23:55

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ ގެ ރަފަހް އަށް ދެމުންދާ ހަމަލާތަކުގައި ރަފަހްގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު މުޅިން ހަލާކުކޮށްލާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފި

 

23:49

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލަށް އެހެން އެއްވެސް ބައެއްގެ އެހީތެރިކަން ނުލިބި އެކަނި ތިބެން ޖެހުނަސް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނުހުއްޓާނެ ކަމަށް ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި

 

22:57

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އޮޕަރޭޝަންތަކާއި ދެކޮޅަށް ސުވިޑެންގެ މަލްމޯގައި މުޒާހަރާ ކުރަން ފަށައިފި. މި މުޒާހަރާގައި އެތަކެއް ހާސް ބަޔަކު ވަނީ ބައިވެރިވެފަ.

22:16

އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑެން ގެންނަން ވޯޓު ދިން ޔަހޫދީން އެމީހުންގެ އަމިއްލަ ނަފްސާއި މެދު މިހާރު ލަދުގަންނަން ޖެހޭ ކަމަށް އެގައުމުގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފި

 

21:45

ލުބުނާނުން ދިން ހަމަލާއެއްގައި އިސްރާއީލުގެ ބޯޑަރު ކައިރީގައި އޮންނަ ޝްލޯމީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި.

 

21:23

ފަލަސްތީނުގެ ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ނަމަވެސް ހަމާސް ބަލި ނުކުރެވޭނެ ކަމަށް އެމެރިކާއިން ބުނެފި.

21:22

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ކުރުމަށް މިސްރުގެ ވެރިރަށް ކައިރޯއަށް ދިޔަ އިސްރާއީލުގެ ވަފުދު ކައިރޯއިން ފުރައިފި.

20:07

1900 ޓަނުގެ އެހީގެ ސާމާނާއި އެކީ ޤަތަރާއި ތުރުކީވިލާތުގެ ބޯޓެއް ޣައްޒާ އަށް ދަތުރުކުރަން ފަށައި ކަމަށް ތުރުކީވިލާތުން ބުނެފި

މި ގޮތުން މި ބޯޓުގައި ވަނޫ ޤަތަރުގެ ޤަތަރު ފަންޑް ފޯ ޑިވޮލޮޕްމެންޓް އިން ހަދިޔާ ކުރި 1358 ޓަނުގެ އިންސާނީ އެހީ އާއި ތުރުކީވިލާތުގެ ޑިސާސްޓަރ އެންޑް އެމަޖެންސީ މެނޭޖްމެންޓުން ހަދިޔާ ކުރި 550 ޓަނުގެ ހިލޭ އެހީ

20:03

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ބަދަވީންގެ އަވަށެއް ކަމަށްވާ ނެގެވް ގައި 47 ގެ ސުންނާފަތި ކޮށްލުމުން ފަލަސްތީނުގެ 300 އެއްހާ ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އެމެނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައިވަނީ ފަލަސްތީނުގެ ވަޑި އަލް ޚަލިލް އަވަށުން 47 ގެ ސުންނާފަތި ކޮށްލާފައިވާ އިރު އިތުރު 9 އަވަށަކުން ޔަހޫދީންގެ އަނިޔާވެރިން ފަލަސްތީނުގެ ރައްޔިތުން ނެރެން މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ވަރަށް ބޮޑު އަނިޔާއެއް ކަމަށް.

19:34

ޣައްޒާއަށް 1908 ޓަނުގެ އިންސާނީ އެހީއާއިއެކު ތުރުކީގެ މެޑިޓޭރިއަން ބަންދަރު ކަމަށްވާ މެރްސިންއިން ގަތަރާއި ތުރުކީގެ އުޅަނދެއް ފުރާފައިވާ ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީން ބުުނެފި.

19:28

ނިރުބަވެރި އިސްރާއީލުން ރަފާހަށް އަރާފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން ދިޔަ މަޝްވަރާތަކަށް ހުރަސްއެޅުމަށް ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފި.

19:27

މިއަދު ނިރުބަވެރި އިސްރާއީލުން ރަފާހަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްތީނު ބައްޕައެއްގެ ދަރިފުޅު ހިމެނުމުން އެ ބައްޕަ ކަރުނައަޅާ ރޮނީ

 

19:05

ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން ބޭނުންވާ މަގުސަދު ހާސިލު ކުރާނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރ، ޔޯވް ގަލަންޓް ބުނެފި

 

18:53

އިސްރާއީލް އެކަނި އޮންނަން ޖެހިއްޖެނަމަ، އޮންނާނީ އެކަނި ކަމަށް ބުނެ އެގައުމުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ވަރުގަދަ ރައްދެއް ދީފި

 

18:40

އިސްރާއީލުން ދިން ހަމަލާގައި ރަފާހުގެ ގެއަކަށް ލިބުނު ގެއްލުން

17:58

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފާހަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން އެތަނުގައި ދިރިއުޅެމުން އަންނަ 80،000 އަށްވުރެ ގިނަ މީހުން އެތަން ދޫކޮށް ގޮސްފައިވާ ކަމަށް އދ އިން ބުނެފި.

 

17:50

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހު ހަމާސްގެ ވަފުދު ކައިރޯއިން ފުރާފައިވާ ކަމަށް އެޖަމާއަތުން ބުނެފި.

17:39

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށް ގެންދިޔަ މުޒާހަރާ

17:35

ނިރުބަވެރި އިސްރާއީލުން ރަފާހުގެ ސައިކަލަކަށް ހަމަލާދީ، އެކަކު ޝަހީދުކޮށްލައިފި.

17:07

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެސަރަހައްދުގައި ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާތީ، ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި

 

16:43

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ލަސްކޮށް، އެމެރިކާގެ ރައީސް، ޖޯ ބައިޑެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އޭނާ އެކަމުގައި "ސީރިއަސް"ކަން ދައްކަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި

 

16:36

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 34،900 އަށްވުރެ މައްޗަށް އަރައިފި

 

16:33

ފަހުގެ މައުލޫމާތު:

އިސްރާއީލް

  • މަރުވި މީހުންގެ އަދަދު: 1،139
  • އަނިޔާވި މީހުންގެ އަދަދު: 8،730

ޣައްޒާ

  • ޝަހީދުވި މީހުންގެ އަދަދު: 34،904
  • ޒަހަމްވި މީޙުންގެ އަދަދު: 78،514

ހުޅަނގު އައްސޭރި

  • ޝަހީދުވި މީހުންގެ އަދަދު: 498
  • ޒަހަމްވި މީހުންގެ އަދަދު: 4،950

 

 

16:30

ރަފާހް އެއްކޮށް ހުސްކޮށްލުމަށް ފަލަސްތީނުގެ ރައްޔިތުން އެހެން ހިސާބުތަކުގައި ޓެންޓް ޖަހަނީ

15:11

ފަލަސްތީނުގެ ތަލް އަސް ސުލްތާން އަށް ޔަހޫދީން ދިން ހަމަލާގައި ޒަހަމްވި މީހުންނަށް ފަލަސްތީނުގެ އިމަޖެންސީ ޑޮކްޓަރުން ފަރުވާ ދެނީ

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ ރަފަހްގެ ތަލް އަސް ސުލްތާން އަވަށަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ފަސް މީހުންނާއި ޒަހަމްވި ފަސް މީހެއްގެ ހަށިގަނޑު ސަލާމަތްކުރާ ފަރާތްތަކުން ހޯދާފައިވާ ކަމަށެވެ.

ރިލީފް އެޖެންސީން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި އެ ހަމަލާގެ ސަބަބުން ޒަހަމްވެފައިވާ ކަމަށް ފެންނަ ކުދިންނަށް އެ އިދާރާގެ ޑޮކްޓަރުން ފަރުވާދެމުންދޭ

މީގެ ކުރިން ފަލަސްތީނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ތަލް އައްސުލްތާންގެ މީހުން ދިރިއުޅޭ ގެއަކަށް އިސްރާއީލުން ދިން ހަމަލާގައި 16 މީހަކު ވަނީ ޒަހަމްވެފަ

15:08

ޔަހޫދީ އިސްރާއީލުން ހަނގުރާމަ ކުރިއަށް ގެންދަން ނިންމައިފި

އިސްރާއީލު ގެ ހާރިޖީ ވަޒީރު އިސްރެއެލް ކާޓްޒް ބުނީ ހަމާސް ހަލާކުވަންދެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާނެ ކަމަށް

އެކްސްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިސްރާއީލަށް މިއަށް ވުރެ ބޮޑު ހަނގުރާމައެއް ނޯންނާނެ ކަމަށާއި މިއީ ސައްހަ ހަނގުރާމަ އެއް ކަމަށް

14:21

ބެން-ގްވީރް ސިއްރު މެސެޖެއް: "ހަމާސް އިން ބައިޑަން ދެކެ ލޯބިވޭ"

އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓާމާރް ބެން-ގްވީރު، ސިޔާސީ ވާދަވެރިންނަށް ބަދު ބަސް ބުނުމަށް ސޯޝަލް މީޑިއާ ބޭނުންކުރާ އިރު، ހަމާސް އާއި ބައިޑަން މި ލަފުޒުތަކުގެ މެދުގައި ލޯބީގެ ހިތުގެ އިމޯޖީއެއް ޕޯސްޓްކޮށް، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކެ ލޯބިވާ ކަމަށް އޭނާގެ ޓުވީޓްގައި ވަނީ ބުނެފަ

އެކްސް ޕްލެޓްފޯމްގައި އޭނާ ކުރި ޕޯސްޓުގައި އިތުރު ކޮމެންޓެއް ނެތް

ބެން-ގްވީރް މިހެން ބުނެފައި މިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ރަފާއަށް ހަމަލާދޭން އުޅޭތީ އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ދިނުން ފަސްކޮށްފައިވާ ކަމަށް ބައިޑަންގެ ސަރުކާރުން ބުދަ ދުވަހު ކަށަވަރުކޮށްދީފައިވާ ދަނޑިވަޅެއްގަ

13:03

ޣައްޒާ ސިޓީގެ ޒީތޫންއަށް އިސްރާއީލުގެ ސިފައިން އެއްގަމު މަގުން ވަނުމުން، ޝަހީދުވި މީހުންގެ އަދަދު އިތުރުވެއްޖެ

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާ ސިޓީގެ ޒީތޫން އަވަށުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ސަރަހައްދު "ރައްކާތެރި" ކުރުމަށް އެގައުމުގެ އެއްގަމު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި ވައިގެ ހަމަލާތައް ވެސް ދެމުންދާ ކަމަށް

އިޒްރޭލުން މިހާތަނަށް ޒައިތޫންގެ 25 އަމާޒަކަށް ވައިގެ ހަމަލާތައް ދީފައިވާއިރު އޭގެ ތެރޭގައި އޮބްޒަވޭޝަން އަދި ސްނައިޕަރ ޕޯސްޓުތައް ވެސް ހިމެނޭ ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ޒީތޫންއަށް ދިން ހަމަލާތަކުގައި މަދުވެގެން 10 ގެއަކަށް ހަމަލާދީ އެތައް ބަޔަކު ވަނީ ޒަޚަމްވެފައި

ވަފާ ނިއުސްގެ ނޫސްވެރިން ވިދާޅުވީ އިތުރު އެތައް ބަޔަކު އަދިވެސް ތިބީ ކުނިތަކެއްގެ ދަށުގައި ތާށިވެފައި ކަމަށާއި އިސްރާއީލުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ސަބަބުން ޒަހަމްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމީހުންނާ ހަމައަށް ވާސިލްވެވެން ނެތް ކަމަށް

12:27

ލުބުނާނުގެ ދެކުނުގައި ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ

ލުބުނާނުގެ ދެކުނުގައި ވެހިކަލަކަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެ ތިން ވަނަ މީހަކު ޒަހަމްވެފައިވާ ކަމަށް މެޑިކަލް އޮފިޝަލަކު އަލްޖަޒީރާއަށް ވަނީ ބުނެފި

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާ އާއި ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ވެސް ވަނީ ބަފްލިއްޔާ އަވަށުގެ ކައިރީގައި ދިން މި ހަމަލާގައި މީހުން ޝަހީދުވި ކަމަށް ރިޕޯޓްކޮށްފަ

12:17

އިޒްރޭލުގެ ދިފާއީ އޮފިޝަލުން ވަނީ އެމެރިކާއާ ގުޅުން ބަދަލުވުމުން ކަންބޮޑުވުން ފާޅުކޮށްފި

ދިފާއީ އޮފިޝަލުންނާ ހަވާލާދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ހަތިޔާރުގެ ޝިޕްމަންޓްތައް ދާދި ފަހުން ހިފެހެއްޓުމުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބުރޫނާރާނެ ކަމަށާއި އެހެން ގޮތްގޮތުން އަސްކަރީ ތައްޔާރީތަކަށް ބުރޫ އަރާނެ ކަމަށް އިޒްރޭލުގެ ދިފާއީ އިދާރާއިން ގަބޫލުކުރާ ކަމަށް

އިޒްރޭލު ސަރުކާރާއި އެމެރިކާގެ ސަރުކާރާ ދެމެދު އޮތް ގުޅުން ހީނަރުވަމުންދާތީ އޮފިޝަލުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ޝިޕްމަންޓްތައް ބްލޮކް ކުރުމުން ދެ ގައުމުގެ ގުޅުން ބަދަލުވާނެ ކަމުގެ އިޝާރާތެއް ލިބޭ ކަމުގެ އިންޒާރު ވެސް އޮފިޝަލުން ދެއްވި

11:23

އީރާނުގެ މިނިވަންކަމަށް ނުރައްކާވެއްޖެނަމަ ނިއުކްލިއާ ބޮން ތައްޔާރުކުރާނެ ކަމަށް އީރާނުން ބުނެފި

ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް އީރާނުގެ އަސްކަރީ ސްޓޭންޑް ބަދަލުކުރަން ޖެހިދާނެ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރުގެ އެޑްވައިޒަރަކު ވިދާޅުވި

އީރާނުގެ ސްޓޫޑެންޓް ނިއުސް ނެޓްވޯކުން ބުރާސްފަތި ދުވަހު ކަމާލް ޚަރްރާޒީ އާ ހަވާލާދީ ބުނެފައި ވަނީ ނިއުކްލިއާ ބޮމެއް އުފައްދަން ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އީރާނުގެ ދެމިއޮތުމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އަސްކަރީ ޑޮކްޓްރިން ބަދަލުކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް

2000 ގެ އަހަރުތަކުގެ ކުރީކޮޅު އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކޮށް ފަތުވާއެއް ނެރުއްވައި، އެއީ "ހަރާމް" ނުވަތަ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ އެއްޗެއް ކަމަށް ވިދާޅުވެފަ

10:48

އިޒްރޭލުގެ އަސްކަރިއްޔާއިން ބޯޑަރު ބަންދުކޮށްފައި ހުރުމުން ރަފަހްގެ ކުޑަކުދިން މަރުގެ ތުންފަތްމަތީގައި

އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ނެރުނު އެންމެ ފަހުގެ ރެޕިޑް އެސެސްމަންޓް ރިޕޯޓުގައި ބުނެފައި ވަނީ އިސްރާއީލުން ރަފާ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ޣައްޒާއަށް ފުރާނަ ސަލާމަތްކޮށްދޭ އެހީތަކާއި އެހެނިހެން އެހީތައް ވަނުން ހުއްޓިފައިވާ ކަމަށް

އަންގާރަ ދުވަހު އިސްރާއީލުގެ ޓޭންކުތަކުން ފަލަސްތީނުގެ ރަފަހް ބޯޑަރ ކުރޮސިންގް ސަރަހައްދު ހިފުމާ ހަމައަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 48 ރިލީފް ޓްރަކާއި 166،000 ލީޓަރުގެ ޑީސަލް ޣައްޒާއަށް ވަދެފައިވާ ކަމަށް އދގެ ރިޕޯޓުގައި ފާހަގަކޮށްފައިވޭ

އދ.ގެ ރިޕޯޓުގައި ބުނެފައިވަނީ ރަފާ ކްރޮސިން މެދުވެރިކޮށް އިންސާނީ މުހިންމު ތަކެތި އެތެރެވުން ހުއްޓުވުމާއި، ހަމަނުޖެހުންތައް ދެމިއޮތުމުގެ ސަބަބުން ކާބޯތަކެއްޗާއި ނިއުޓްރިޝަންގެ ޚިދުމަތްލިބުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް

09:54

ޓްރިނިޓީ ކޮލެޖް ޑަބްލިންގެ ދަރިވަރުން ޑިސްއިންސްޓޭޝަން އެގްރީމެންޓަށް ފަހު ޣައްޒާގެ މުޒާހަރާ ނިންމާލައިފި

އަޔަލޭންޑްގެ ވެރިރަށް ޓްރިނިޓީ ކޮލެޖުގެ ދަރިވަރުން ގެ މުޒާހަރާ ނިމުމަކަށް ގެނެސް، އިސްރާއީލާއި އެކު ހަދާފައިވާ މާލީ އެއްބަސްވުން ތަކުން ވަކިވާން ގޮވާލި ޑިމާންޑްތައް އެ ޔުނިވާސިޓީގެ ލީޑާޝިޕުން ފުރިހަމަކުރުމުން ފަލަސްތީނުގެ ހައްޤުގައި ދަރިވަރުން ކުރި މުޒާހަރާތައް ވަނީ ރޫޅާލާފަ

ޓްރިނިޓީ ކޮލެޖު ޑަބްލިންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނީ ޔުނިވާސިޓީގެ ސީނިއާ މެނޭޖްމަންޓާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު "ކާމިޔާބު މަޝްވަރާތަކެއް" ކުރުމަށް ފަހު "އެއްބަސްވުމަކަށް އާދެވުނު" ކަމަށް

ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސް އަދި މުޒާހަރާތައް އިންތިޒާމްކުރާ ލަޒްލޯ މޮލްނާރްފީ ވިދާޅުވީ އެ ޔުނިވާސިޓީގެ ބަޔާނަކީ ގްރާސްރޫޓް ސްޓޫޑެންޓް-ސްޓާފުންގެ ބާރު ދައްކުވައިދޭ ވާހަކައެއް ކަމަށް

ސީއެންއެެންއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބައިޑަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފުރަތަމަ ފަހަރަށް އެމެރިކާއިން ފޯރުކޮށްދޭ ބޮންތައް ބޭނުންކުރުމުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުން ޝަހީދުވަމުންދާ ކަމަށް އެއްބަސްވެފައެވެ. އަދި އިސްރާއީލުން އާބާދީ ބޮޑު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ގޮތުން ވެސް އާންމުން ޝަހީދުވާ ކަމަށް އޭނާ އެއްބަސްވިއެވެ.

މިއީ އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުގެ ސަބަބުން ޣައްޒާގެ އާންމުން ޝަހީދުވަމުންދާ ކަމަށް އެމެރިކާއިން އެއްބަސްވި ފުރަތަމަ ފަހަރެވެ. އަދި މިއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގައި އެމެރިކާއިން ކުޅެމުންދާ ރޯލަށް ވެސް އަމިއްލައަށް އެއްބަސްވުން ކަމަށް ބައެއް މާހިރުން ދަނީ ބުނަމުންނެވެ.

ބައިޑަން ވިދާޅުވީ، އިސްރާއީލުން ރަފާހްއަށް އަރައިފި ނަމަ އެމެރިކާއިން އެ ގައުމަށް ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލާނެކަން ވަރަށް ސާފުކޮށްދީފައިވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށްދިނިން، އެ މީހުން ރަފާހްއަށް އަރައިފި ނަމަ، އަދި އެ މީހުން ރަފާހްއަށް ނާރާ، އެ މީހުން ރަފާހްއަށް އަރައިފި ނަމަ މި މައްސަލައާ ގުޅިގެން އިސްރާއީލަށް ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލާނެ ކަމަށް،" ބައިޑެން ވިދާޅުވިއެވެ.

އެމެރިކާއިން ޒަމާނުއްސުރެ އިސްރާއީލަށް އެންމެ ޒަމާނީ އަސްކަރީ އާލާތްތައް ފޯރުކޮށްދެއެވެ. އަދި އޮކްޓޯބަރު ހަތެއްގެ ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އެމެރިކާއިން ދަނީ އާޓިލަރީ ޝެލްތަކާއި ބޮންތައް ފޯރުކޮށްދެމުންނެވެ.

އިއްޔެ އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ވެސް ވަނީ އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުނުކޮށް ރަފާހްއަށް އަރާފާނެތީ، ބޮމުގެ ޝިޕްމެންޓެއް ނުފޮނުވައި އެމެރިކާއިން ލަސްކުރިކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އޭނާ އަދިވެސް ވިދާޅުވަނީ، އިސްރާއީލުން އަމިއްލައަށް ދިފާއުގައި މަސައްކަތް ކުރުމުުގެ ހައްގަށް އެމެރިކާއިން ތާއީދުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބަލަގަ ބައިޑެންއެއްނޫންތަ އެތަންތަން ސުންނާފަތި ކުރަން ތިޔަ ހަތިޔާރު ބިލިޔަން ޑޮލަރުން ދެނީ.

  2. ހިތިވާނެ

    އީރާނުންވެސް އޮއްޓަރެއްހުރި ހަމަލާއެއްދީބަ އިޒްރޭލައް
    އަހަންނައް އިނގޭ އީރާނުގެ އަސްކަރީބާރުގެ ހުންނާނެ ކަން ތިގާބލުކަން އިޒްރޭލްގެ ހުރިހާ ސިޓީއެއް 5 ދުވަހު އެތެރޭ ބިމާހަމަކުރުމުގެ ކުޅަދާނަކަން

    10
    1