މި ރޯދަ މަހު މާރުކޭޓް ސަރަހައްދު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ފަސް ގަޑިއިރަށް ބަންދު ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޯދަ މަހު މާރުކޭޓް ސަރަހައްދު ވަރަށް ބާރުބޮޑުވެއެވެ. ހާއްސަކޮށް މާރުކޭޓަށް ތަކެތި ގަންނަން ދާ ފަރާތްތައް ގިނަވުމާއެކު، އެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރާއެކު، އެ ސަރަހައްދުން އާއްމުންނަށް ހިނގާބިގާވެ އުޅެންވެސް އުނދަގޫވެއެވެ.

ފުލުހުން ވިދާޅުވީ، ‏މާރުކޭޓު ސަރަހައްދުގެ ޓްރެފިކް މެނޭޖްކުރުމަށްޓަކައި ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ 13:00 އިން 18:00 އާ ހަމައަށް އެ ސަރަހައްދު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރެވޭނެ ކަމަށެވެ.

"މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަން". ފުލުހުން ވިިދާޅުވިއެެވެ.

ފުލުހުން އާއްމުކޮށްފައިވާ ފޮޓޯއަށް ބަލާއިރު، ބޮޑުތަކުރުފާނު މަގުން ވަކި ސަރަހައްދެއް ބަންދު ކުރުމަށް ނިންމާފައި ވެއެވެ. އަދި ވަކިވަކި މަގުތަކުން ބޮޑުތަކުރުފާނު މަގަށް އަރަން އޮންނަ ތިން ގޯޅިއެއްވެސް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަރީމްބެ

    މުދާ ގެއްނަ އުޅަދު ފަހަރު ހުޅުމާލެ އަށް ގާތް ކުރެވޭ ގޮތަށް ހަދަނި ކޮށް އެއީ ހައްލު

  2. ސަރީފް

    ބާޒާރު ފިހާރަ ތައް މުދާ ގެންދަންވީ ދެން ކިހިނެއްތޯ؟؟؟ މަސްލަހަތު ކޮބާތޯ؟؟؟