23:54

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ހައްޔަރު ކޮށްގެން ގެންގުޅުނު ޣައްޒާ ޑޮކްޓަރަކު ޝަހީދުކޮށްލައިފި.

 

23:49

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ރައްކާތެރި އެއްވެސް ވަގުތެއް ނެތް ކަމަށް އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އިން ބުނެފި.

 

23:28

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގައި ޝަހީދުކޮށްލި ސިއްހީ ހިދުމަތްތެރިންގެ އަދަދު 500 އާއި ގާތްވެއްޖެ.

 

23:24

ޣައްޒާގައި އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތް ކަމަށް ޔޫއެންއާރްޑަބްލިއުއޭއިން ބުނެފި. އެ ޖަމިއްޔާއިން ވަނީ ޣައްޒާގެ ފަހުގެ ފޮޓޯތަކެއް އާންމުކޮށްފަ. އެ ފޮޓޯތަކުން ފާއިތުވި ހަ މަސް ދުވަހު ޣައްޒާ ބަދަލުވެގެން ދިޔަ ގޮތް ވަރަށް ސާފުކޮށް ފެނިގެންދޭ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ރޭގަނޑު ދެކެ ވަރަށް ބިރު ގަނޭ. އަދި މާދަމާ އެމީހުންނަށް ވާނެ ގޮތަކާއި މެދު ވެސް އެމީހުން ވިސްނާ.

"އެމީހުން ތިބީ އިތުރު އަސްކަރީ އޮޕަރޭޝަނެއް ހިނގާފާނެތީ ބިރުން. ޣައްޒާގައި އެއްވެސް ރައްކާތެރިކަމެއް ނެތް"

23:21

އިސްރާއީލުގެ ދެ ސަރަހައްދަކަށް ހަމަލާދީފައިވާ ކަމަށް ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ކަމަށްވާ ހިޒްބުﷲއިން ބުނެފި.

22:25

ޣައްޒާގެ މެދުތެރޭގައި އޮންނަ ކަރަންޓް ހިދުމަތްދޭ ތަނެއް ކައިރިއަށް ނިރުބަވެރިން ހަމަލާދީފި.

 

22:22

އިސްރާއީލުގެ އަސްކަރިއްޔާއިން ކުރަމުން އަންނަ މަސައްކަތުގައި ކާމިޔާބު ހޯދަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފި

 

22:05

އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއަށް ހަމަލާދޭން އުޅުނު އެގައުމުގެ މީހަކު ހައްޔަރު ކޮށްފި.

 

21:53

އިނގިރޭސިވިލާތުގެ ބްރިސްޓޮލްގެ ހަތިޔާރު އުފައްދާ އިމާރާތެއްގައި މުޒާހަރާ ކުރި ތިން މީހަކު ހައްޔަރު ކޮށްފި.

21:38

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓަނީ ބްލިންކެން އިސްރާއީލަށް ކުރި ދަތުރުގެ ތެރެއިން ޣައްޒާއަށް 400 އެހީގެ ޓްރަކް ވައްދާފައިވާ ކަމަށް އިސްރާއީލުން ބުނެފި.

އިސްރާއީލުން ބުނި ގޮތުގައި މިހާތަނަށް ޣައްޒާއަށް 26،746 އެހީގެ ޓްރަކް ވަނީ ވަދެފަ.

21:32

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ފަސް މީހަކު ޝަހީދު ކޮށްލައިފި

 

20:46

ނިރުބަވެރި އިސްރާއީލުން ޣައްޒާ އަލް-ސަލާމް އާއި ރަފާހު ސިޓީއަށް ދިން ވައިގެ ހަމަލާގައި އެކި ފަރާތްތަކަށް ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި. ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން މި ހަމަލާ ދީފައިވަނީ އާންމުން ދިރިއުޅެމުން ދިޔަ ސަރަހައްދަކަށް.

 

20:44

އިސްރާއީލުން ތުރުކީއަށް މުދާ އެތެރެ ކުރުން ހުއްޓުވުމާއި ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓަރު ތުރުކީގެ ރައީސްއަށް ބަހުގެ ހަމަލާތަކެއް ދީފި.

19:55

ނިރުބަވެރި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ކިރިޔާ ސަލާމަތްވި ކުޑަކުއްޖަކަށް ޣައްޒާ ހޮސްޕިޓަލެއްގައި ފަރުވާ ދެނީ.

 

19:27

ކޮލަމްބިއާއިން އިސްރާއީލާއި އޮންނަ ގުޅުން ކަނޑާލި ކަނޑާލުމަށް ހަމާސް ޖަމާއަތުން މަރުހަބާ ކިޔައިފި.

19:25

އިސްރާއީލުގެ ޑެޓެންޝަން ކޭމްޕްތަކުގައ ހައްޔަރު ކޮށްފައި ތިއްބާ މަރުވި މީހުންގެ ތެރޭގައި އަލް-ޝިފާ ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރެއް ކަމަށްވާ އަދްނާން އަހުމަދު އަލް-ބާޝް ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެފި.

 

19:09

ފަހުގެ މައުލޫމާތު:

  • ހަނގުރާމަ ހުއްޓާލުމާއި ބެހޭ ވާހަކަތައް ދެއްކުމަށް ހަމާސްގެ ވަފުދެއް މިސްރަށް ވަޑައިގަންނަވަނީ
  • މާދަމާއަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަން ދަވަސް ކަމުން ޣައްޒާގައި ތިބި ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ޣައްޒާއިން ގޮވާލައިފި.
  • އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމަށް ހިތްވަރުދެމުން އަންނާތީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބައެއް ފަރާތްތަކާއި ޖަމާއަތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިރާނުން ނިންމައިފި.

 

19:07

ހަނގުރާމަ ހުއްޓާލުމާއި ބެހޭ އެއްބަސްވުމާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ހަމާސްގެ ވަފުދެއް މިސްރަށް ވަރަށް އަވަހަށް ދާނެ ކަމަށް ރިޕޯޓްތަކުން ބުނެފި.

18:41

ނިރުބަވެރި އިސްރާއީލާއި އޮންނަ ގުޅުން ކޮލަމްބިއާއިން ކަނޑާލަން ނިންމައިފި

 

18:01

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް އެހީ ވައްދާ ވެހިކަލެއް ދުއްވި މީހަކު ޝަހީދުކޮށްލައި އިތުރު ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި،

17:41

ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ތިން ގަތުލުއާންމެއް ހިންގައި، 28 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި.

 

17:26

ޣައްޒާގެ އަލް-އަމަލް ހޮސްޕިޓަލުގެ އަންހެނުންގެ ވޯޑު އަލުން ހުޅުވި ފަހުން ދުނިޔެއަށް އުފަންވި ކުއްޖާގެ މައުލޫމާތު ފަލަސްތީނުގެ ރެޑްކްރެސެންޓުން އާންމު ކޮށްފި.

މީޑިއާތަކުން ބުނީ، އެތަން ހުޅުވި ފަހުން އުފަންވި ކުއްޖާއަށް ދީފައިވާ ނަމަކީ މުހައްމަދު ލުއޭއި އަލް-ރަޤަބް ކަމަށް.

The baby Muhammad Luay Al-Raqab is the first birth case after the reopening of the maternity ward at the PRCS Al-Amal Hospital in Khan Younis. #AlAmalHospital #Gaza pic.twitter.com/EegpSwKMkG

 

17:23

މާދަމާއަކީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް ކަމަށްވާތީ، ޣައްޒާގައި ތިބި ނޫސްވެރިންނަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް ޣައްޒާ ސަރުކާރުގެ މީޑިއާއިން ގޮވާލައިފި.

17:06

ލުބުނާނުގެ ދެކުނުގައި ހުރި ހިޒްބުﷲގެ ބައެއް ސަރަހައްދުތަކަށް ރޭގެ ވަގުތެއްގައި ވައިގެ މަގުން ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

16:46

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުން އިސްރާއީލުގެ ޕީއެޗްޑީ ހާސިލުކޮށްގެން ހުރި ކުއްޖަކަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގައި މުޒާހަރާ ކުރި މީޙުން ހަމަލާ ދީފައިވާ ކަމަށް އޭނާއާއި ހަވާލާދީ ރިޕޯޓްތަކުން ބުނެފި.

16:06

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ނުސީރަތް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ފަލަސްތީނުގެ 10 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

15:36

ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ ސިފައިން ޤާއިމުވެ ތިބި އަސްކަރީ މަރުކަޒުތަކަށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ފަތަހް ޖަމާއަތުގެ މުޖާހިދުން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ބުނެފި.

13:17

އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ މެދުތެރެއަށާއި ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަދޭ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ޣައްޒާ އިން ވަނީ 9 މީހުން ޝަހީދުވެފަ. މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު އަދި ކަށަވަރު ނުވޭ.

12:29

ޣައްޒާގައި ރަހީނުކޮށްފައި ތިބި އަސީރުން އަނބުރާ ގައުމަށް ގެންދިއުމަށް ގޮވާލާ އިސްރާއީލުގައި މުޒާހަރާގެ ބައިވެރިން މިއަދު ހެނދުނު ވަނީ ގުދުސް އާއި އިސްރާއީލުގެ ތެލްއަވީވް ގުޅުވައިދޭ މައި ހައިވޭގެ ޓްރެފިކް ހުއްޓުވަން މަސައްކަތްކޮށްފަ .

ހައިވޭގެ މެދުގައި ހުއްޓި މެގަފޯނުތައް މެދުވެރިކޮށް އަޑުއުފުލަމުން ދަނިކޮށް ގައިދީން އެނބުރި އައުމަށް ގޮވާލާ ބެނާތައް ހިފައިގެން ތިބި މުޒާހަރާގެ ކުޑަ ގްރޫޕެއް ފުލުހުން ވަނީ ވަރަށް އަވަހަށް ފަހަތަށް ޖައްސާ އެތަނުން ދުރުކޮށްފަ

11:34

އިޒްރޭލު ސިފައިން ފަލަސްތީނުގެ އިތުރު ބަޔަކު ހުޅަނގު އައްސޭރީގެ ބެތުލެހެމްގެ ރާމަالله ކައިރިން ހައްޔަރުކޮށްފި ކަމަށް ވަފާ ނިއުސް އިން ރިޕޯޓް ކޮށްފި

ވަފާ ނިއުސް އެޖެންސީން ބުނީ ރަމަالله ކައިރީގައި އޮންނަ ޖަލާޒޯން ކޭމްޕާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ ބެތުލެހެމް ކައިރީގައި އޮންނަ ހުސާން އަވަށުގައި ހިންގި ހަމަނުޖެހުންތަކުގައި އަންހެނަކާ އެކު ފަލަސްތީނުގެ އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް

ވަފާ ނިއުސް އިން ބުނީ އިސްރާއީލު ސިފައިން ޖަލާޒޯން ކޭމްޕަށް އަސްކަރީ ވެހިކަލްތަކުން ވަދެ، އެ ގައުމުގެ ޒުވާނުންނާ ކުރިމަތިލައި ލައިވް ބުލެޓާއި ރަބަރު ބުލެޓާއި ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް އިން ހަމަލާ ދީފައިވާ ކަމަށް. މި ހަމަލާތަކުގައި ފަލަސްތީނުގެ ޒުވާނެއްގެ ފައިގައި ޒަހަމްވެފައިވޭ

މީގެ އިތުރުން އިސްރާއީލު ސިފައިން ހިންގި މި އޮޕަރޭޝަންގައި ގިނަ ވެހިކަލްތަކަކަށް ގެއްލުންދީ، މީހުންގެ ފުރާޅުތަކަށް އަރައި، ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަފާ ނިއުސް އިން މައުލޫމާތުދޭ

އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާގެ ޖެޓުތަކުންނާއި އާޓިލަރީއިން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ބައެއް އާންމުން ވަނީ މިއަދު ޝަހީދުވެފައި. އިސްރާއީލުގެ ޖެޓުތަކުން މިއަދު ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސަރައިރަތު ރެފިއުޖީ ކޭމްޕުގައި ހުންނަ ގެއަކަށް ވަނީ ވައިގެ ހަމަލާތަކެއް ދީފައި. އަދި ޣައްޒާގެ ދެކުނުގައި ހުންނަ ފުޙާރީ ސަރަހައްދަށް ވަނީ އާޓިލަރީ ހަމަލާތަކެއް ދީފައި. އެ ހަމަލާތަކުގައި ދެ މީހުން ޝަހީދުވެ، ފަސް މީހަކު ޒަހަމްވެފައިވޭ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ. އެ އެޖެންސީން ބުނި ގޮތުގައި ރޭ ވެސް އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާއަށް ވައިގެ ހަމަލާތަކެއް ފޮނުވާލާފައި.

އިސްރާއީލުގެ ނިރުބަވެރި ސިފައިން ޣައްޒާގެ ރަފަހްއަށް އެރުމަށް ތައްޔާރުވަމުންދާއިރު، އެކަމާ ދެކޮޅަށް މުޅި ދުނިޔޭގައި ދަނީ އަޑުއުފުލަމުން. ދެ މިލިއަނެއްހާ މީހުން ރައްކާތެރިކަން ހޯދަން ގޮސްފައިވާ ރަފަހްއަށް އަރަން އިސްރާއީލުން ދައްކަމުންދާ ހުއްޖަތަކީ އަދިވެސް ހަމާސް އެއްކޮށް ނައްތާނުލެވުން ކަމަށް. އެހެންނަމަވެސް، އެ ސަރަހަދަށް ސިފައިން އަރައި ހަމަލާ ދޭން ފަށައިފި ނަމަ ގިނަ އަދަދެއްގެ އާންމުން ޝަހީދުވާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ފާޅުކުރަމުން.

އިސްރާއީލުގެ ލާއިންސާނީ ގަތުލުއާންމާ ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުން. އެކަމާ ގުޅިގެން އެމެރިކާގެ އެކި ސްޓޭޓްތަކުގެ ސިފައިންނާއި ފުލުހުން ނެރެ ބާރުގެ ބޭނުންކޮށްގެން ދަރިވަރުން ޔުނިވާސިޓީގެ ބިންތަކުން ދަނީ ނެރެމުން.

އިސްރާއީލަށް ބައިނަލްއަގުވާމީ ޕްރެޝަރު ކުރިމަތިވަމުން އަންނަ އިރު އެ ގައުމުން ވަނީ ޣައްޒާގެ ދެކުނުން އިސްރާއީލަށް ވަންނަ ދޮރު އެރޭޒް ކޮރޮސިން އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ފަހުން ފުރަތަމަ ފަހަރަށް ހުޅުވާފައި. އެ މަގު ހުޅުވާފައި ވަނީ ޖޯޑަންއިން ފޮނުވި އެހީގެ ޓްރަކްތަކެއް ވެއްދުމަށް ކަމަށް ރިޕޯޓުތައް ބުނޭ.

ކިޔުންތެރިންގެ ހިޔާލު