ސަރުކާރަށް، ސަރުކާރުން ހީކުރާވަރުގެ ތާއީދެއް ނެތް ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއިއެކު ރައީސް ނަޝީދަށް ތާއިދު ކުރާ މެންބަރުންނާއި ރައީސް ސޯލިހަށް ތާއިދު ކުރާ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެފައި ވަނިކޮށް ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ "އަޅުގަނޑަށް ހީވަނީ 50 ޕަސެންޓް އަށް ވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ. ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް." ކަމަށެވެ.

ސަރުކާރަށް ފަހަކަށް އައިސް ހުދު ރައީސް ނަޝީދު ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ރޭ ވެސް އެމަނިކުފާނު ވަނީ އެފާޑުވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިފްކޯގެ ކަންތައް ނުކުރެވި އެމްޑީޕީ ސިޔާސަތުގެ ރަށްރަށު މަސް ޕްލާންޓްސް ވެސް ނުހެދުނު ކަމަށެވެ.

ލޯނުތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ އަށް އިޝާރާތްކޮށް ރައީސް ނަޝީދުގެ އިތުރު މެސެޖެއްގައި ވިދާޅުވީ މި ހިނގަނީ ވަރަށް ގިނަ ފައިސާ އަނބުރާ ދައްކަން ޖެހޭ އަހަރެއް ކަމަށެވެ. އަދި ވަރަށް ރިސްކު ބޮޑު އަހަރެއް ކަމަށާއި ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަރުކާރުން ބަލާ ނުލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރަށް ތާއީދު ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވިދާނެ ކަމަށް މިހާރު ވެސް ރައީސް ނަޝީދަށް ތާއިދު ކުރައްވާ މަޖިލިސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އާދަނު

    2023 ކާމިޔާބު ވެދާނެތީ މަނިކުފާނު އިސްވެ ހުންނަވައިގެން ތި ތެޅި ފޮޅި ވަޑައިގަންނަވަނީ. އެމްޑީޕީ ވެރިކަމެއްގަ މަނިކުފާނު އިދިކޮޅަށް ކުޅުއްވާތަން ފެނުމުން މަނިކުފާނުގެ ހަގީގީ ސިފަ އެންމެންނަށް ވ ރަނގަޅަށް ސާފުވެއްޖެ. 2023 ކާމިޔާބު ނުވާނީ މަނިކުފާނުގެ ސަބަބުން.

    18
    11
    • Happy 1234567

      ނަގޫ ގޮއްޖެހޭނީ މި ބޭފުޅުން މިބޭފުޅުންނާ😅😂🤣

  2. ނޭންގޭ

    އިދިކޮޅު ލީޑަރު، ބަސްބުނެފި. މި އަންނި އަށް ވުރެން ތާއިދު ބޮޑުކަމަށް ފެންނަނީ. މަޖިލީހުގެ ރައީސްގެ ގޮނޑިގައި އިދެ ވެރިކަމަށް ބޫތުކައިގެން އެކަން ނުލިބުނީމަ ސަރުކާރަށް ޖެއްސުން ކުރަނީ.

    13
    7
  3. ބާބޫ

    ނަގޫ ގޮއްޖެހޭނީ ތިމާ މެންނާއި ތިމާމެން. ވެރިކަމާއި ހެދި ބޫތުގަނެ، ލަނގޮޑީގައި ނާށި ލީމަ ވާނީ ތިހެން. އިމްތިޔާޒުއާއި އީވާ އާއި ވައްްޑޭ ، ކެރަފާ ނަޝީދަށް ވެރިކަން ދެއްކިޔަސް ކަލެއަކަށް ދެން ރާއްޖޭގެ ވެރިކަމަށް ނާދެވޭނެ. އިންޝާﷲ.
    ދެން ޖެހޭނީ ހަމަ ތުންފަތު ދޫހާކާލަ ހާކާލާ ހުންނަން. ކަލޭ ކަހަލަ ލާދީނީ ބުރާންޗަކު ވެރިކަމަށް ގެންނަވަރަށް ވުރެ ދިވެހިންގެ ވިސްނުން މާ ތޫނުވާނެ.

    15
    4
  4. ބިޒް

    ތެދެއް މަވެސް މިހާރު އަނެއްކޮޅަށް މާސުލޯ ވީމަ ހައުސިން ޔުނިޓް ގަނޑެއްވެސް ނޭޅޭތީޔާ އެއްކޮށް

    32
  5. ޒަބީބު

    ނަޝީދު ތިޔަ އުޅުއްވަނީ ތަންކޮޅެއް ފަހަތުގަ. ސަރުކާރަށް ތާއީދު އޮތް މިނވަރަކާއި ނެތް މިންވަރެއް އެނގޭނީ އިންތިޚާބަކަށް ނުކުތީމަ. އެކަމަކު އަހަރެމެންނަށް އެނގޭ ކަމަކީ ރައީސް ސޯލިހަކީ ނަޝީދުހެން ވަހުމަށް ބިނާކޮށް ކަންކަން ކުރާ މީހެއް ނޫންކަން. ރައީސް ސޯލިހް ކަންކަން ކުރައްވަނީ ރޭވުންތެރިކަމާއި ހިކްމަތްތެރިކަމާއިއެކު. އެއިގެ ހެއްކަކީ ރައީސް ސޯލިހުގެ ޚާރިޖީސިޔާސަތާއި ޚާއްސަކޮށް އިގްތިސޯދީ ސިޔާސަތުގެ ހަރުދަނާކަން. އެގޮތުން ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަންނަ އާމްދަނީ އެއްކޮށްހެން ހުއްޓިފައި ވަނިކޮށް އެދަތި ވަގުތު އިގްތިސޯދު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި:

    1- އިގްތިސޯދުގެ އެންމެ މުހިއްމު އެއް ތަމބު ކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔާފާރިތައް ބަނގުރޫޓް ވިޔަނުދީ ނެގެހެއްޓުމަށާއި މުއައްޒަފުންގެ ވަޒީފާތަކާއި މުސާރަ ދެމެހެއްޓުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ޕާޓީކުދިންނާއި އަނެކުންނާއި ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ދޫކުރި ލޯން ތަކުގެ ސަބަބުން ދުވެލި މަޑުނަމަވެސް އިގްތިސޯދު ދެމެހެއްޓުނު.
    2- ހަމަ އެހެންމެ ބޭރުޤައުމުތަކަށް ދައްކަން ޖެހިފައި އޮތް ލޯންތައް ދެއްކުމުގައި ލުއި ހޯދުމުގައި ސަރުކާރު ވަރަށް ކާމިޔާބު. ސަރުކާރުން ލެންޑަރުންގެ (އެކުވެރި ޤައުމުތައް) އިތުބާރު ހޯދި. އެކަން ކުރެވުނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމުގެ ސަބަބުން އަދި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތާއި ފިސްކަލް އަދި މަނިޓަރީ ސިޔާސަތު ހަރުދަނާވުމުން ލެންޑަރުން އިތުބާރު ބޮޑުވުމުން.
    3- ކޮވިޑްގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އަސްފައި ވަނިކޮށް ދިވެހިރާއްޖޭގެ ޖޯގްރަޕީގެ ފައިދާ ނަގައި ފަތުރުވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށްޖެހުމަށް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިއްމައި ސަރުކާރުން އެޅި ވަރަށް ކެރޭ ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުނު. އެގޮތުން 2021 ވަނަ އަހަރު ނިއްމާލީ ޕެންޑަމިކްގެ ކުރީގެ ރެކޯޑު މުގުރާފައި. މީގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސޯދަށް ޕެންޑަމިކްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް އެތައް ގުނައެއް ފަސޭހަ ވެގެން ދިޔަ.
    4- ފޮރިން ކަރަންސީ ރިޒާރވް ޑިޕްލީޓް ވިޔަ ނުދިނުމަށް އެޅި ފިޔަވަޅުތައްވެސް ވަރަށް ހަރުދަނާ. ތެދެއް ކޭޝްކާޑުގެ ވިތްޑްރޯވަލް ލިމިޓް ކުޑަކުރުމުން ޤައުމަށް ވަންނަ ފޮރިން ކަރަންސީ އެހެންނިހެން ޤައުމަކަށް ތަޅާ ހުސްކުރަމުން ދިޔަ ބޭރުޤައުމުތަކުގައި ލަގްޒަރީ ދިރިއުޅުން ދިރިއުޅޭ ބިންވެރިންނަށް ކޮންމެވެސް ވަރެއްގެ ވަގުތީ ތަކުލީފެއް ކުރިމަތިވި. އެހެން ނަމަވެސް އިންފްލޭޝަން ކޮންޓްރޯލް ކުރެވި ޑޮލަރުގެ އަގު ބޮޑު ނުކޮށް ހިފެހެއްޓުނު އަދި ޤައުމު ބަނގުރޫޓް ނުވެ ދެމެހެއްޓުނު.

    ވީމާ ކަންކަމާއި ވިސްނާ ފިކުރުކުރާ އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން އަހަރެން ސަރުކާރުގެ މިކަމީއާބީ އަށް ރައީސް ސޯލިހް އާއި ވަޒީރުންގެ މަޖިލީހަށާއި އަދި ކޯލިޝަންގެ ޕާޓްނަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. އެއީ ސަރަހައްދުގެ އަވައްޓެރި އެހެން ޤައުމުތައް މިއަދު އޮތް ހާލަތަ ނުގޮސް ދިވެހިރާއްޖޭގެ އިގްތިސޯދު ލިބޭއެއްޗަކުން މެނޭޖް ކޮށްގެން ދިވެހިރާއްޖޭގެ ފޮރިން ކަރަންސީ ރިޒަރވް ދަމަހައްޓައި ނަގަހައްޓަވައި ދެއްވީތީ.

    ވީމާ ނަޝީދު ކޮންމެހެން ރައްޔިތުން ބިރުދައްކައިގެން ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ފުނޑާލަން މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. އެއިރު ލޯންތައް ދެއްކުމަށް ހޯދި ލުޔާއިއެކު މިއަދު ޤައުމަށް ވަންނަ ޢާމްދަނީއަށް ބިނާކޮށް ކޭޝްފްލޯ މެނޭޖް ކޮށްގެން ލޯނުތައްވެސް ﷲގެ އިރާދަފުޅާއި އެކު ރައީސް ސޯލިހުގެ ސަރުކާރުން ދައްކާނެ ކަމުގެ ފުރިހަމަ ޔަޤީނަކްން އަހަރެމެންނަށް އެބައޮތް.

    7
    18
  6. ހަސަނާ

    އެމްޑީޕީ އަކަށް ވެސް ތާއީދެއް ނެތް.ނަޟީދަކަސް ނެތް

    44
    4
  7. އިދްރީސް

    މަވެސް ނުކުރަން މިސަރުކާރަށް ތާއީދެއް
    މިއީ ކޫޑި އަޅާފައި އޮތް ސަރުކާރެއް

    25
    2
  8. ކަހުރަބު

    ލާދީނީ ބައި ގަނޑު ފެއިލް ވީމަ 2 ބައެކޭ ފަޅޮލޭ ކިޔާފަ އާއްމުން ހައްދަން ހަދައިގެން އުޅޭ 2 ފެކްޝަން ތީ ތި އެންމެން ފެއިލްޑް

    27
    1
  9. ހެެ

    މީމީނަގެ އެޖެންޑާއަކީ ، މިހާރު އިބޫ ވެރިކަމަަށް ކުރިމަތިލާފާނެތީ ، އެމްޑީޕީ ހަރާބޮށްގެން މީނަ ރިޔާސީ ޓިކެޓް އަތުލަން މިއުޅެނީ ، އަސްލު ފައްޔާޒަކީވެސް މީނަގެ ކަމެއްކަމަަށްވާނީ ، އުފަންވީވެސް ވެރިކަމާއި ތޮޅޭ އާއިލާއަކަށް ، އެހެންވީމަ ވާނީ އެޔަށް ، ރައްޔިތުން ވިސްނާބަލަ

    6
    5
  10. Anonymous

    އަސްލު ތާއީދު ނެތީ ލާދީނީ މީހާއަށް. ލާދީނީ މީހާ އެމްޑީޕީގައި އުޅޭތީ އެމްޑީޕީއަށް ވެސް އޮންނަ ތާއީދު ކުޑަވަމުންދަނީ. ލާދީނީ މީހާ ކާފިރުންގެ ތެރެއަށް ގޮސް އިސްލާމްދީނުގައި އޮތް ގޮތް ނޫން އެހެން ގޮތެއް ހޯދަން އުޅުނީ ކުރިން ވެސް. އެކަން ދިވެހިން ހަނދާން އެބަހުރި. އެހެންވެ ލާދީނީ މީހާއަށާއި އެމްޑީޕީއަށް ތާއީދުނުކުރަނީ. ލާދީނީ މީހާ އުޅެނީ ދަޅަދައްކައިގެން. ޔާﷲ. ލާދީނީ މީހާގެ އަނިޔާވެރިކަމާއި އޭނާގެ ދުލުގެ ނުބައިކަމުން މިރާއްޖޭގެ މުސްލިމުން ސަލާމަތްކުރައްވައިފާންދޭވެ. އާމީން.

    12
    4
  11. ސަޢީދު

    މި ސަރުކާރަކަށް ނޫން އިނގޭތޯ ތާއީދު ނެތީކީ.. ތިބޭފުޅާ އަށް ތާއީދު ނެތީ.. މިހާރު މުޅިން ފޭލްވެފައިވާ މީހެއްވީމާ ދެން ތިކަހަލަ ވާހަކަ ތި ދައްކަނީ.. ތިމާ ނޫން މީހަކަށް ތާއީދު ނޯންނާނެ ކަމަށް ހިތާ ހުއްޓާ މިފެންނަނީ އެމްޑީޕީ ތެރޭންވެސް ތިބޭފުޅާ މުޅިން ފޭލްވެފައި ވާތަން. އެންމެންނަށް ވެސް ޙަޤީޤަތް އެނގެން ފެށީ.. އަސްލު އެނގުނީ.. ބުނެއެއްނު ވަގަކަށް ހާސްދުވަހޭ.. ވެރިއަކަށް އެއް ދުވަހޭ.. އެ ހާސް ދުވަސް މީހުންނަށް ފެނުނީ.. ދެން އިތުރަށް ހެދޭނެ ދޮގެއްވެސް ނެތީ..

    9
    3
  12. ރެއްކާވޭ

    ކަލެއަށްވެސް ނެތް.

    5
    1
  13. އަބްދޫ

    ބަލަގަ ނަސީދާ ކޮންމެރަށަކު މަސްޕްލާންޓެއް ނެހެދޭނެ. އެއި ދިވެހިގައުމަށް ދެވޭ ބޮޑުގެއްލުމެއް.ކޮންމެ މއޭރުން މިފްކޯ އިތުރަށް ބަގުރޫޓް ވާނެ. އޭރުން ސަފާޜީ ޓްވާސްއާއި ދިވެހިމމޭސްތެރި ވަޑާންގެއަށް ވީހެންވެދާނެ. މީހުންގެ ބޯކާން ވެވޭ ރިޔާސީ ވައުދު ނުފުއްދޭނެކަން ދަންނަން ޖެހޭނީ ރައްޔިތުން ރައްޔިތުން ހޭލުންތެރިވާންޖެހިއްޖެ. މަހުގެ ހަމައަގު ބުނެދޭން ނޭގިގެން ނަސީދު އުޅުއްވާތާ މިހާރު 18 އަހަރު ވެއްޖެ. ވެރިކަން ލިބުމުންވެސް މަހުގެ ހަމައަގު ބުނެދޭންނޭގުނު.ވީއިރު ނަސީދަށް ތާއީދު ކުރާނީ ކާކު.ނަސީދުގެ 18.5 ބިލިއްނގެ ދަރަނިންނާއި ހަރުމުދާވިއްކާ ލިބުނު ފައިސާއިންނާއި އަތޮޅާއި ރަށް ރަށުގާހުރި ރައްޔިތުންގެ ފައިސާ އިންނާއި ހުޅުމާލޭން ގޯތި ބަހައިގެން ނާޖާއިޒް ފައިދާލިބުނު ފަރާތްތައް ނަސީދު ފަހަތުން ނުފިލިއަން އެހެން މީހުން ނަސީދަކަށް ތާއީދު ނުކުރާނެ.

  14. ވާނުވާ

    ހަމަ 50 ޕަސެންޓް ބޮޑުވެ އެެއަދަދު ދަށް ކުރަން ޤާނޫނަށް އިސްލާޙް ގެންނަން ޖަހާ މަޅި، ބުއްޅަބެ އަކީ މަކަރާއި ހީލަތް ދަންނަ އިންސާނެއް

    5
    1