ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން މުހިންމު މައުލޫމާތުތަކެއް ދިނުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ދާނީ މިއަދު ހަވީރު 4:15 އިން 6:00 އަށެވެ.

މި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި އެކި މައުޟޫއުތަކަށް ކަމާ ގުޅުން ހުރި ފަރާތްތަކުން މައުލޫމާތު ދޭނެއެވެ. މައުލޫމާތު ދިނުމުގައި ބައިވެރިވާނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އާއި އެމްއެންޑީއެފް އާއި ހުޅުމާލެ ހޮސްޕިޓަލާއި ފުލުހުންނާއި މޯލްޑިވްސް ރެޑްކްރެސެންޓެވެ.

މި ޕްރޮގްރާމްގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ކުނި މެނޭޖް ކުރުމުގެ މުހިންމު ކަމާ ފުރަތަމަ އެހީ އާއި ރައްކާތެރިވުމާ ގުޅޭ ގޮތުން މައުލޫމާތު ދޭނެއެވެ.

"މަންސަ" ނަމުގައި ބާއްވާ މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެޗްޑީސީން އެދެއެވެ.