މިހިނގާ އަހަރަކީ އެ ކުންފުނީގެ ހަޔާތުގައިވެސް ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ އަހަރު ކަމަށް އެމްޑަބްލިވްއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެ ކުންފުންޏަށް 27 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޝާހް ވިދާޅުވީ އެ ކުންފުންޏަަކީ މިހާރު ރާއްޖޭގައި އޮތް ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުނިކަމަށާއި، ވޭތުވެދިޔަ 27 އަހަރު ތެރޭގައި މިދާއިރާއިން ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އަދި ޝާހު ވިދާޅުވީ މިއަހަރަކީ އެ ކުންފުނީގެ ހަޔާތުގައިވެސް ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ އަހަރު ކަމަށެވެ. މިގޮތުން މިހާރު 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުންދާ ކަން ފާހަގަކުރެއްވިއެވެ. އަދި ފެނާއި ނަރުދަމާގެ ހިދުމަތް މެދު ކެނޑުމެއްނެތި 24 ގަޑި އިރު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައާއި އަދި ކުންފުނިން ހިންގާ މަޝްރޫއުތައް ހިންގުމުގައި މުވައްޒަފުން ކުރަމުންގެންދާ ބުރަ މަސައްކަތާއި ހިތްވަރަށް ޝުކުރު އަދާކުރެއްވިއެވެ.

އެމްޑަބްލިޔުއެސްސީ އަށް 27 އަހަރު ފުރިގެންދާއިރު ކުންފުނިން ވަނީ ތަފާތު އެކި އެކި ރޮނގުތަކުން ގިނަ ކުރި އެރުންތަކެއް ހޯދައި ފައެވެ. މިގޮތުން، ވޯޓަރ ސިކުރިޓިއާއި، ފެނާއި ނަރުދަމާގެ ހިދުމަތުގެ ކެޕޭސިޓީ އާއި، މުވައްޒަފުންގެ އަދަދާއި އަދި މީހުން ބިނާ ކުރުމާއި، ޒަމާނީ ޓެކްނޮލޯޖީގެ ވަސީލަތްތައް ގާއިމްކުރުމާއި، އިންފްރާސްޓްރަކްޗާތައް ބިނާކުރުމާއި، ކުންފުނީގެ ހިންގުމާއި، ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމުގައި އައިސްފައިވާ ކުރި އެރުންތައް ފާހަގަކޮށްލެވެއެވެ.

މާލޭ ސަރަހައްދުގެ އިތުރުން ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި ރ.ދުވާފަރުގައި އެ ކުންފުނިން މިހާރު އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ރ.ދުވާފަރުގައި ކަރަންޓުގެ ޚިދުމަތާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ ޚިދުމަތާއި، އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުން ދެއެވެ.

އެމްޑަބްލިޔުއެސްސީ އުފެދިގެން އައީ ފެނާއި ނަރުދަމާ އަށް ޚާއްސަ ކުންފުންނެއް ގޮތުގައި ނަމަވެސް، މިއަދު އެ ކުންފުނި ވެފައި ވަނީ އިންޖީނިއަރިންގ، ޓްރޭޑިންގ އަދި މެނުފެކްޗަރިންގް ގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެއްގެ ގޮތުގައެވެ. އަދި އެ ކުންފުންޏކީ އަމިއްލައަށް، ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލްކަންވެސް ހޯދައި އެ މަސައްކަތްވެސް ކުރަމުންދާ ކުންފުންޏެކެވެ. އަދި ހުޅުމާލޭގައި ކާރުޚާނާއެއް ގާއިމްކޮށް ފުޅީގައި ބަންދުކުރި ފެނާއި ޕްރިފޯމް އުފައްދަމުން ދާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން ކ.ގުޅީފަޅުގައި ޕައިޕް ފެކްޓަރީއެއް ގާއިމްކޮށް، ދުނިޔޭގައި ނަން ހިނގާ ބްރޭންޑްތަކާއި އެއް ފެންވަރެއްގައި އެކިވައްތަރުގެ ޕައިޕް އުފައްދާ ވިއްކަމުނެވެ.

އޭގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގައި މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ފަސޭހަކަމާއިއެކު ކަސްޓަމަރުންނަށް ލިބޭނެ މަގުތަނަވަސްކޮށްދިނުމުގެ ގޮތުން 2016 ވަނަ އަހަރު ވަނީ ޝޯރޫމެއް ހުޅުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖުލައި

    ކަލޯ ކުރީ ސަރުކާރުން ފަންޑް ހޯދާ ފެށުމަށް ތައްޔާރު ކޮށްފައިވާ މަޝްރޫޢުތަކެއް ތިޔައީ. އަނގަ ތަޅާނެ ކަމެއް ނެތް

    9
    1
  2. ލުލު

    ކޮންތާކު

    3
    1
  3. ބިތުފަންގި

    ތިއުޅެނީ އާކުކުޅަކަށް ގައުބިހެއް އެޅިގެން އުޅޭހެން މި 5އަހަރު ނިމިގެންދަނީ ރައްޔިތަކަށް ގައުމަށް ހެއް ލާބައެ ވީ ފަސޭހައެއް ފެންނާކަށް ނެއް މައުމޫނު 30 އަހަރުން ފެށިގެން ބަނދަރު ހެދުމާ ނަރުދަމާ މަގުހެދުން އެއިރެއްގެ އޮންނަ ސަރުކާރެއްގެ މައްޗަށް ލާޒިމްކަމެއް ތިކަންތަށް ތަށް ކޮށްދިނުން ފުދުންތެރިކަން ހުރިވަރަކުން ކުރިޔަށް ވަނީ ގެންގޮސްފަ ޔާމިނު މިގައުމަށް ހޯދާދިން ތަރައްގީ 50 އަހަރާ ނުބައްދަލު ޔާމިނު މަހާ ޖައްރާފް ނުހޮދިނަމަ މިވެރިކަމުގާ ކޮނެވޭނެ ފަޅެއް ހެދޭނެ ބަނދަރެއް ނޯންނާނެ މި 5 އަހރު ލިބުނުހާ ލާރިތަަށް ވަނީ ބައި މީހުނަށް ބަދަލް ދިނުމުގެ ނަމުގަ ބަހާ ދިރުވަލާފ

    2
    1
  4. ރަތްޔިތު ދޭސީއަންމަދު

    ‎ރެކޯޑް އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫއުތައް ދަނީ ހިންގަމުން - އެމްޑަބްލިވްއެސްސީ އަޅެ ފަހެ މީހަކު އަޖާބެއްނުވާނެތޯ މިބޭފުޅުންގެ ވާހަކައިން މިހީވަނީ މިކިޔާ އެމްޑަބްލިވްއެސް އަކީ ރައްޔިތުން ހިލޭ ޙިދުމައް ފޯރުކޮއްދޭފަރާތެއްހެން ބަލަ ތިޔައީ ކުންފުނިންކުރާ ވިޔާފާރިއެއް އަނެއްކޮޅުން ރައްޔިތުން ހައްދަންވެގެން ވޯޓް ކައިރިވީމަ ކުރާކަމެއްކަންވެސް ރައްޔިތުންނައް އެނގޭ ރިޔާސީ އިންތިހާބްއައް ކުރާކެންޕޭންތީ މިލިޔަން ރުފިޔާއިން ފައިދާވާގޮތައް ހިންގާ ކަމެއްތީ ރައްޔިތުންނައް ހިދުމަތްކުރުމުގެ ނަމުގައި

  5. ފަހުރުވެރިދިވެހިދަރި

    މިފެންނަނީ ޔާމިނުގެ ދުރުވިސްނުމުގެ ސިޔާސަތު ތަކުގެ ދަށުން ތަ ރައްގީގެ ދުވެލި އިންތިހާޔައް ހަލުވި ކު ރެވިފަވާތަން ޔާމިނުއައް ދެދައު ރު ޖެހިޖެހިގެން ރައްޔިތުން ދިންނަމައީ މިހާ ރު ހު ރިހާބަނދަ ރެއްނިމި އަތްފޮޅާލާނެ ދެބު ރިޖުނިންމާފަ އުތު ރުގެ ކާގޯބަނދަ ރާ ދެކުނުގެ ކާގޯބަނދަ ރު ނިންމާފަ ހު ރިހާ ގޭބީސީ ތަކެއްގެ ފު ރާޅުގަ ސޯލާހަ ރުކޮއް ކަ ރަންޓްބިލު ހިލޭ ކޮއްދީފީސް ހުޅުމާލޭ ދެވަނަފޭސްގެ ހު ރިހާ ޓަވަ ރުތަކެއްގެ މަތީސޯލާހަރުކޮއް ހިޔާފުލެޓުގަ އުޅޭ ހު ރިހާ ގޭބީސީތަކެއްގެ މީޓަ ރު ތަކައް ހިލޭކަރަންޓް ލިބޭގޮތް ވެފައޮންނާނީ މިމީހުން ކިވިޑޭކިޔައިގެން ލިބުނުހާ ލާ ރިން ވައްކަންކޮއް ނިދާފަ ތިބީ ތިޔަނެޝިނަ ރީ ތަޖާ މަހާޖައް ރާފާ ދެންހު ރި އެއްޗިއްސާ ތިޔަލިބޭ ފައިދާޔަކީ އެމަނިކުފާނު ލިޔެދީފަހު ރި ހިޔާލާ ތަސައްވަރުތަކެއް