ފެލިވަރުގެ ބިންހިއްކުމާއި ބަނދަރު ފުންކުރުން ގާތްގަނޑަކަށް ނިމިފައިވާކަން ހާމަކޮށްފިއެވެ.

އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ ފެލިވަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުމުގުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފެލިވަރުން ހަ ހެކްޓަރުގެ ބިން ހިއްކައި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ފެލިވަރުގެ ސައިޓަށް ގެންގޮސްފައެވެ.

މި މަޝްރޫއުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    މި ސަރުކާރުން ކުރާކަންކަން ހުންނަނީ ގާތްގަނޑަކަށް ނިމޭތަންތަނާޢި ، ޕަސެންޓޭޖުން ނިމޭތަންތަނާޢި، މަސައްކަތް ހަވާލުކުރަން ތައްޔާރުވާތަނާޢި، އިވަލުއޭޝަން ސްޓޭޖްގައި ނިމޭތަންތނާޢި ، ފަހުގެ ތާރީޚެއްގައި ނިމޭނެ ތަންތަނާއި މިހެންގޮސް ކިޔާނެކަމެއްނެތެވެ. ފެނުން މަތީގައި ކުރާކަމެއް ފެންނާކަށޭއްނެތެވެ.