އައްޑޫ ސިޓީގައި އިއްޔެ ހުޅުވި ޕޮލިސް އެކަޑެމީ ފަރުމާ ކޮށްފައިވަނީ، އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި "ނުރަސްމީ"ކޮށް ބޭނުން ކުރެވޭ ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހާމަކުރައްވައިފިއެވެ.

އައްޑޫގައި އިއްޔެ ކުލަގަދަކޮށް ހުޅުވިގެން ދިޔަ ޕޮލިސް އެކަޑެމީއާއި ގުޅިގެން އުމަރު ނަސީރު މިއަދު ވިދާޅުވީ އައްޑޫގައި ހުޅުވުނު މަރުކަޒުގެ ބޭރު ނަންފިލާގަޑުގައި 'ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް' ލިޔެފައިވީނަމަވެސް، އެތަން މިހާރު ފަރުމާ ކުރެވިފައި އެވަނީ އިންޑިޔާގެ މިލިޓަރީ ބޭސްއެއްގެ ގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.

"އެތަން (އައްޑޫ ޕޮލިސް އެކަޑެމީ) މިހާރު ފަރުމާ ކުރެވިފައި އެވަނީ އިންޑިޔާގެ މިލިޓަރީ ބޭސް އެއްގެގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭ ގޮތަށް. ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑުތައްބޭނުން ކޮށްގެން." އުމަރު ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވަނީ މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލާދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވައިދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަދުތައް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ހުޅުވިގެންދިޔަ މިމަރުކަޒުގައި އިންޑިޔާގެ ފުލުހުންނަށް ތަމްރީން ދެވޭގޮތަށް ހެދުނު އެއްބަސް ވުމަކީވެސް މި ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި، ޕޮލިސް އެކަޑެމީ އަކީ މެދުކެނޑުމެއްނެތި އިންޑިޔާގެ ގިނަ އަދަދެއްގެ ފުލުހުން (ނުވަތަ ސިފައިން) ތަމްރީން ހޯދުމުގެ ނަމުގައި އާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އެމަރުކަޒުގައި ތިބުމަށް މަގުފަހިކުރުމަށް ހުޅުވި ދޮރެއް ކަމަށެވެ.

"އިންޑިޔާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ، އިންޑިޔާގެ ފުލުހުން ތަމްރީން ކުރާނަމަ ހަތިޔާރުގެ ތަމްރީން ވެސް ބޭނުންވާނެތީ، ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތްވެސް ލަހެއްއްނުވެ ހަމަޖައްސާނެކަމާމެދު އެއްވެސް ޝައްކެއް ނެތް. އަދި ރާއްޖޭގައި މި ބެހެއްޓުނު 10 ރާޑަރު ސްޓޭޝަނަކީވެސް އިންޑިޔާގެ ސަލާމަތަށް ޓަކައި ބެހެއްޓުނު ތަކެތި." ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ މި ރާޑަރުތަކުގެ މައިގަނޑު ބޭނުމަކީ ޗައިނާގެ އުޅަނދުތަކަށް ފާރަލުމާއެކު އިންޑިޔާ ކަނޑުގެ މައްޗަށް ބާރުގަދަ ކުރުން ކަމަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އިންޑިޔާގެ އުގަށްވެސް އަދި ޗައިނާގެ އުނގަށްވެސް ނުވެއްޓި 'ނިއުޓްރަލް' ޤައުމެއްގެ ގޮތުގައި އޮތުން ކަމަށެވެ. އިންޑިޔާ އާއި ޗައިނާ ގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާ އިޤްތިސާދީ ގޮތުންވެސް ދިވެހިންނަށް އެންމެ ބުއްދިވެރިގޮތް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބުމަރު

    މިސްކިތްތައްވެސް ސުކޫލުތައްވެސް ހުންނަނީ ބަޔަކު ވަކިގޮތަކަށް ވިސްނައިފިނަމަ އެހެން ކަންކަމަށް ބޭނުން ކުރެވޭގޮތަށް

    3
    13
  2. ހުުދު ހަރުގަނޑު

    ކޮންމެ އެއްޗެކޭކިޔަސް ފިލްމު ނިމޭއިރު އުމަރު އިންނާނީ ޔާމީނުގެ އުނގުގަ

    12
    1
  3. ާއަޒޭ

    ބުރިޖުވެސް ބިނާކޮށްފައި ހުރީ ޗައިނާ މީހުންނަށްވެސް ބޭނުން ކުރެވޭ ގޮތައް

    7
    15
  4. ޑިމްކޮރަޓިކްޕާތީޖަގަހައިން

    މަޑުމަޑުން އިންޑިޔާ ވަންނަނީ.... ދޮލަރ ދައްކައިގެން ... ސަރުކާރު ބަދަލުވިޔަސް ނުބޭލޭނެ ވަރަށް އެއްބަސްވުން ހެދީމާ ކަމަކު ނުދޭ.

    9
    2
  5. އައިމަން

    ބަލަ އޮމަރާ ، އޮމަރު ހުރެގެން ނޫންތަ ބިންގާ އެޅީ ، ނުދެކެންދޯ ކުރެހުން ،،، ވަރަށް ޖޯކް އިގޭ

    6
    8
  6. ހަސަން

    އުމަރު ނޫންތަ ތީގަ ފަހުން ސޮއިކުރީ.. ބަލަ އުމަރާ އޭރު ކޮބާ ތިވާހަކަ

    7
    7
  7. ޓތފ

    ހަރުގަނޑާއި ހުދު ވަލެއް ހިފައިގެން ހުރެ އުމަރު ނޫންތަ މި އެގްރިމެންޓް ކުރިއަށް ގެންދިޔައީ. ވާވާ..

    6
    8
  8. ގުދުގުދާ ބެއްޔާ

    ހޯމް މިނިސްޓަރ ކަން އުމަރުމެން ކުރިއަސް ތަސައްރަފު ފުދެން އަދިގާތްވެސް ނުވާކަން އުމަރުގެ ވާހަކައިން އެބައިގޭ! ބަލަ އުމަރާ ތިޔަ ބުނާ ޕޮލިސް އެކަޑަމީގައި ގެންގުޅޭނީ ޕޮލިހުންނަށް ޚާއްސަ ކޮއްފައިވާ ހަތިޔާރު! މިލިޓަރީގައި ބޭނުންކުރާ އޭކޭ 47 އާއި، ފިސްތޯލަ، ބަރު ހަތިޔާރެއް ޕޮލިހުންނަށް ބޭނުމެއްނުވާނެ! ޕޮލިހުންނަކީ މަދަނީ ބައެއް އެއީ މިލިޓަރީ ބައެއް ނޫން! މިޒަމާނުގައި އުމަރުމެން ތިޔަގޮތައް ދައްކާލާ ވާހަކަޔަކުން މުޅި ހުރިހާ ރައްޔިތުން ނުހެއްލޭނެ! މިޖީލު މާތަޢުލީމީ، އިންޓަރނެޓްގެ ޒަމާން މިއީ! ޕީޕީ ކުދިން ތިޔަދައްކާ ވާހަކަޔަށް އަތްފޫދަންދެން އަތްޖަހާފާނެ!

  9. ހާމިދު ޝާހިދު

    އިންޑިއާ އަސްކަރިއްޔާ ދެން މިގައުމުން ބޭރުކުރަން ދޭންޖެހޭ އަގު ބޮޑުވާނެ. އަދި ފައިބައިގެން ދިޔަ ނަމަވެސް އަޑިއަޑިން މަސައްކަތްކޮށްގެން، ޓެރަސްރިސްޓް ހަބެއްގެ ގޮތުގައި ރާއްޖޭގެ ނަން ކިލަނބުކޮށް އެމީހުން އޮކެސްޓްރޭޓް ކޮށްގެން ހިންގާ ޓެރަރިސްޓް ހަމަލާތައް ފެނިގެންދާނެ. ރިޒޯޓްތަކަށްވެސް ހަމަލާދޭނެ. ދެން ބުނާނެ، ތިމަންނާމެން ތިތާ ބޭތިއްބިނަމަ ތިހެނެއް ނުވީހެއްނޫންހޭ. އަދި އެފަދަ ދަނޑިވަޅެއްގައި ނިކަން އަވަހަށް ރާއްޖެއަށް އެހީވުމުގެ ނަމުގައިވެސް އަންނާނެ.

  10. ލަކީ

    ޙެހެ އެއްކަލަ މޮޔަ އުމަރޫ ނިކަން ވިސްނާފަ ވާހަކަ ދައްކަބަލަ

    2
    1
  11. ާކަޑަ

    ކީއްކުރަން އިންޑިއާ ފުލުހުންނަށް ތަމްރީނު ދޭން ރާއްޖޭގައި ތަނެއް ހަދާފައި އިންޑިއާ ގެ އިނސްޓްރަކްޓަރުން މި ގެންނަން ޖެހުނީ؟ އިންޑިއާގަ ތިތަން ނުހެދީ ކީއްވެ؟

  12. މުޙައްމަދު

    ބަލަ އުމަރާ. ވެރިކަންވެސް ހުންނަނަނީ އެހެން މީހުންނަށް ބޭނުން ކުރެވޭ ގޮތަށް. އެހެންވީމައެއްނު ކަލޭ ހޭބަލިވެގެން ވެރިކަމަށް ދަހިވެތިވެގެން އުޅެނީ ދުރު ރާސްތާ ޕްލޭން ހަދައިގެން.