އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނ. މަނަދޫގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުގެ އަށް މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގާ މި ޕްރޮޖެކްޓްގައި މަނަދޫގައި ބައިނަލްއަގްވާމީ ފެންވަރަށް ފެތޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން، ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިސްޓާރ ޓޭ

    އިންޑިޔާގެ އެހީގައި ވީީ އިންޑިޔާގައި އުޅޭ މުސްލިމުންގެ ގެތަކާ، ވިޔަފާރި ކުރާތަން ތަނައް ދިން ގެއްލުމުގެ ބަދަލު ދޭން. ރާއްޖެ ތަރައްގީ ކުރެވޭނި މިތާ އުޅޭ ކޮރަޕްޓް މީހުން ނައްތާލައިގެން.

    12
  2. ޙަދިސައިބު

    ޢިންޑިޠަގެ މުސްލިމުންނަށް ދިރިއުޅެވޭނެ ގޮތްހަދާދީ މުސްލިމުން ނުމަރާ

    12
  3. ހުސޭނުބޭ

    މަނަދޫ މީހުން ބައިނަލްއަގުވާމީ ގުބޯހެއްދުމެއްގެ ތެރޭގައި

    3
    1