އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން އިންޑިޔާގެ މުސްލިމުންނަށް މި ރަމަޟާންމަހުގެ ތެރޭގައިވެސް ލާއިންސާނީ އަނިޔާ ކުރަމުންދާތީ ދިވެހި ސަރުކާރުން މުސްލިމުންގެ ދިފާއުގައި ބަސް ބުނަން ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ އަށް ފުރުސަތު ދެއްވަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައި ގަތުމާއި ގުޅޭ ގޮތުން ވޯޓަށް އަހަނީ މަޖިލީހުގެ ތަޅުމަށް އެމައްސަލައެއް ހުށަހެޅުމުގެ ފުރުސަތު މެންބަރަށް ދެއްވުމަށް ފަހުއެވެ. ނަމަވެސް މައްސަލަ ހުށަހަޅުއްވަން ޝިޔާމަށް ފުރުސަތު ނުދެއްވާ ނަޝީދު ވިދާޅުވީ މިއީ ކުއްލި މައްސަލައެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ އަވައްޓެރި ގައުމުތަކުގެ ދާހިލީ ކަންކަމާއި ބަހުސް ކުރަން ފުރުސަތު ދޭން ނުފެންނަ ކަމަށާއި އެއީ މަޖިލީހުގެ ގަވައިދު ވެސް ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

ޝިޔާމް ހުށަހެޅުއްވަން ނިންމެވި މައްސަލައިގައި އިންޑިޔާގެ އުއްތަރަ ޕްރަދޭޝާއި މަދްޔަ ޕްރަދޭޝާއި ގުޖުރާތު ފަދަ ސްޓޭޓުތަކުގައި އެތައް ސަތޭކަ މުސްލިމް ޢާއިލާތަކާއި ވަކިވަކި މުސްލިމުންނަށް އަނިޔާކޮށް، މުސްލިމުންގެ ގެދޮރަށް ގެއްލުންދީ، ސުންނާފަތި ކުރަމުން ގެންދާތީއާއި، މުސްލިމުން ކުރަމުންދާ ވިޔަފާރިތައް ހަލާކުކޮށް ފިހާރަތަކަށް ބޮޑެތި ގެއްލުންދީ ބުލްޑޯޒަރު ބޭނުންކޮށްގެން މުސްލިމުން ދިރިއުޅެމުންދާ ތަންތަން ބިމާހަމަކޮށް މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑާ ގެއްލުން ދިނުމުގެ ގޮތުން ހަރުކަށި ހިންދޫ ޖަމާޢަތްތަކުން ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގައި އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ އެކަންކަން ކުރުމަށް ހިތްވަރު ދެމުން ގެންދާ ކަމަށް ވިދާޅުވެފައި ވެއެވެ.

މުސްލިމުންގެ ޙައްޤުތަކަށް އަރައިގަނެ އިންސާނީ ޙައްޤުތަކުން މަޙްރޫމް ކުރަމުންދާ ކަމަށާއި ދިވެހި ސަރުކާރުން މިމައްސަލައިގައި ހަނުއޮތުމުން ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށް ޝިޔާމް ހުށަހަޅުއްވަން މަސައްކަތް ކުރެއްވި މައްސަލައިގައި ވިދާޅުވެފައި ވެއެވެ.

އިންޑިޔާގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުރަމުންދާ އަނިޔާތަކަކީ ދިވެހިން ބަލައިނުގަންނަ ޢަމަލުތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި އިންޑިޔާއަކީ އ.ދގެ ޗާޓަރު ގަބޫލުކޮށް އ.ދގެ މެމްބަރުކަން ބަލައިގެންފައިވާ ސެކިއުލަރ ޑިމޮކްރެޓިކް ގައުމެއްކަމަށް ދައުވާކުރާ ގައުމަކަށްވާތީއާއި، އ.ދގެ ޗާޓަރުގައި ބަޔާންކުރާ އެންމެހާ މާއްދާތަކަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާ ޤައުމަކަށްވާތީއާއި، އިންޑިޔާއަކީ ޔުނައިޓެޑް ނޭޝަންސް ހިއުމަންރައިޓްސް ކައުންސިލްގެ މެމްބަރަކަށްވާތީއާއި، އަދި ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސްގެ ހުރިހާ މާއްދާތަކެއް ޤަބޫލުކުރުމަށް އެއްބަސްވެފައިވާ ޤައުމެއް ކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ސަރުކާރެކޭ އެއްފަދައިން އިންޑިޔާ ސަރުކާރުންވެސް ދެ ޤައުމަކީ އަވަށްޓެރިން ކަމުގައި ގަބޫލުކުރާ ދެ ސަރުކާރުކަމަށާއި މުސްލިމުންނަކީ އަވަށްޓެރިންގެ ޙައްޤުތައް ދިފާޢުކުރަންޖެހޭ ބައެއް ކަމަށް ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވާފައިވާކަން ވެސް ޝިޔާމް ފާހަގަ ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލެވޭވަރު

    އަންނިގެ މާ ކުރީގެ ފޮޓޯއެއް މި ޖަހަނީ އޭނަ ޒުވާންކަން ދައްކަންބާ؟

    22
    1
  2. ޢަހޫ

    ޗައިނާގެ ބޮޑުސަހަރެއް ޖަލަ ކަށް ހަދައި މުސްލިމުންނަށް އަނިޔާ ކޮށް ހަދާއިރު ވަގު ކަލޭގެ އަށް އޯ ކޭ ވަނީ ކީއްވެބާ.

  3. އަޙްމަދު

    ޔުކުރޭނުގެ މައްސަލަ ވައްދަބަލާ! ވަރަށްބާރަށް އެމައްސަލަ ބަލާނެ! މުސްލިމު ޤައުމެއްގެ މުސްލިމް މަޖްލީހެއްގައި މުސްލިމުންގެ ވާހަކަ ނުދެއްކުމަކީ ހިތާމަހުރުކަމެއް!

    10
  4. އިންޑިޔާ އައުޓު

    ޔަހޫދީއަކު މަޖިލީހުގެ ވެރިޔަކަށް ހުރެގެން އިސްލާމުން ގެ ދިފާއުގައި ކޮންމެފަދަގަރާރެއްހުށަހެޅިއަސް އެއަޑަށް ޢަމަލެއްނުކުރާނެ

  5. އަލީ

    އެމްޑީޕީ އަކީ ދިވެހި ރައްޔިތުންގެ ފައިދާއަށް ވެރިކަން ކޮށްދޭ ބައެއްނޫން.

  6. މުޙައްމަދު

    ނުކުރާނެ. ސަމޫދު މަޖިލިހުން ބަލައިގަންނާނީ ޔަހޫދީ ކާފަރު ހުށަހެޅުންތައް. އަދި ވަކާލާތުކޮށް ގާނޫނެއްގެ ސިފައިގައި ނެރޭނީވެސް ކާފަރު ގާނޫން

  7. މާލް

    ބޮއްޅައަށް ނޭނގޭތަ އިންޑިޔާގެ މަޖިލިސްތަކަށް މި ރާއްޖޭގެ މައްސަލަތައް ވައްދާ، ކަނޑައެޅިގެން މިރާއްޖެ ހިފަން ގޮވާލިކަމެއް. ބާތިލް ﷲއަށް ޝަރީކުކުރާ ބުދުދީނުގެ ބައިގަނޑަކަށް ބައިއަތުހިފާ އެމީހުންގެ ދިފާއުގައި ނުކުމެގެން ކާމިޔާބް ވާނެކަމަށް ހީކުރުމުމީ ގޯހެއް. ޢިސާހިތަކު އެފަދަ މީހުން ﷲގެ ކޯފާ އާއި މުސީބާތް ޖެހި މި ބިންމަތީގަ ނިކަމެތި ނުވެ ނުދާނެ

  8. މާމީ

    އިންޑިއާ ކޮންމެ ކަމެއްކުރިއަސް ރާއްޖޭގަ ތިބިވެރިންނައް އެއްޗެއް ބުނާކައް ނުކެރޭނެ...

  9. ރީތި މޫސަ

    ކިހިނެއްތޯ ތިކަމާއެއްޗެއްބުނެވޭނީ ބަޔަކުގެ ދަށުވެ ފިތިފަތިބޭއިރު

  10. މުހައްމާ

    އިންސާނުންގެ އަމިއްލަ އެދުން ހައްދުއް ނައްޓައިފިއްޔާ ލޮލަށް ކަންކަން ނުފެނި ކަންފަތައް ނީވި ދޭ. މި ސަރުކާރުގެ މިސާލަކީ މިއީ