ފުލުހުން ޓޯ ކުރި 28 ވެހިކަލެއްގެ ވެރިފަރާތް ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ގެޒެޓްކުރި އިއުލާނެއްގައި ބުނެފައި ވަނީ 28 އުޅަނދެއް ޓޯ ކުރީ މާލޭގައި ގަވައިދާ ހިލާފަށް މަގުމަތީގައި ފާކް ކޮށްފައި ހުރުމުން ކަމަށެވެ.

ފުލުހުން ޓޯ ކޮށްފައި ވަނީ:

1 ވޭނު

17 ކާރު

10 ސައިކަލު

އެ އުޅަނދުތައް ފުލުހުން ޓޯ ކޮށްފައިވަނީ މާލޭގެ ހަ ސަރަހައްދަކުންނެވެ.

ފުލުހުން ބުނީ އެ އުޅަނދުތަކުގެ ވެރިފަރާތުން މިއަދުން ފެށިގެން ހަ ދުވަހު ތެރޭގައި އެ އުޅަނދުތައް ގެންދިއުމަށެވެ.

އެ މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ އުޅަނދުތައް ގަވައިދުގެ ދަށުން ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ގުޅޭނެ ނަންބަރު ތައް ހުންނާނެ އެވެ. ޓޯ ކުރާ އިރު ސައިކަލް ހުންނަނީ ރަނގަޅަށެވެ. ނީލަމުގަ ވިއްކާ ލާ އިރު ހުންނަނީ މައިގަނޑު އެކަންޔެވެ.

  2. Anonymous

    ތިހަލާކުނުކޮއް އަހަންނައް ދީބަލަ، ލާރި ބޭކާރު ކުރަނީ ދޯ އެއްޗެއް ނުލިބޭ އިރުގަވެސް.