއްބުމަށް ނޭޝަނަލް ލިސްޓްގެ މެންބަރުންގެ ބޭނުންތެރިކަން ވަނީ އެތައް ގައުމެއްގެ ސިޔާސީ ހަޔާތް ކަށަވަރު ކޮށްދީފައެވެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގިނަ ބިލް، ގަރާރު އަދި މައްސަލަ ވެސް ހުށަހެޅެނީ މުޅި ރާއްޖެއަށް ނިސްބަތްކޮށް ކަމަށާއި ވަކި ރަށަކަށް ނިސްބަތްކޮށް ހުށަހަޅާ ކަންކަމަކީ އެރަށެއްގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅޭ ކަމެއް ނޫން ކަމަށެވެ.

"އެރަށެއްގައި އެކަން ހިނގީތީ އެރަށަކަށް ނުވަތަ ސަރަހައްދަކަށް ނިސްބަތްވަނީ. މެމްބަރުން އިންތިހާބު ވެފައިވަނީ ސަރަހައްދުތަކުން ކަމުން، މެމްބަރުން ވަކާލާތު ކުރަނީ ރަށަށް އަތޮޅަށް ފަހިވާ ގޮތަށެވެ." ނަޝީދު ވިދާޅުވިއެވެ.

ރަދުންގެ އަށް މެންބަރުން ވެސް އަދި ރައީސްގެ އަށް މެންބަރުން ވެސް ވަކާލާތު ކުރީ ރަދުންގެ ފަރާތްޕުޅުން ނުވަތަ ރައީސްގެ ފަރާތްޕުޅުން ކަމަށާއި މަޖިލީހުގެ އެއްވެސް މެންބަރަކީ އިންތިހާބަކާއި ނުލާ އައްޔަންވާ މެންބަރުންގެ ގޮތުގައި އޮތުމަކީ ޑިމޮކްރަޓިކް މަޖިލީހެއްގެ އަސާސީ އުސޫލާއި މުޅީން ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދުރޫސުލް އަހުލާގާވެސް ނުބައްދަލު ކަމެކެވެ. މުޅި ރާއްޖެ ތަމްސީލު ކުރުމަށް މަޖިލީހުގައި މެންބަރުން ތިއްބެވުން ބޭނުންތެރިއެވެ. އަދި އެ މެންބަރުން އިންތިހާބު ކުރާނެ ގޮތް ކަނޑައާޅަން ޖެހެ އެވެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެތައް ގައުމެއްގެ މަޖިލިސްތައް އެކުލެވިގެން ވަނީ ގައުމީ ލިސްޓެެއްގެ މެންބަރުން ހިމެނޭ ގޮތަށް ކަމަށާއި އެފަދަ މެންބަރުން އިންތިހާބު ކުރުމުގައި އެކި ގޮތްގޮތް ބޭނުން ކުރާ ކަމަށެވެ. އަދި ގިނަ ގައުމުތަކުގައި ގެންގުޅޭ އެއް ހަމައަކީ މެންބަރުން ހަމަވެގެން ރަޖިސްޓްރީވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ގޮނޑީގެ އަދަދަށް ބަލާ އެ ޕާޓީއަކުން މެންބަރުން ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޝައުން

    މަޖިލީސް އޮތީ ރަނގަޅައް. ކަލޭގެ ވަކިތަކުންމަޖިލިސް ސަލާމަތްވީމަ ނިމުނީ.

    74
    6
  2. ކުރުސި

    ކެނެރީގެ ނަޝީދުބޭރުކުރުމުން މަޖުލިސް ރަނގަޅުވާނެ

    22
    1
  3. ކޮރަލް

    ބާރު ތަކާ ވެރިކަން ނުލިބިގެން އުޅޭ މަރު ފަލި ޖަހާ މީހެކެވެ.

    18
    1
  4. ޙަަަހަ

    މީ ކިހިނެއްވާ މީހެއްތަ އަޅެ ، މަޤސަދަކީ ކޮބާތަ ، މައުމޫން ޙާއްސަ މަޖިލިސް ހަދާގެން 8 މެމްބަރުން ލާގެން އުޅުންއިރު މި މީހުންނަށް އެކަންވަރަށް ބޮޑުކޮށްގޯސް ، މިހާރު ކީކޭތަ މިކިޔަނީ ، މިތަން ހަލާކު ނުކޮށް ދޭބަލަ ހެޔޮނުވާނެ

    18
  5. މާމީ

    މޫރާދޫ ގެއިން ތިކަހަލަ ކަންތަކެއް ފާހެއްނުވާނެ

    11
  6. ހަސަން

    އަންނި މި ގައުމުން ބޭރު ކުރަންޖެހޭ. ބޮޑު މުސީބާތެއްނު

    17
  7. Anonymous

    އަނެއްކާ އަނެއް ފަސާދަ އުފައްދަން ތިއުޅެނީ. ކަލޭ ތިކިޔާ ޑިމޮކްރެސީތަކަށް ވެގެންދާ ގޮތް އެހެރަ ފެންނަނީ ހުޅަނގު ފަރާތުގައި އޮތް ފަރަންޖީންގެ ބައްރުން. މާތްﷲ ގެ އިރާދަފުޅާއެކު، ކުރިއަށް އޮތް ފަންސާހަކަށް އަހަރުގެ ތެރޭގައި ތި ފަސާދައާއި ތި އަނިޔާވެރިކަމަށް ނިމުމެއް އަންނާނެ. އެދުވަހަކުން މި ގައުމުގެ އަހުލުވެރިން ކަލޭގެ ނަން ލިޔާނީ ނުވަވަނަ ހަސަންރަސްގެފާނުގެ ނަމާއި އަބޫޖަހުލުގެ ނަމާއެކުގައި. އަދި އޭރު ކަލޭ އޮންނާނީ ކަށްވަޅުގެ އަޒާބުގެ ތެރޭގައި ހޭރިހޭރި.

    12
  8. މުބީން

    މިހާރު ވަކި ދާއިރާއަކުން ނޮހޮވޭނެކަން އިނގުނީ. ރައީސްގެ ޓިކެޓު ވެސް ނުލިބޭނެތީވެ.

    12
  9. ރީދޫ

    ދެން އިންތިހާބަކުން މަޖިލީހަށްވެސް ނާދެވޭނެކަން ޔަގީންވީމާ މިހާރު އެމަސަތްކަތް ފެށީ މަކަރުވެެރި ގޮތަކަށް މަޖިލީހަށް އަންނަށް...... ކަލޯ ގުރައިދުއަށް ނުގެންދަނިސް އަވަހަށް ސިޔާސީ ކަންކަމުން ދުރުވޭ.

    13
  10. ޕމ

    މިހާރުގެ މަޖިލީސް އަކީ ރަށްތަކުގެ، އަވައްތަކުގެ ރައްޔިތުން ތަމްސީލު ކުރާ ބައެއް ނޫންތަ.

  11. Anonymous

    ވަރަށް ތާއީދު. 5،000 މީހުންނަކީ މިހާރުގެ ހާލަތަށް ބަލާއިރު ކުޑަ މިންވަރެއް. އާބާދީ އިތުރުވާ ވަރަކަށް މަހަކު 85،000 ރުފިޔާ އާއި އެތަކެއް އިނާޔަތްތަކެއް ދޭންޖެހޭގޮތަށް މެންބަރުން އިތުރުކުރަމުންދިއުމަކީ ދައުލަތުގެ މާލިއްޔަތުން ކުރާ ބޭކާރު ހަރަދެއް. ކުރިނއަތޮޅަކަށް ދެ މެންބަރުން އޮތުން މާ ރަނގަޅުވާނެ.

  12. Anonymous

    ވަރަށް ތާއީދު. ކޮންމެ 5،000 މީހުންނަށް މެންބަރެއް ކަނޑައެޅުމަކީ ދައުލަތުގެ ބަޖެޓުން ކުރާ ބޭކާރު ހަރަދެއް. މިއިން ކޮންމެ މެންބަރަކަށް މަހަކު 85،000 ރުފިޔާދީ، އާއިލާއަށް އެތަކެއް އިނާޔަތްތަކެއް ދިނުމުގެ ބަދަލުގައި އެ ފައިސާއިން ހޮސްޕިޓަލުތައް ހިންގުމުން ރައްޔިތުންނަށް މާ ފައިދާ ބޮޑުވާނެ.

    7
    4
  13. ގލ

    މަޖިލީހުގެ އަދި އިންތިޚާބުތަކާބެހޭ އެއްވެސް ކަމަކަށް
    ބަދަލު ނުގެނައުމަށް ސަ ރުކާ ރަށް ގޮވާލަމެވެ ވަކިމީހަކަށް
    ވެ ރިކަމަށް މަގުފަހިވާގޮތަށާއި ތާއަބަދު ވެ ރިކަމުގައި ހު ރުމަށް
    ރާވާ މަކަ ރުވެ ރި މަޅިފަތި ބަލައިނުގަންނަމެވެ.

    10
  14. މުހައްމަދު

    މަޖިލީހުގައި ގިނަވެގެން ތިބެންވީ 48 މެންބަރުން. އެއަށްވުރެ ގިނަ މީހުން ތިބުމެކޭ ނެތުމެކޭ ވާނީ އެއްވަރު. ކުރީގެ މަޖިލިސްތަކަށްވުރެން މިހާރު މަޖިލީހަށް މެންބަރުން ހޮވާގޮތާއި ހޮވޭގޮތުގައި ބޮޑެތި ކޮރަޕްޝަނާއި ފަސާދަ މާބޮޑަށް އެބައޮތް. ކަމެއް ކުރަންޏާ ކުޑަވޭތޯ ބަލަންވީ މިކަންކަން. އެއްވެސް ޕާޓީއަކަށް ޖަމާޢަތަކަށް މަޖިލީހުން މެންބަރުން ޢައްޔަންކުރުމުގެ ފުރުޞަތެއް އޮވެގެން ނުވާނެ.

  15. ރޯނުއެދުރު

    ރަދުންގެ އަށް މެންބަރުން ވެސް އަދި ރައީސްގެ އަށް މެންބަރުން ވެސް ވަކާލާތު ކުރީ ރަދުންގެ ފަރާތްޕުޅުން ނުވަތަ ރައީސްގެ ފަރާތްޕުޅުން ކަމަށާއި މަޖިލީހުގެ އެއްވެސް މެންބަރަކީ އިންތިހާބަކާއި ނުލާ އައްޔަންވާ މެންބަރުންގެ ގޮތުގައި އޮތުމަކީ ޑިމޮކްރަޓިކް މަޖިލީހެއްގެ އަސާސީ އުސޫލާއި މުޅީން ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.(މިގޮތް ރަނގަޅެއްނޫނޯ)

    ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ގޮނޑީގެ އަދަދަށް ބަލާ އެ ޕާޓީއަކުން މެންބަރުން ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. (މިގޮތް ރަނގަޅޯ، މިމެމްބަރުން މިކަނޑަ އަޅަނީ އިންތިޚާބަކުންތޯ؟)

  16. ބިންގޯ

    ކަލޭ އެކަނި ތިޔަ މަޖިލީހުގަ އިންނަން ފާސް ކޮއްބަލަ. އޭރުން ނިމުނީނު.

  17. ާކޮއްޔާ

    ތި ރަނގަޅު އުސޫލްތަށް އޮންނަ ތާކަށް އަވަހަށް ދޭ // ފިތުނައިގެ ބާނީ ،،،

  18. މަރޮށި އަލީ

    ޅިޔަނުގެ ހިޔަޅު ކަމުގެ ދަށުން މިފަހަރު ބޭރުކޮއްލާނެ.

  19. ކާސިމް

    ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވެރިކަމަށް އާދެވޭނެ ގޮތެއް ބަލަނީ

  20. ސސ

    ނަލަހެދިގެން ކޯޓް ފަޓުލޫނުގައި ބޮޑެތި ގޮޑީގައި ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިތިބެގެން ރައްޔިތުން ގުންބޯ ހައްދަނީ !