ސިފައިންގެ ތެރޭގައި ދިގުމުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކްވާނެ ގޮތެއް ހަމަޖައްސަވާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާކަމަށް ދިފާއީ ވަޒީރު ޣައްްސާން މައުމޫން ވިދާޅުވެއްޖެއެވެ.

70 ވަނަ އަސާސީ ތަމްރީން ކޯސް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީ ސިފައިން ފަރުދީ ގޮތުން ބޭނުންވާ ކަންކަންވެސް ހާސިލްކޮށްދެއްވުން ކަަމަށެެވެ. އެގޮތުން އެމަނިކުފާނުގެ ވިސްނުންފުޅުގައި އޮތީ ސިފައިންގެ ހިދުމަތަކީ ޒުވާނުންނަށް "ކެރިއަރ ޕާތް"އެއްގެ ގޮތުގައި ހަމަޖައްސަވާ ދެއްވުން ކަމަށް ވިދާޅުވިއެވެ.

"ސްކޫލް ނިމިގެން ސިފައިންގެ ހިދުމަތަަށް ވަންނަ ކުދިން، ބޭނުން ސިފައިންގެ ސްކޮލާޝިޕްގައި ކިޔަވައިގެން އައިސް، ސިފައިންގެ ހިދުމަތުގެ ތެރެއިން ގައުމަށް ހިދުމަތް ކުރަމުން، ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން، ރިޓަޔާ ކުރުމުގެ އޭޖްއާ ހަމައަށް އާދެވިއްޖެނަމަ، ރިޓަޔާ ކުރާނީ އަނބިދަރިންނާއި ކާފަ މާމަ ކުދިންނާއި އެކީ އަބުރުވެރި ދިރިއުޅެވޭ ހާލެއގައިް،".

ވަޒީރު ވިދާޅުވީ އެކަން ކަށަވަރުކޮށްދެއްވުމަށް ސިފައިންގެ ތެރޭގައި ދިގުމުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކްވާނެ ގޮތެއް ހަމަޖައްސަވާ ދެއްވުމަށް ރައީސް ނިންމާފައިވާ ކަަމަށެވެ.

ޣައްސާން ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު ދުނިޔެ ގަބޫލު ކުރާ ވަރަކަށް ކުރިއަށް ގެންދަވަން ރައީސް ޑރ. މުއިއްޒު އަންގަވާފައިވާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޙެޔޮވެރިކަން

    20އަހަރު ޚިދުމަތްކޮށްފައި ރިޓަޔަރ ކޮށްފަަތިބި މީހުން ވެސް ހިމެނެއްވުން ވެސް އެދެން ލޮބުވެތި ރައީސް!

    4
    3
    • ޙައްގުބަސް

      ހަގީގަތުގައިވެސް ރަގަނޅު ކަމެއް! މުޅި އުމުރު ދުވަހު ސަލާމާތީ ޚިދުމަތްތަކުގައި މަސައްކަތް ކުރުމަށްފަހު މީހާގެ އުމުރު ހަމަވެގެން (60 އަހަރު) ޝަރަފުވެރިކަމާއެކު ރިޓަޔަ ކުރާ ފަރާތްތަކަށް ގެދޮރުވެރިކަން މިލްކު ކޮށްދެއްވުމަކީ ވަރަށް ރަގަނޅު ނިންމެވުމެއް! މިދަންނަވަނީ 30 ނުވަތަ 40 އަހަރުގެ ޚިދުމަތުގެ ވާހަކަ! ޝަރަފުވެރިކަމާއެކު 60 އަހަރު ވުމުން ރިޓަޔަރ ކުރާ ފަރާތްތަކުގެ ވާހަކަ! މިފަދަ ފަރާތްތައް ދެން އުމުރުގެ ބާކީ އޮތް މަދު ދުވަސްކޮޅުގައި އިތުރު މަސައްކަތެއްނުކޮށް ގޭގައި ނުވަތަ ފްލެޓެއްގައި ހުރެގެން އުފަލުގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ކުރަމުން އަންނަކަމެއް! ލިބިފައިވާ ފްލެޓްގެ (މިލްކު ވަންދެން) ދައްކަމުން އައި ކުލިން ބާކީ އޮތް ބައި ދައުލަތުން މާފުކޮށްދެއްވާ ގޮތަށް ހަމަޖައްސަވައި ދެއްވައިފިނަމަ، ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުން ލިބޭ އެއްޗަކުން އެމީހަކަށް ޝަރަފުވެރިކަމާއެކު ދިރިއުޅެވޭނެ! އިތުރު މަސައްކަތަކަށް ނިކުންނާކަށް ނުޖެހޭނެ! އެހެންކަމުން 30 ނުވަތަ 40 އަހަރު ޚިދުމަތުގައި ހޭދަކުރައްވާ އުމުރު (60 އަހަރު) ހަމަވުމުން ރިޓަޔަރ ކުރާ ފަރާތްތަކަށް މިފަދަގޮތަކަށް ކަންކަން ހަމެޖެހިގެންދިއުން ވަރަށް ރަގަނޅު!!

    • ޙެހެހ

      ފުލުހުންނާއި ސިފައިންގެ ، މި ދެ މުއައްސަސާގައި އަބުރުވެރިކަމާއި އެކު 20 އަހަރު ކޮށްފަ ނުކުންނަމީހުންގެ ތެރެއިން ދަށްމީހަކު ވިއްޔާ އެއްވެސް އެއްޗެއްނެތް ، ނުކުމެގެން އަލުންޖެހެނީ އަމިއްލަ މަސައްކަތްކޮށް ސަލާންޖަހާގެން އުޅެން ، އެކަމަކު ބޮޑެތި ޖަލްސާތަކުގައި ޤައުމުގެ އިސްމީހުން ބުނާނެ ސިފައިންނާއި ފުލުހުންނާއި އާދަޔާޚިލާފު ޚިދުމަތެއްކުރާ މުރާލި ތެދުވެރިބައެކޭ ، އެކަމަކު ކޯޗެއްއޮތީ ، އެހެން ޤައުމުތަކުގައި އެނގޭނެ އެޚިދުމަތިގައި ތިބެފަ ނުކުންނަ މީހުން

  2. އަޙުމަދު

    ފުލުހުންނަށްވެސް ލިބޭނެ ދިއްތޯ؟

    3
    1
  3. ލިކާ

    އަހަރެމެންވެސް މުޅި އުމުރު ބޮޑުކުލީގަ މިހަނާވަނީ އަހަރެމެންނައްވެސް ގޮތެއްހޯއްދަވާދެއްވާ ސުލޯލިހު އައްވެސް ދެވަނަދައުރައް ވޯޓުނުދިނީ ބޯހިޔާވަހިކަމެއް ނުދިނީމަ

  4. އޛ

    ސިފައިންނަށް ހަމަޖައްސާފިޔާ ފުލުހުންނަށްވެސް ހަމަޖައްސާދެނެ ކަމަށް އުންމީދު ކުރަން.
    ޝުކުރިއްޔާ ޕްރެސިޑެންޓް

    2
    2
  5. ޙެހެހ

    ޢެކަން މިދިޔަ ވެރިކަމުގައިވެސް ފެނިއްޖެ ، ސިފައިންގޭގައި ކުށެއްގަ ކަނޑަަލާފަތިބި ބަޔަކު ކުއްލިއަކަށް އެތަނުގެ ވެރިންނަށްވެ ނިމިގެން ދިޔައީ ވުޖޫދުގައިވެސް ނެތް އެޕާރޓްމެންޓްތަކެއް އަމިއްލައަށް ބޭނުންވާ ގޮތަށް ފަރުމާކޮށް ދަމާގަނެގެން ، މިއީ އެތައް އަހަރެއްކުރިން ތަރުތީބު ކުރެވި ލިސްޓަކުން އެތަނުގެ މީހުންނަށް ހަމަޖެހިފައިހުރި ތަންތަންކަމަށްވަނީ ، އެކަމަކު ވެރިންތައް އެދިޔައީ އުމުރަށް އެތަން މިލްކްވާގޮތަށް ދަމާގަނެގެން ، ބޮޑުންނަށް ހަމަ މޮޅުގޮތްކަމަށްވަނީ އެތާ އޮންނަނީ

  6. ކަލު

    މިހާރު ތިދަނީ ހުދުމުހުތާރު ވެރިކަމެއްގެ ސިފަ މަޑުމަޑުން ޖެހެމުން

    4
    3
  7. ޢަނީ

    ވަކި ވަޒީފާއެއް އަދާކޮށްގެން ފްލެޓް ދިނުން އިންސާފުވެރި އެއްނޫން. ގައުމަށް މުހިންމު ކިޔާވައިގެން ތިބި ފަންނީ މީހުން އާއި އަމިއްލަ މަސްއްކަތް ކުރާމީހުންގެ ހައްގު ކޮބާ؟ އެންމެން އަށް ހަމަހަމަ ކޮށް ހިދުމަތް ދޭންޖެހޭނީ.

    10
    2
    • ޔަގީންތާ

      ލިބޭނެ ލިބޭނެ ލިބޭނެ. ހާސްނުވޭ. ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް.

    • ޙެހެހ

      ޙެހެހ ، އެސްޓީއޯ ، ސްޓެލްކޯ ، އެމްއޭސީއެލް މީހުންނަށް ފޭސް2 އިން ފްލެޓްދިން އިރު ބޭފުޅާއަށް ބަހެއް ނުބުނެވުނުތޯ ، ވަޒީފާއަށް ވަދެ އަހަރުނުވެ ތިއްބާ އެތަންތަނުގެ މީހުނަށް ފްލެޓް ލިބުނީ ، ކޮބާ އިންސާފް

    • ހައްނާން

      ކިޔާވާނެ ފުރުސަތު ނުލިބި މަގުމާތީި ސަލާން ޖަހަން އުޅޭ މީހުންނަށް ވެސް ލިބެންވާނެ

  8. ޑޮންޑޮން

    ހަމަ އެ ބީދައިން ދިގު މުއްދަތަކަށް އެހެން ދާއިރާތަކަށް ޚިދުމަތް ކުރާ ރައްޔިތުންނަށްވެސް ހަމަ ތިޔަ އުސޫލު ހިނގުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ފެނޭ

    9
    1
    • ގައިމުތާ

      ލިބޭނެ ލިބޭނެ ލިބޭނެ ހާސްނުވޭ. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.

  9. ލިބޭނެކަންޔަގީން

    ކޮންމެހެންވެސް ގެދޮރު މިލްކުކޮށްދެއްވަން ޖެހޭ ބޭފުޅެއް އުޅުއްވާނެ ސިފައިންގޭގަ ޑރ. ޢަލީ .... އެފަކީރު އުޅުއްވަނީ ގެޔެއް، ފްލެޓެއް، އެޕާރޓްމަންޓެއް، ކޮޓަރިޔެއްހާ ހިސާބުވެސް ނެތި ވަރަށް ނިކަމެތިކޮށް.

  10. މުހައްމަ

    އަނެއްކާވެސް ތިއުލެނީ ޖެނަރަލުންނައް ޕެންޓްހައުސް ހަދަންވެގެން މީ ވަރައް ވާހަކަ

  11. ދިގުމުއްދަތު

    އަހަރެން މިހުރީ 30 އަހަރާއި ކާރި މުއްދަތަށް ތިބުނާ ޚިދުމަތެއް ކޮށްފައި.
    ފުލެޓެއް ވެސް ނުލިބޭ. ލިބިގެންތާ މިލްކުވެސް ވާނީ.

  12. ޢަލީ

    ވަކިބަޔަކަށް ހާއްސަ ކުރަންޔާ ދޭންވީ ނިކަމެތިންއަށް؟

  13. ާއާދަން

    ދެންތިބި ރައްޔިތުންގެ ހައްގު ކޮބާ؟ ދެން މިގައަމުގަ ތިބީ 3 ކްލާސް ސިޓިޒަންތަ ؟