ޅ. ކުރެންދޫން 250 މީހަކު ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއި ކޮށްފިއެވެ.

ކުރެންދޫން ޕީޕީއެމާއި ގުޅުނު މެމްބަރުންގެ ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެރަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ.

ރައީސް ޔާމީން މިއަދު ކުރެންދޫ އަށް ވަޑައިގެންނެވީ އެރަށު ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ކެމްޕޭނަށެވެ.

އިދިކޮޅު ޕީޕީއެމުން މި މަގާމަށް ކުރިމަތިލެއްވީ މީގެ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސް ކަން ކުރެއްވި އިސްމާއީލް މަދީހެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅަން ބާއްވާ ޕްރައިމަރީން ކުރިމަތިލެއްވީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމް އެކަންޏެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ވަނީ ހުސްވެފައެވެ. މި މަގާމުގެ ބައި އިލެކްޝަން މި މަހުގެ 26 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 28 ވަނަ ދުވަހުގައެވެ. އެއީ އިންތިޚާބު ބާއްވާ ދުވަހުގެ ދެ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަކުރުއަލީ

    ކުރެންދޫގެ ރަށްޔަތުން ހެވާއި ނުބައި ވަކިކުރަން އެބައެނގޭ ވަﷲއައުލަމް..

    33
    1
  2. ލ.

    ސާބަސް ހިތްވަރުގަދަ ކުރެންދޫގެ ރައްޔިތުނަށް

  3. ޅ.

    ކިތަމެވަރަކަށް ފޯމްލިޔަސް އިތުރެއްނުވަނެ ފެމުނު ސަރުކާރުގެ ފެމުނުތައް ތިފޯމްތައް ދިރުވާލާނެ

  4. ާއަލީ

    ޢަހަރެން ނާއި އަހަރެންގެ ބާރު ފޯރާ އެކަކައް ވެސް ނުކެރެނެ އެމްޑީޕީ އަށް ވޯޓް ދޭކަށެއް

    10
  5. އިސްމަ

    މަރްހަބާ

  6. ގައްދާ

    މި ގައުމުމިދަނީ ރަގަޅޫ މިސްރާބަކަށް ނޫން.އަޅުވެތިކަމަށް ދާނަށްހޭ،ނުދާނަމޭ.މިއީ ދޮންބަންޑާރައިންގެ ހިތްވަރު ނެރެ މި ސަރުކާރުގެ ލާދީނީ ،އަޅުވެރިކަމަށް ނޫނެކޭ ބުނަން ނުކުންނަށްވީ ދުވަސް.މަގެ އާއިލާ ގެ ވޯޓެއްވެސް ދެނެއް ގައްދާޜުންނަށް ނުދޭނަށް.

  7. ހަލީމާ އަލީ

    އަހަރެން ވޯޓުއަޅާނީ އެއްޗެއްދިނިއްޔާ

    3
    1
  8. ބަގުއްޑޭ

    ވޯޓުއަޅަންޖެހޭގޮތް ދަރިފަސްކޮޅަށްވާނީ އަންގާފާ

  9. ބަޝީރު

    ތިފޯރމް ތައް ތީ ސައްޚަ ތޯބެލުން މުހިއްމު.

    2
    2