ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީން ބ.މާޅޮހުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފިއެވެ.

މި ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކޮށްފައިވާއިރު، މިމަޝްރޫއުގެ ދަށުން، މިރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށްފައި ވެއެވެ. އަދި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީފައި ވެއެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް ތާނގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް އަޅާފައި ވެއެވެ.

މާޅޮހުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ނިންމާފައި - ފޮޓޯ: އެމްޑަބްލިޔުއެސްސީ

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ވަނީ ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ 60.45 މިލިއަން ދިވެހި ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާޅޮހުން

    ވަގުތު ނޫސްވެރިން ބ މާޅޮހަށް ޒިޔާރަތް ކުރުމަށް ދައުވަތު އަރުވަން. ތިޔަ ނަރުދަމާ މާޅޮހު ރައްޔިތުންނަށް ބޭނުން ކުރެވޭނެ ދުވަހެއްވެސް ނޭނގެ. ގޭގެއަށް ނުގުޅާ މަގުގައި ހޮޅިތަކެއް ވަޅުލާފައި ހުރީ. 2018 ބުނި އެއްކަމެއް ވެސް ނުކޮށްދޭ.

    • ހުސޭނުބޭ

      އެވާނީ ޖައްވުތެރޭ ހޮޅި އަޅާފައި އޮތީކަމަށް. ސޯލިބެއަކީ ވަރަށް ތަރައްޤީ ވަރަށް ދުވެލި ބާރު ބޭކަލެއް.

  2. ލޮންސި

    މާޅޮހު މަތިނުމެން ތި ދައްކާ ވާހަކައަކާ ވަގުތު ނޫހުން މާޅޮހުގައި ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމާފައިވާ ވާހަކައަކާ ދިމައެއެއް ނުވޭ. މި ވަނީ ކީއްބާ؟

  3. ފީފީ

    އަދިއަވަސް ތިކަންކުރަން އަސާސީހިދުމަތަކާބަލާފަ، ދެންވީރަށުއެންމެން އަތްޖަހަން ތިކަންކޮއްދިނީމަ އޭކިޔާފަ