ސަރުކާރުގެ ފެން ކުރި އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި 3،000 ޓަނުގެ ފެން އުފެއްދޭ އިތުރު އާރް އޯ ޕްލާންޓެއް ބަހައްޓައި، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު އާރް އޯ ޕްލާންޓްގެ މަސައްކަތް ފެށުމުގެ ގޮތުން ހުޅުމާލޭގެ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.

ހުޅުމާލޭގައި އިތުރު އާރްއޯ ޕްލާންޓެއް ބަހައްޓައި ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، ހުޅުމާލޭގައި ދުވާލަކު ފެން އުފެއްދޭ މިންވަރު ކުރިއަށް ވުރެ ބާރަށް އަދި ފެން އުފައްދާވަރު އިތުރުވެ، ހުއްޓުމެއްނެތި، ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

ޝާހް ވިދާޅުވީ ‎މާލޭ ސަރަޙައްދުގައި އިތުރުވަމުންދާ އާބާދީއަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަކީ އެމްޑަބްލިޔުއެސްސީގެ އަމާޒަށްވީއިރު، އެކަން ޔަގީންކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފެނަށް ޖެހިއްޖެ ކަމަށް ވަންޔާ، ފެނުގެ ދަތިކަމެއް އިހްސާސް ކުރަން ޖެހިއްޖެ ނަމަ އެ ދުވަސްތައް ވެގެން ދާނީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހަޔާތުގައި ވެގެން ދާނެ އެންމެ ދަތި އުނދަގޫ ކަންތައް ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް/ ވަގުތު ޕޮޓޯ ؛ އިބްރާހިމް ރައްޔާން މުހައްމަދު

"ދިވެހި ރައްޔިތުންގެ އެދުންތަކުން އެންމެ މުހިންމު ކަމަކަށް ވެގެން ދާނީ ފެނުގެ ކަންތައް. މިއަދު 3000 ޓަނުގެ އާރް އޯ ޕްލާންޓެއް ބެހެއްޓުން ނަމަވެސް އަދި ތި ބޭފުޅުންނަށް ހިން ދަމާލަން މާ އަވަސް،".

ފައިސަލް ވިދާޅުވީ މި މަސައްކަތްތައް މިހާ ފުރިހަމަކޮށް ރައްޔިތުންނަށް ފޯރު ކޮށްދެވެނީ އެ ކުންފުނީގެ މުވައްޒަފުންގެ ހީވާގި ކަމާއި، ހަރުދަނާ ކަމުން ކަމަށެވެ.

"ވޭދުވެ ދިޔަ އަހަރުތަކުގައި އެމްޑަބްލިއުއެސްސީން ހަމައެކަނި ކުރެވުނީ ރައްޔިތުންނަށް ފެން ފޯރު ކުރުމުގެ މަސައްކަތް އެކަންޔެއް ނޫން.". ފައިސަލް ވިދާޅުވިއެވެ.

ހުޅުމާލޭގައި އިތުރު އާރްއޯ ޕްލާންޓެއް ބަހައްޓައި ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

އެމްޑަބްލިވްއެސްސީން ވިދާޅުވީ، މާލޭގެ އޮޕަރޭޝަން ސެންޓަރ ޑިސެންޓްރަލައިޒްކޮށް، ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ބަހައްޓައި ފެން އުފައްދަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކޮ ގުޅާލުމަށްޓަކައި، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމުގެ މަސައްކަތްތައް ކުރަމުންދާކަަމަށްވެސް ވިދާޅުވިއެވެ. އަދި މިސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، މާލޭ އެސްޓީއޯ ގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތާއި، ހުޅުމާލޭގައި ހުންނަ މިކުންފުނީގެ އޮޕަރޝަން ސެންޓަރުގައި 10,000 ޓަނުގެ އެއް ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން އެ ކުންފުނިން ފާހަގަކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙސޔ

    ކ. އަތޮަޅު ވެރިކަން ކުރާ ރަށުގެ މީހެއް.
    އަދިވެސް ފެން ވަރަނީ ލޮނު ފެނުން. ކިހާ ތާހިރު

    3
    1
  2. މުއިއްޒުގެ ފަހަރު

    ރ ޔާމީނާއި މުއިއްޒު 5 އަހަރުތެރޭ ފޭސް 2 ހިއްކައި، ހިޔާ ފްލެޓްތައް އަޅާ، ބްރިޖް އަޅާ، ދަރުމަވަންތަ ހޮސްޕިޓަލަށް އަޅާ ނިންމާލި.
    މިސަރުކާރުން 5 އަހަރުތެރޭ ފެން ޕްލާންޓެއް ބަހައްޓައިފި.
    ތަފާތު ވަރަށް ސާފު. މިފަހަރު ހަމަ ޗޮއިސް އަކީ މުއިއްޒު

    5
    2