ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު "މުނާފިގު ނުވުމަށް" ރައީސް މުހައްމަދު ނަޝީދު ނަސޭހަތްތެރިވެއްޖެއެވެ.

މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ކުރެއްވި މެސެޖްތަކެއްގައި ވަނީ ސައީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ.

"ވަގުތު" އަށް ލިބިފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ނަޝީދު ގައުމީ މަޖިލީހުގެ ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ފެނަކައަކީ ސައީދުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރައްވަން ވާނެ ކަމަށެވެ. "ދެން އެންމެ މީހަކަށް ގުޅިޔަސް، ފާޅުގައި ނިކުންނާނަން." ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ގައްދޫ ދާއިރާގެ ރައީސްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިންނަވާ ސައީދު ނަޝީދަށް ޖަވާބު ދެއްވަމުން ވިދާޅުވީ އޭނާ އެއްވެސް މުވައްޒަފަކަށް ބިރުދައްކާފައި ނުވާނެ ކަމަށެވެ. "ރައީސް، އަޅުގަނޑު ފެނަކަ ކޮން މުވައްޒަފަކަށް ކޮން ވަގުތަކުތޯ ވަޒީފާގެ ބިރު ދެއްކީ. އެމީހަކު ނުހުންނާނެ. އެފަދަ ކަމެއް ނުކުރަން. އަދި ނުވެސް ކުރާނަން،" ސައީދު ނަޝީދަށް ރައްދުދެއްވާ ކުރެއްވި މެސެޖްގައި ވެއެވެ.

ސައީދަށް ރައްދު ދެއްވާ ނަޝީދު ދެން ވިދާޅުވީ "ތިޔަހެން ޖަދަލުކުރާނަމަ ވެސް އިދިކޮޅަށް ނިކުންނާނަން" ކަމަށެވެ. ސައީދު މިއަދު ހުންނެވި ހިސާބަށް އާދެވުނު ގޮތް ސައީދަށް އޮޅިއްޖެކަމަށް ނަޝީދު ވިދާޅުވިއެވެ.

ސައީދަކީ ނަޝީދުގެ ވެރިކަމުގައި އޭރު ޔުޓިލިޓީ ކުންފުންޏެއްގެ މެެނޭޖިން ޑިރެކްޓަރ ކަން ކުރެއްވި ބޭފުޅެކެވެ.

ނަޝީދު ޕާޓީން ބޭރު ކުރަން ސައީދު މަސައްކަތް ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު އެހެން ވިދާޅުވުމުން ސައީދު ވިދާޅުވީ ނަޝީދު ޕާޓީން ބޭރުކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި އެފަދަ މަސައްކަތެއް ކުރަން އޭނާ އަކީ ކާކުތޯއެވެ.

ސައީދުގެ އެމެސެޖަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ "ސައީދު ތިޔަހައި މުނާފިގު ނުވެބަލަ، ދޮގު ނުހަދަބަލަ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެމްޑީޕީން ވަކިކުރަން އެބައުޅޭ ކަމަށް ނަޝީދު ވިދާޅުވިއިރު އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެޕާޓީން މެންބަރަކު ވަކިކުރެވޭނީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށެވެ. އެކޮމެޓީގައި މިހާރު ތިއްބަވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހްމީ (އިންތި) ހިމެނެއެވެ. އެދެބޭފުޅުންނަކީ ވެސް ނަޝީދަށް ތާއިދު ކުރައްވާ ދެބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ބޭބެ

    އުފެދުމުގައިވެސް މުނާފިގު ޕާޓީއެއް!! އެހެންވީމަ އޭގެތެރެއިން ނިކުންނާނީވެސް މުނާފިގުން!! ކުޑަކުޑަ މުނާފިގުން ގިނަވެ އެމުނާފިގުންތައް މާބޮޑަށްވެސް ނުބައިވެއްޖެ!! މިހާރު އިސްމުނާފިގުގެ ނިގުލަށް ކުދިކުދި މުނާފިގުންތައް އަރާއެތިބީ!!

  2. ޓިނުބެ

    ސައީދު ކޮން ދޮގެެއް ތިހަދަނީ؟ ކޮންމެ ވާހަކައެއް ދެއްކިޔަސް ސައީދު ފެނަކަ މުވައްޒިފުންނަށް ގުޅާފަ ފައްޔާޒުއަށް ވޯޓްދޭން ނުބުނާކަމަކަށް ނުވާނެ.

    3
    1
    • ލޮލް

      ކެކެެކެކެކެ. މީހަކަށް ވޯޓެއްދޭން ބުނުމަކީ ވަޒީފާގެ ބިރުދެއްކުންތަ؟ ކެކެެކެކެ

  3. Anonymous

    ކެނެރީގޭ ނަޝީދު އަކީ މުނާފިގެއްތަ؟

  4. ސަލާމްބ

    ސައިޒް ވަމުން ވަމުބްގިސް މިހާރު ސައީދުމެން ފެންވަރު މީހުންކައިރިން ސަލާމަތް ނުވެވިގެން އެއުޅެނީ.

    10
  5. ޒުބޭ

    އަންނީ ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ދެން ކަލޭ އަނގަ އަރުވާނެކަމެއްނެތް، ކަލޭ މައުމޫނުހެދި ނިމިއްޖެ އަމިއްލަ ޖާހު ބޮޑުކުރަން ހުރިހާ ދޮގަކާ މަކަރެއް ހަދަނީ... ކަލޭ ކިޔާ އެއްވެސް އެއްޗެއް، ހަމަ އެކެއްޗެއްވެސް އަޑުއަހާކަށް ދެން ބޭނުމެއް ނޫން..

    2

  6. Anonymous

    އަސްތާ! "ޕޮޓް ކޯލިންގ ދަ ކެޓްލް ބްލެކް" - (މުނާފިިގްވާ ވާހަކަ) ނަޝީދު ޕާޓީގެ ރައީސްގެ މަޤާމުގައި އެކަމަކު ތަޅާފޮޅަނީ އާއްމު މެމްބަރުންނާއި. ސައީދު މެންގެ ލީގަށް ނަޝީދު ރެލިގޭޓްވީތޯ؟ އެހެން ވެއްޖެއްޔާ ދެން ހަސަން ލަތީފާއީ އީވާއާއި ވައްޑެ އާއި އިންތި ގޮވައިގެން ފާޅުގައި ފައިވާން ނަގާ އަތަށް ލައިގެން ނުކުމެ ސައީދުއާއި ދެކޮޅަށް މުޒާހަރާކޮށްލައްވާ. އެއިރުން އަވަހަށް ބަރުލަމާނި ގެނެސްގެން ބޮޑުވަޒީރުކަން ކުރެވޭނީ!

    ނަޝީދަކީ ކޮސް ކަންކަން ވަރށް ގިނައިން ކުރާ މީހެއްކަން އެންމެންވެސް ދަނޭ. ޚާއްސަކޮށް ހިނދުކޮޅުގައި. އެކަމަކު ނަޝީދު ޑެސްޕަރޭޓްވެ މިހާދަށުދަރަޖައަކަށް މިހާ އަވަހަށް ވެއްޓިގަންނާނެ ކަމަކަށް ހިޔެއް ނުކުރަން. 2012 ވަނަ އަހަރު ރައީސް ކަމުގައި ހުރިއިރު ފާޅުގައި ނުކުމެ މަގުމަތިން ކުރިމަތިލީ އާދައިގެ ފުލުސް އޮފިސަރަކާއި. ހުރިހާކަމެއްގެ އަޑީގައި ހުރީ އެސޮރުކަމަށް ބުނެ އެސޮރުގެ އައިޑީކާޑު ބަލައި އިންޑެކްސް ނަންބަރު ވެސް ނޯޓުކޮށް ހެދި. މިއަދު އެގޮތަށް ޕާޓީގެ ރައީސް ކަމުގައި ހުރެ ސައީދުއާއި މުޤާބިލާކުރަން އެފެށީ. ކީއްކުރާނީ ދޯ؟ އެއެއްޗަކުން ނުކުންނާނީ އެއެއްޗެއްގައި ހުރި އެއްޗެއްތާ ދޯ؟ ތިޔައޮތީ ބަރުލަމާނީ ގެނެސްގެން ބޮޑުވަޒީރުކަން ކުރެވިފަ. އަދިވެސް ތިމާ ވަރެއް ނެތިގެން އުޅޭތި!

    އެމްޑީޕީގެ ލޮބިވެތި މެމްބަރުންނޭވެ! އަދިވެސް ހަމަ މީނާ ވަރެއް ނެތިގެން މީނާ ވަށައިގެން އެމބުރެންވީ؟ މީނާ އަކީ ކާކު ކަމާއި ޕާޓީގައި ތިބި ލީޑަރުންނަކީ ކޮބައިކަން މިހާރު ވަރަށް ސާފު ނޫންތޯ؟

  7. ޖޯޜޭ

    ނަސީދޫ އެއީ އާއިލީކަމެއް އޭގެ ސޮރެއް އުޅޭ ލަންކާގަ ހުންނަ ސޯސަންވިލާގަވެސް ދޯ ފައިސަލޫ

  8. މުޙައްމަދު

    މުނާފިގުންނަށް މުނާފިގުން އެނގޭނެ. ނަޝީދު އެއްޗެކޭ ބުނާނީ ކަމެއްވެގެން. އެކަމަކުވެސް ޕާޓީގެ ކުރިމަގަށްޓަކާ ބޭރުކުރަން ޖެހޭ

  9. ޑީއާރޫޕީ

    ރައީސް ހާދަ އަންހެނޭ ދޯ.

  10. އަތޯލާ

    ނަޝީދު މިހެން ބުނީމާ ހާދަ ހިއްޏެއް އާދޭ. ނަޝީދަށްވުރެން ސައީދު އަދި އެހެން މީހަކުވެސް މުނާފިގު ނުވެވޭނެކަން ޔަގީން. ނަޝީދާއި މައުމޫނަކީ މިރާއްޖެ ދުށް އެންމެ މުނާފިގު ދެ މީހުން.

  11. ކޮއްޔާ

    އެމްޑީޕީ ގެ ހަލަަކަކީވެސް ނަަޝީދު // ނަަަޝީދު އަށްވުރެ މުނާފިގުކަން ބޮޑު މީހަކު ނޫޅޭ // ތީ މިގައުގެވެސް ހަލާކު //

  12. ޢިންސާފަކީކޮބާ ބަދުނާމަކީކޮބާ

    ސައީދޫ ދެންވެސް ރަނގަޅުވާނީ އަވަހައް އިސްތިޔުފާ ދިނުން ނަޝީދަކީ ކާކުކަން މިހާ ރު ސައީދައް އެނގޭނެ ނަޝީދު ފަހަތަކައް ނާ ރާނެ ހަމަވިސްނޭ އެކަކުވެސް

    3
    1
  13. އަޙްމަދު

    ތީތޯޕާޓީގެ ރައީސަކު އުޅެންޖެހޭގޮތަކީ! ލަދުން ބޯހަލާކު!

  14. މާމު

    ތިކަލޭގެ މަޖްލީހަށްވެސް ވަނީ މަކަރާހީލަތުން އެންމެ މަދުންވޯޓް ލިބިގެން މޑޕ އަކުން ނޫން ބޭރުކުރަންވީ މަޖްލީހުންވެސް މިގައުމުންވެސް ބޭރުކުރޭ ތީ މިގައުމަށް ޖެހުފަވާ ބޮޑް ނހރޕ ނެއް

  15. ރިލޭ

    ވަރަށް ވަރަށް ހުރުމުޙުތާރު މީހެއް،،،،،

  16. ޥ

    ހަލޯ ހަލޯ އަޅުގަޑުގެ މުދައްރިސެއް ހެއުކޮއް ހިއްތަވާނެ ކަމަށް އުއްމީދުކުރަން

  17. Anonymous

    ބޮޑު މުނާފިޤު، ބޮޑު ދޮގުވެރިޔާ، ބޮޑު ލާދީނީ މީހާ އެހެން މީހުންނާ ދިމާއަށް މުނާފިޤަށް ގޮވީމާ އަންނަނީ ހިނި. ހައްހައްހައް ...

    7
    1
  18. އިލްހާމް

    ސައީދާއި ޖެހިގަނެގެން ދެނެއް ކުރި ނުލިބޭވަރަށް ވަކިތައް މިވަނީ ތޫނުކޮށްފައި.ފާޅުގައި ނުކުމެބަލަ.ތިހާ ނުކުރެވޭނެ އެއްކަމެއްވެސް،މި ގައުމުގެ އެންމެ ގިނަ ވަޒީފާ އާއި މުވައްޒަފުން ތިބީ މަމެން ފެނަކައިގެ އަތުގަ.

  19. ސަލްވީ

    އިރާދަ ކުރެއްވިއްޔާ ނަޝީދުގެ ފިތުނައިން އެމްޑީޕީއާއި އަދި ގައުމުގެ ދެންތިބިހާ ރައްޔިތުންވެސް މާ ލަސްތަކެއްނުވެ ސަލާމަތްވާނެ. މިހާރުދެން ނަޝީދުއަކަށް ރަށްޔިތުން އޮޅުވަން ކުޅޭނެ ކާޑެއް އަދި ދައްކާނެ ދަޅައެއްނެތް. ހުރިހާ ދަޅައަކާއި ކާޑެއް ވަނީ ކުޅެނިންމާފައި.

  20. Anonymous

    އަސްލު މުނާފިގު

  21. ޚޮދުމުޚުތާރކ

    މީމީނާގެ ފެނވަރަކީ ކިރިޔާ މީހަކު މީނަޔާ ދެކޮޅައް އެއްޗެއް ބުންޏަސް ދެން އަންނާނީ އިންޒާރު ނަން ވާނީ މައުމޫން އެބުނީނު ތިޔަހެން ޖަަދަލުކުރަންޏާވެސް އިދިކޮޅައް ނުކުން ނާނަމޭ%100 ޔަގޯންކާއެކު މިބުނަނީ ނުކެރޭނެ ނުކުންނާކައް

  22. ކައުންސެލަރު

    މީނާ ކައިރީގައި ދެންތިބި މީހުން ވާހަކައެއް ދައްކައިގެންވެސް ނުވާނެ؟ ހީގެންވެސް ނުވާނެ..؟ ނޭވާއެއް ލައިގެންވެސް ނުވާނެ.؟ އެހެންމީހުން އުޅެންޖެހޭނީ ފިރުއައުނު ކައިރީގައި އަޅުން އުޅޭހެން ގުދަށް، ދެއަތް ޖޯޑުކޮށް ނޭފަތުގައި ޖައްސައި އަޅުދާސްވެގެން؟ އެމް.ޑީ.ޕީ ކުދިންނަށް ވަރަށް ހަމުދަރުދީވަން!

  23. ސައިދު

    އަންނި ބޭނުމެއްނޫން ބޭރުކުރޭ ބޭރުކުރޭ
    ކަޑަ މީހެއް

  24. ސުންދުސީ

    ނަޝީދު އަމިއްލަޔަށް ބޯން އުޅުނި ބޮޑި ބޮވިފަ ތިއޮތީ..އެމްޑީޕީ ކުރީގެ ވެރިކަމުގަވެސް ތި ބުނާ ސައީދު އެއްހުރި ފެނަކައިގަ.ކަރަޕްޝަން އިންތިހާއަށް.އަނެއްކާ ވެރިކަމަށް އައިއްސަވެސް ހަމަ އޭނަ.ރަށް ރަށުގައި ފެނަކަ އިމާރާތް އެޅުމުގެ ނަމުގަ އެހިންގާ ޖަރީމާތައް ނިކަން ކެރިގެން ތަހުގީގު ކޮށްބަލަ.މިލިޔަނުން މިލިޔަނުން އެދަނީ ފައިސާ ނަގަމުން.އަގު ބޮޑުކޮށް ބީލަން ހުށަހަޅާ މީހުންނަށް ޕްރޮޖެކްޓް ދެމުން އެދަނީ.ބަލާނެ މީހަކުވެސް ނެތް.ތި ސައިދަކީ މިހާރު ސަރުކާރުގަހުރި އެންމެ ކަރަޕްޓް އެކަކު.ތި ސައިދަކީ މިހާރުން މިހާރަށް ބޭރުކުރަންޖެހޭމީހެއް.