ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ހިޔާ ޓަވަރުތައް ކައިރީގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ އެ މާރުކޭޓް އަޅަނީ ހިޔާ ފްލެޓަތަކާ ދިމާލުން އަތިރިމައްޗަށްވާ ފަޅީގައި ކަމަށެވެ. މާރުކޭޓުން 19 ގޮޅި ދޫކުރާނެ ކަމަށާއި އެ ގޮޅިތަކަށް ކުރިމަތިިލެވޭނީ ހަމައެކަނި ހިޔާ ފްލެޓްތަކުގެ ވެރިންނަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މާރުކޭޓުން ތާޒާ މޭވާއާއި ތަރުކާރީގެ އެކި ބާވަތްތައް ލިބެން ހުންނާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި މާރުކޭޓުގައި ގޮޅި ހިންގަން ބޭނުންވާ މީހުން މިއަދު ހެނދުނު 9:00 އިން 11:00 އާ ހަމައަށް ގޮޅިއަށް އެދުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ. އަދި ގޮޅި ލިބޭ މީހުންގެ ގުރު ނެގުން އޮންނާނީ ހަވީރު 4:00 ގައި ހުރަވީ ސްކޫލު ހޯލްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓައް ކައިރީގައި މިހާރުން ގިނަ ބަޔަކު ދަނީ އަމިއްލައަށް ގާޑިޔާ ހަދައިގެން މޭވާ އަދި ތަރުކާރީ ވިއްކަމުންނެވެ.

ހިޔާ ޓަވަރުތަކުގައި މިހާރު 2000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު އަދިވެސް ފޭސް 2 ގައި އަސާސީ ހިދުމަތްތައް ނުލިބުމަކީ ގިނަ ބައެއްގެ ޝަކުވާއެކެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ހުސްވެސް ވަގުތީ ތަންތަން ދެން އެތަން ދާއިމީވެސް ވާނީ.

    1
    1
  2. Anonymous

    ނުވާނެ ދާއިމީއެއް.

  3. ޖީއައިއެފް

    މި ކޯއްޗެއްތަ ދެން. ތިތަނެއް ހަދަން ދިވެހި ރައްޔިތުންނަށް ލިބުނުއަނިޔާގެ ބަދަލު ކޮބާ؟

    • އައި

      ގަދަ ބާރުން ކުރިއަސް ކުރަނީ ހަގީގީ މަންފާއެއް ނުލިބޭ ކަންކަން. ގައުމަށް އެތެރެވެގެން އުޅޭ ބައިގަނޑު. ދިވެހިން ބެނުމެއް ނޫން ތިތަނެއް. ބިދޭސީންގެ ކަންތައް މަ މައްޗަށް ދަނީ މިހާރު ދެން. އެމީހުންގެ ވައްޓަފާޅި އަކަށް ކެތެއް ނުވާނެ.

  4. Anonymous

    ނުހެދޭނެ މާރުކޭޓެއް. ކަޓު ގޮތްގަނޑު ދޫކުރޭ

    2
    1
  5. Anonymous

    މާރުކޭޓުން ކުރާނީ ކޮން ފައިދާއެއްތަ ދެން.