ސިނަމާލެ ބުރިޖްގެ މަސައްކަތާ ގުޅިގެން މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ދާތީވެ އެމަގުތަކުގައި އުޅަނދު ފަހަރު ޕާކް ނުކުރުމަށް ހައުސިންގް މިިނިސްޓްރީ އިން އިލްތިމާސްކޮށްފިއެވެ.

ހައުސިންގް މިނިސްޓުރީއިން ނެރުނު އިއުލާންގައި ވިދާޅުވީ މިދުވަސްވަރަކީ މަގު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ދުވަސްވަރަކަށް ވާތީ، ބަންދު ކޮށްފައިވާ ސަރަހައްދުގައި މިއަދުން ފެށިގެން އެއްވެސް އުޅަނދެއްގައި ނުދުއްވުމަށާއި ޕާކް ނުކުރަން އަންގާ ކަމަށެވެ. އެ ސަރަހައްދުގައި ޕާކް ކުރާ ވެހިކަލްތައް އެތަނުން ނަގަމުންދާނެ ކަމަށާއި ވެހިކަލްތައް ނެގުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ހައުސިންގް މިނިސްޓުރީއިން ފެށި މަސައްކަތުގެ ދަށުން އިންޑަސްޓުރިއަލް ވިލެޖުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލްއާ ހަމައަށް ތާރު އަޅާ މަގު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހައުސިންގު މިނިސްޓްރީ އިން ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލޭ ރިންގް ރޯޑްގެ މަސައްކަތް ނިމޭއިރު މަގު ފުޅާކޮށް ހަތަރު ލޭނަށް ދުއްވޭގޮތަށް މަގު ތަރައްގީ ކުރެވިގެން އަންނާނެއެވެ. އަދި މަސައްކަތްނިމިގެންއަންނައިރު 450 އެއްހާ ހިޔާދޭ ގަސް އިންދުމަށް ހަމަޖެހިފައި ވާކަމަށް ވެސް މިނިސްޓްރީ އިން ވިދާޅުވެފައިވެއެވެ.

އަންނަ މަހު ބްރިޖް ހުޅުވުމަށް ސަރުކާރުންވަނީ އަމާޒްހިފާފައެވެ. ބްރިޖް ހުޅުވެން ވާއިރަށް މާލޭ ރިންގް ރޯޑްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ސަރުކާރުން ކުރިން އޮތީ ވިދާޅުވެފައެވެ. އެ މަސައްކަތުގެ ސުޕީޑްހަލުވި ކުރުމަށް ޖަލުގައި ތިބި ބައެއް ގައިދީންވެސްއަންނަނީ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވަމުން ނެވެ.