އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުވުމަށާއި އަދި އެހެން ބައެއް މަޝްރޫއުތައް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް ސޯލިހް އައްޑުއާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަންނަވާނީ އަންނަ ހަފްތާގައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ދަތުރުފުޅާއި ގުޅޭ ތަފްސީލްތައް އަދި ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ނަމުގައި އިމާރާތް ކުރަމުން އަންނަ އެކެޑަމީ މިމަހު ހުޅުވި ނަމަވެސް އަދިވެސް އެތަނުގެ ހުރިހާ މަސައްކަތެއް ނުނިމޭ ކަމަށް ވެއެވެ. އިންޑިއާގެ ހިލޭ އެހީގައި 2017 ވަނަ އަހަރު މަސައްކަތް ފެށި އެކެޑަމީގެ މަސައްކަތް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަޑުޖެހުނު ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމުގައި އެމަސައްކަތް ވަނީ އަވަސް ކޮށްފައެވެ.

ފުލުހުންގެ އަހަރީ ދުވަހާއި ގުޅުވައިގެން މިއެކެޑަމީ ހުޅުވާނެ ކަމަށް މިދިޔަ ޑިސެމްބަރ މަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ފުލުހުންގެ އަހަރީ ދުވަހަކީ މާޗް 29 އެވެ.

އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ތަނުގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެ އެވެ.

ރައީސް އެންމެ ފަހުން އައްޑޫ އަށް ވަޑައިގަތީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ފުވައްމުލަކަށް ކުރައްވަން ހަމަޖެހުނު ދަތުރުފުޅު ކޮވިޑް-19 ގެ ސަބަބުން ކެންސަލްކުރެއްވީ އެވެ. އެހެންކަމުން މިއީ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސް ސޯލިހް ފުވައްމުލަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޒާ

    އައްޑޫ މީހުން ހުޅުޖަހާނެ އަނެއްތަން ތިހެދީ

    39
    4
  2. ކަޅުޗޯ

    ތިތާގަ އުޅޭނީ ދިވެހިންތަ ނޫނީ އިންޑިޔާމިހުންތަ ކޮބާ މިސްކިއް ޓުރޭނިންހަދާ ތަނެއްވިޔަސް މުސްލިމުން އުޅޭ ކޮންމެ ތަނެއްގާ މިސްކިތެއް ހުންނަންޖެހޭނެ

    57
    2
    • އައްޑޫކޮއްޔާ

      މިސްކިތް ހުރޭ.

      1
      3
    • އަސްލު

      ހިނގާ ބަލަމާ ކޮންމެވެސް އެއްބަޔަކު ފަލީހަތްވެ ބަދުނާމުވާނެ.. ތިޔައިގެ ތެރެއިން ދޮގުވެރި ބަޔަކު ދައްކާ ހުރިހާ ވާހަކައެއް އިދިކޮޅަށް ދެން މަ ނަގާނީ.. ކުރިން އޭގެ މީހަކަށް ހުރީ އަންނި ބޭ.. މިފަހަރު ކޮންބައެއްބާ

  3. ޢެދުރު

    އިންޑިޔާ ސިފައިންނަށް މިސްކިތެއް ބޭނުމެއް ނުވާނެ.

    36
    1
  4. ސަރީފް

    ތިތަނުގައި ހުންނާނެ ކަމަށް ބަޔާންކޮށްފައި ހުރި ގިނަ ތަން އަދިނެތް. ހުރީ އެކޮމޮޑޭޝަން ދެ ބްލޮކާއި ކުލާސްރޫމް ދެބްލޮކާއި އެޑްމިންއޮފީސް ބްލޮކެއް،

    17
    2
  5. މުހަންމާ

    އައްޑޫ ރައްޔިތުންނަށް މިތަނެއް ބޭނުމެއްނުވޭ. ސަބަބަކީ މި ތަނުން އައްޑޫ ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާ އެއްނެތި އަތޮޅުގައި ފަތުރުވެރިކަމަށް އޮތް ބޮޑު ސަރަހައްދެއް ރައްޔިތުންގެ ބަހެއްނެތި މިގޮތަށް ކަންތައް ކުރީމާ. ތި އިންޑިޔާ މީހުންގެ ބލ ވ ބޮޑުވޭ. ޤާނޫނެއް ގަވާއިދެއް ހުރުމަތެއް ނުހިތާ. ފުއްޕާފަ ތިބެނީ. މިހާރުވެސް މާލެގައި އަޅަންއުޅޭ ބްރިޖެއް އަޅަން އައިސް ތިބޭ ބަޔަކު ކޮންމެ ދުވަހެއްގެ ހަވީރު ވިލިމާލެ ފެރީ ޓަރމިނަލް ކައިރީ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މަގު ބައްދައިގެން ތިބެ ހަބޭހަށް ސިގިރެޓް ބޮއެ، އަޑު ގަދަކޮށް ހެދުމުގެ ސަބަބުން އާންމު އުނދަގުލަކަށް ވެފައި. ބަލާނެ މީހަކު ނެތް. އިންޑިޔާ މީހުން ވިއްޔާ. ދިވެހިންނަކީ ދެވަަނަ ފަންތީ ގެ ރައްޔިތުން.

  6. ވަރަށްދެރަ

    ވަރަށް ގިނަ ޚިދުމަތްތަށް ލިބޭގޮތަށް ކުރި އިމާރާތެއްގައި މިސްކިތެއް ނެތީ ކީއްވެބާ! ތިޔަތަނުން ޓްރޭނުކުރާނީ އަނެއްކާ ހުސް ކާފަރުންބާ . މީި ފެންނަނީ މުސްލިމް ބިމެއްގައި އިސްލާމްދީން ނަގަހައްޓަން ހުވާކޮށްގެން އުޅޭސަރުކާރުތަކުން ދީނަށް ދޭ ސަމާލުކަން.

    10
  7. ވޯޓްމަޅި

    އަރިހުގައި ފައްޔާޒު ނުގެންދަންތޯ؟

  8. ޑައެލޯގް

    އިންްޑިޔާމީހުންގެ ރައީސް އިބޫ އިންޑިޔާގެ މަންފާއަށް ހަދާފައިވާ އެކަޑެމީހުޅުވަން އައްޑުއަށްގޮސްފިއެވެ. ސާބަހޭ އައްޑުމީހުން އަވަހަށް އަތްފޫދަންދެން ބާރަށް އަތްޖަހާ

  9. ކެއްކުރޭ

    އެތަން ތަންވެސް އަދި ފެންނާނެ ހުވަފެނުގަނަމަވެސް

  10. ގަންޓާބެ

    ތީވެސް ޔާމީނު ސަރުކަަރުގަ އޭނަ ކުރަންފެށިކަމެއް މިހާރުދެން އެހެން މީހެއްގެ ބޮލަށް ކަނޑާލާ ބުނޭ ތިމަންނާކުރިކަމެއް ނޫނޭ