ހިޔާ ފެލްޓެގެ ކުލި ކުޑަކުރުމަށް އެދި ފްލެޓްގެ ވެރިންގެ ފަރާތުން އެޗްޑީސީއަށް ސިޓީތަކެއް ހުށަހެޅުމުގެ މަސައްކަތް ހިޔާ ޔޫނިއަންއިން ފަށައިފި އެވެ.

ހިޔާ ޔޫނިއަންއިން ބުނީ އެ ޖަމިއްޔާއިން އެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ. އަދި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ސިޓީތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ޔޫނިއަންއިން ބުނީ މިއަދު ހަވީރު ފެށިގެން ރޭގަނޑަށް ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި ހުށަހަޅާ ސިޓީގައި ސޮއިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ޔޫނިއަންގެ މީހުން ސިޓީ ހިފައިގެން ފްލެޓްތަކަށްދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ފްލެޓްތައް ހަދާ ނުނިމޭ ފަރާތްތަކަށް ވެސް ސިޓީއެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ސިޓީގައި އެޗްޑީސީގައި އެދެނީ އެމީހުން ކުލި ދެއްކުން ފަސްކޮށްދިނުމަށް އެދި ކަމަށް ކަމަށް ހިޔާ ޔުނިއަން އިން ބުނެފައި ވެއެެވެ.

ހިޔާ ޔޫނިއަންއިން އެޗްޑީސީއަށް ފޮނުވާ ސިޓިގައި އެދިފައިވަނީ ފްލެޓްތަކުގެ ކުލި 5،500ރ އަށް ކުޑަކޮށްދިނުމަށެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓު މަހުން ފެށިގެންނެވެ. މިހާރު ފްލެޓްތަކުގައި 2،000 އަށްވުރެ ގިނަ އާއިލާ ދަނީ ދިރިއުޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފިޔަވަޅު

    މިތަން ކުރިން ލިބުނު މީހުން އަތުން އަތުލާފަ މިމީހުންނަށް ދިނީ .
    ޢެއްބަސް ވުމުގަ ސޮއެ ކުރި އިރު އަގުވެސް އެނގޭ ދޯ.
    ނުވާނާމަ ދޫކޮއްލިނަމަ .
    މާލޭގަ ބޮޑުކުލީގަވެސް ތިބީ ހަމަ ދިވެހި ރައްޔިތުން .
    އަބަދު މިމީހުންނަށް ކުލި މާފު. ކުނިވެސް އުކުން ހިލޭ.

    7
    14
  2. އަބްދޫ

    7000 ފްލެޓގެ އަގަކީ 464 މިލިއންޑޮލަރު އެއީ 7،154 މިލިއަން ރުފިޔާ 700 ފްލެޓަށް ބެހީމަ ފްލެޓަކަށް ޖެހެނީ 1.022 މިމިއަންރުފިޔަ އެއީ 1،022،000 ރުފިޔާ 4.5 % އިންޓަރެސްޓް އެއްކުރުމުންޖެހެނި 1067990 ރުފިޔާ އޭރުން މަހަކަށްޖެހެނީ 3560 ރުފިޔާ ވީމާ ކުރީ ސަރުކާރުން ދޭންބުނާ 5600 ރުފިޔާ އަށް ފްލެޓް ނުދެވެންވި ސަބަބަކީ ކޮބާ؟ ފަހުން އައިސަރުކާރުން ހިންގި އަމަލުތަކުގެ ސަބަބުން މުއްދަތު ދިގުވުމާއި މަސައްކަތް ހުއްޓުވުމުންދޭންޖެހުނު އިތުރުފައިސާ އަކީ ފްލެތް ހައްގުވެރިން ޒިންމާވާނެޖަހޭނެ ކަމެއްނޫން. އެކަންކަމުގެ ޒިންމާ އުފުލަންޖެހެނީ ރައިސުލްޖުމަހޫރިއްޔައާއި ހައިސިން މިނިސްތަރު އަސްލަމާއި އެޗްޑީސީގެ އެމްޑީ. ގާނޫނަށް ބަލާއިރު ގާނޫނުގަ މިކަންއޮތީ މިގޮތަށް.

    11
  3. ޙާމަ

    ތިތާއުޅޭގިނަމީހުން އުޅެނީ 5 ސްޓާރ ފެންވަރައްތިތަން ހަދައިގެން..ކީއްކުރަންވަކި ހިޔާފްލެޓްގަ އުޅޭމީހުންގެ އެކަނި ކުލި ކުޑަކުރަންވީ ..ރާއްޖޭގެ އެހެން ތަންތާގަވެސް ކުުލި ކުޑަަކުރަންވީނުން...

    2
    1
  4. ޙާމަ

    ކޮންދުވަހަކުންތަ އިއުލާންކުރަނީ ވިނެރަސްއަށް ދިޔަމީހުން ދޫކޮށްލި ފްލެޓްތައް...މިހާރު ބަހާނިންމާލީތަ އަނެއްކާ މަޖްލިސް މެމްބަރުންގެ ތިމާގެމީހުނައް...އެހެންވެސް އެބަކިޔާ...

  5. Anonymous

    ހިޔާ ފްލެޓަށް ކުލި ނުދެއްކޭ މީހުން ތަން ދޫކޮށްލަންވީއެވެ. ދެން އިޢުލާންކޮށް ކުލި ދެއްކޭ ވަރުގެ ބަޔަކަށް ހިޔާ ފްލެޓް ދޭންވީއެވެ.

  6. މުޅި އުމުރު ކުލި ދެއްކަމުންދާ މާލެ ރަށްވެއްސެއް

    ކުލި ކުޑަ ކޮށްގެން އެތާގައި ގޮތެއް ނެތިގެން ކުއްޔަށް ނަގައިގެން އުޅޭ މީހުންނަކަށް ތިކަމުން އެއްވެސް ފައިދާއެއް ނުކުރާނެ! ހަމަ ބޮޑު އަގުގަ ކުލި ދައްކަ ދައްކަ ތިބެންވީ، ފުލެޓުގެ ވެރިންނަށް ހުރިހާ ފައިދާއެއް.
    މާލެ ރައްވެއްސަކަށް ވެ ހުރެ މުޅި އުމުރު މިދަނީ އުޅޭނެ ތަނެއް ނެތި ލިބޭ ހުރިހާ ލާރިއެއް ކުއްޔަށް ދައްކަމުން. އެވަރުންވެސް ސަރުކާރުން ފްލެޓު ދީފަ މިތިބީ އެންމެ ހައްޤުވެރިންނަށޯ!
    މިނޫންވެސް ދުވަހެއް އެބަ އޮތް އިރާދަކުރެއްވިއްޔާ!