ހުޅުމާލޭގައި ވަޅިއަކުން ހަމަލާދިން ޒުވާނެއްގެ ހާލު ސީރިއަސް ވެގެން ފަރުވާދެމުން އެބަގެންދެއެވެ. އޭނާގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަނީ ވަޅި ހަރާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ވަޅި ޖެހުމުން ޒަހަމްވި ޒުވާނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިރޭ 21:30 ހާއިރުއެވެ.

ޒަހަމްވެފައި ވަނީ 24 އަހަރުގެ ޒުވާނެކެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ޒުވާނާ އައިޖީއެމްއެޗަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

އިތުރު ތަފްސީލެއް އެކުންފުނިން އަދި ނުދެއެވެ.

ހުޅުމާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ކަށަވަރުކޮށްދެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޙްމަދީ

    ހަލަބޮލިކުރެވޭނޭ ގޮތެއް ނެތުމުން އަލުންވެސް ޤަތުލުތައް ކުރަން ފެށި! ކިޔާނޭ ޚަބަރެއް ނެތުމުން ޚަބަރެއް ހަދަން ހޯދި ފުރުޞަތެއްމީ! މިއީ ތިކިޔާ އިދިކޮޅު ގންޑާއިންގެ ކަމެއްކަން ޔަޤީން!

    • ޢަހަންމާ

      މައުމޫންގެ ގަދަ 30 ނިންމަން ވެސް އެމްޑީޕީ އިން ހަމަ ކަންކުރީ މިހިނެއްނުން.

    • ޢަހުމަދު

      ޙަމަ ސީދާ ލާރި ދީގެން ޔާނުމެން ކުރާނެ ކަމެއް

  2. މަރީ

    އަވަހައް މާފް ކޮއްލާ،

  3. ހުސަންދީދީ

    ސަރުކާރަށް ނިސްބަތްވާ ބޭފުޅަކު މާލޭގެ މަގުތައް އަމާނޭ ބުނާއިރަށް އިދިކޮޅުން ނާމާންކަން ނިކުންނާނެ. ޔާ ﷲ! މިނުބައި އަމަލުގެ އަޑީގައި ތިބި ބަޔަކު ނިކަމެތި ކުރައްވާ ފަޟީޙަތް ކުރައްވާފާނދޭވެ!

    • ޢަހަންމާ

      ކީއްކުރާނީ އިދުރީސް ބޮޑޭޔަށް ތިވާހަކަ ތަށް ހަޖަމް ނުވެގެން އުޅެނީ. ޢެސޮރު ޅައީޔޭ ހަމަ.

  4. ދިވެހި ދަރިއެއް

    މިއީ މާލޭގައި ކުރިން ހިގާ މާރާމާރީ ހުޅުމާލެއަށް ވެސް އައިސް ނުރައްކާވެފައިވާ ކަން ހާމަކޮއްދޭ ހަމަލާ ސިލްސިލާތަކުގެ ތެރެއިން ހަމަލާއެއް. މިކަމާ ފިޔަވަޅު ނާޅާ އެއްވެސް ބަޔަކު ކެންޕޭން ކުރުމުގެ ބޭނުމެއް ނެތް. ބޭނުން ވަނީ ރައްކާތެރިކަމާއި އަމާން ވެއްޓެއް.

  5. ޙަސަން

    ގޭގުތަކުގެ އަތްދަށުވެފައި ފުލުހުންނާއި ސަރުކާރު މީ އަންނި ކޮށިމަގު އަދި މިސަރުކާރަށްވެސް މުޅިން ބަންދު ނުކުރެވިމިވަނީ

  6. މ

    ހޯދާ ހައްްޔަރު ކުރެވެނީ ވަކިބަޔަކު ،