ދުނިޔެއިންވެސް މަދުން ނޫނި ފެންނަ ބައްޔެއް ކަމަށްވާ، ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާ ތަހައްމަލު ކުރަމުން ދާ ޏ. ފުވައްމުލަކަށް އުފަން ނުވަ މަހުގެ ޔޫނުސް ލަޔަކް އަށް ނިއުމޯނިއާ ޖެހި ހާލު ދެރަވާން ފަށާފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާ އާއި އެކީ ދުނިޔެއަށް އުފަންވާ ކުދިންގެ ހަމުގެ ބޭރުގައި ހުންނަނީ ބޯ ހަންތަކެއް ލެވިފައެވެ. މިކަންކަމުގެ ސަބަބުން ކުއްޖާގެ ލޮލުގެ އެސްފިޔަތަކާއި، ނޭފަތާއި، އަނގައާއި، ކަންފަތް އަދި ކަންފަތްތަކުގެ ބައްޓަންތަކަށް އަސަރުކޮށް ދެފައިގެ މޫވްމަންޓް ލިމިޓް ކުރެވެއެވެ. ބޮލުގައި ރިހުން މަނާކުރުމުން ނޭވާލުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.

ލަޔަކްއަށް މީގެ ކުރިން ފަރުވާ ދީފައިވާއިރު، ލަޔަކްގެ މަންމަ ހައްވާ އުލާ އިބްރާހިމް މިރޭ "ވަގުތަށް" ބުނީ، ފެބްރުއަރީ މަހުގައި ލަޔަކްގެ ހަމުގެ އިންފެކްޝަން ހެދުނު ގޮތަށް ބަލިކޮށް އުޅޭތީ ރޭގެ ވަގުތެއްގައި ރަށު ހޮސްޕިޓަލަށް ދެއްކުމުން ނިއުމޯނިއާ ޖެހިފައި ހުރި ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.

"ބޭބީ ބަލިކޮށް އޮންނާތީ ރޭ ދެއްކީމަ އެކްސްރޭ ނަގާފައި ޑޮކްޓަރު ބުނީ ފުއްޕާމޭގައި މައްސަލަތަކެއް ހުރި ކަމަށް. ނިއުމޯނިއާ ކަމަށް ލަފާ ކުރީ" އުލާ ބުންޏެވެ.

ލަޔަކްގެ ހަންގަނޑުގައި އިންފެކްޝަން ހެދުމުން އާއިލާއިން ވަނީ މިދިޔަ ފެބްރުއަރީ މަހުގައި އެމަޖެންސީކޮށް މަލާ ގެނެސްގެން ވެސް ފަރުވާ ދީފައެވެ. ނަމަވެސް ރަނގަޅު ނުވާ ކަމަށް އާއިލާއިން ބުނެއެވެ.

"ބޭބީގެ ހަންގަނޑު އެހެން ހުރުމުން ކެނިއުލާ ޖަހަން ވެސް އުނދަގޫވާނެ. ރަށުން މަސައްކަތް ކުރީމަ ވެސް ނުވި. އައިޖީއެމްއެޗަށް ގުޅީމަ ވެސް އެމީހުން ބުނީ ކުރިން ފަހަރު ވެސް ވަރަށް ހާލުންނޯ ކެނިއުލާ ޖެހުނީ. ކެނިއުލާ ޖެހުނަސް ދެ ދުވަހުން ކެނިއުލާ ނެއްޓިއްޖެޔޯ. އެހެންވެ ރަށުން ބޭހެއް ދީގެން ރަނގަޅު ނުވިއްޔާ ފޮނުވާށޭ އެމީހުން ބުނީ." އުލާ ބުންޏެވެ.

އައިޖީއެމްއެޗުން އެގޮތަށް އަވަސް ފަރުވާ ބޭނުންވާ ފަރާތްތަކާއި ދިމާލަށް ބުނުގެން ނުވާނެ ކަން ފާހަގަކޮށް އުލާ ބުނީ، ރާއްޖޭން ބޭރަށް ފުރުމަށް އަންނަ އާދިއްތަ ދުވަހު އާސަންދަ ހަމަ ޖެހޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިކޮޅު ޑޮކްޓަރު ނުބުނޭ އަދި ވަކި ތަނެއް ދާން. ރަނގަޅު ހޮސްޕިޓަލެއް ބަލާފަ ބުނާނަމޭ ބުނީ" އުލާ ބުންޏެވެ.

ލަޔަކްއާ އެކު މި ވަގުތު އުލާގެ ތިބީ ދެ ކުދިންނެވެ. އުލާ ކިޔައިދިން ގޮތުންގައި އެ ޑިސްއޯޑާ ހުންނަ ދެވަނަ ކުއްޖަކު ލިބުމުގެ ފުރުސަތު ވެސް އޮންނަކަން އެނގުނީ ލަޔަކް އުފަންވި ފަހުން ކަމަށެވެ. ލަޔަކް އުފަންވި ދުވަހުން ފަށައިގެން ކުއްޖާގެ މަންމައާ ބައްޕަ ގެންދަނީ ކުއްޖާއަށް ފަރުވާކުރުމުގެ މަސައްކަތުގައެވެ. މިއީ އެހާ އާންމު ބައްޔަކަށް ނުވާތީވެ ރާއްޖޭގެ ޑޮކްޓަރުންނަށް ވެސް ބައްޔާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެކަމަކު އާސަންދައިން މިހާރު ވެސް އެހީތެރިކަން ލިބެމުންދާ ކަމަށް އުލާ ބުންޏެވެ.

އުލާގެ އެކައުންޓު ނަންބަރު: 7730000205317

އިތުރު މައުލޫމާތު: ހައްވާ އުލާ އިބްރާހިމް: 9689122

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި

    21
  2. ހުދުހުދު

    މީގެ ދުވަސް ކޮޅެއް ކުރިން ތި ބޭބީ އަށް އެހީ ހޯދި ހަދާނެއް ވޭ. އެފަހަރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ނުދަނީ ތޯ. ހަދާން ވަނީ ބެސްފަރުވާ އަށް ބެނުންވާ ވަރަށް އެހީ ލިބުނު ކަމަށް އާއިލާއއިން ބުނެފައިވާ ކަން.

    14
  3. ހ

    މީގެ 3 މަސް ކުރިން އެހީއަށް އެދުނީމަ 6 ލައްކަ ރުފިޔާ ލިބިފައިވާ އިރު ، ތިކުންޖާއަށް ބޭސް ކުރަން ހުރިހާ ލާރިމަދުވީ ތޯ.

    14
  4. ާިއިލާ

    އަދިވެސް އާސަންދައައްތޯ މަޑުކުރަނީ. ކޮބާތޯ އެހީއައް އެދިގެން ލިބިނު 1.2 މިލިއަން ؟

    16