ރާއްޖޭގެ ނެވިގޭޝަން ޗާޓު ވިއްކާލައިގެން ރާއްޖެއަށް 8,278 ޑޮލަރު ލިބިފައިވާއިރު އިންޑިއާއަށް ލިބުނީ 24،834 ޑޮލަރު ކަން ހާމަވެއްޖެއެވެ.

ޗާޓުތައް ވިއްކައިގެން ރާއްޖެއަށް ލިބުނު ރޯޔަލްޓީ ފައިސާގެ ޗެކް އިއްޔެ ވަނީ ހަވާލުކޮށްފައެވެ.

ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރުސަތު ދެ ގައުމަށް ވެސް އޮވެ އެވެ. ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާ އަށެވެ.

އިންޑިއާއިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 35 އިންސައްތަ ކޮމިޝަންގެ ފައިދާއެއް ލިބޭނެއެވެ. އަދި އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި 25 އިންސައްތައިގެ ފައިދާއެވެ.

އެމްއެންޑީއެފްއިން ބުނީ ރާއްޖޭގެ ނެވިގޭޝަން ޗާޓު ވިއްކައިގެން ރާއްޖެއަށް ލިބުނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 އިންސައްތައިގެ ފައިސާ ކަމަށެވެ. އެއީ 8،278 އެވެ. އެހެންކަމުން އެ އަދަދު ޖުމްލަ އަގުން ކެނޑުމުން އިންޑިއާއަށް ލިބުނީ 24،834 ޑޮލަރެވެ.

ރާއްޖޭގެ ނެވިގޭޝަން ސިސްޓަމް ވިއްކައިގެން ޖުމްލަ ލިބުނީ 33،112 ޑޮލަރެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރިން ބުނެފައި ވަނީ ހައިޑްރޮގްރަފީ އަކީ ކަނޑުގެ ސަރަހައްދާއި ބަނދަރުގައި އަދި ކޯސްޓަލްޒޯންގައި ކުރެވޭ އިގްތިސޯދީ އެންމެހާ މަސައްކަތްތަކުގެ ތަނބު ކަމަށެވެ.

އަދި ހައިޑްރޮގްރެފިކް ހިދުމަތުގެ ތަރައްގީއަށް އިންވެސްޓްކުރާ ކޮންމެ ޑޮލަރަކަށް އަނބުރާ 10 ޑޮލަރު ލިބޭނެ ކަމަށާއި މިއީ މުސްތަގުބަލުގައި ވިޔަފާރި އާއި ކޮމާސް ކުރިއަރައިދާނެ ފަދަ ކަމެއް ކަމުގައިވުން އެކަށީގެންވާ ކަމަށް ވެސް ހައި ކޮމިޝަނުން ބަޔާނުގައި ބުނެފައި ވެއެވެ. ހައި ކޮމިޝަނުން ބުނީ މިއީ މުސްތަގުބަލުގައި ވިޔަފާރި އާއި ކޮމާސް ކުރިއަރައިދާނެ ފަދަ ކަމެއް ކަމުގައިވުން އެކަށީގެންވާ ކަމެއް ކަމަށެވެ.

އިންޑިއާއިން ދަނީ 2004 އިން ފެށިގެން ހައިޑްރޮގްރަފީއާ ގުޅޭ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙަނދުކޭތަ

    ސޯލިހުގެ ޖީބައްދޯ އޭތިކޮޅު ވަންނާނީ

    23
    1
    • ސަބަޓް

      އަސްތާ! ހާދަ ބައިވަރު ޑޮލައެކޭދޯ! އިބޫގެ ހުރިހާވައުދެއް މިފަހަރު ފުއްދޭނެތާދޯ!

  2. ބެލެންސު

    ޚަރަދަށް ކަނޑާފަ ދެން ބާކީ އޮންނާނީ 5 ޑޮލަރު ތާ

    21
  3. Anonymous

    200 ޑޮލަރުން ވާނެ ރާއްޖެއަށް.

    24
  4. މީވާ ސަރުކާރެއް

    ނެވިގޭޝަނަލް ޗާޓް ވިއްކާލައިގެން ރާއްޖެއަށް 8،278 ޑޮލަރު ލިބުމާއެކު ސޯލިހު ދިވެހިންނަށް ހައްގުމިންވަރު ހޯދާދީފި އަދި ކިހާމޮޅު ވިޔަފާރިއެއް މިކުރީ ސަރުކާރު ހިންގާ އެމްޑީޕީގެ ހާއިނުންތަށް !!!!! އިންޑިޔާ އައުޓް

    40
    1
  5. ކޮރަލް

    ތިޔަ ޗާޓް ތައް ދިވެހީންނަށް ގަންނަން ލިބޭނެ ތަނެއް އަދި އަގު ބުނެ ބަލާށެވެ. މަސްވެރީންނަށް ތިޔަ ޗާޓް ލިބޭނެ ދުވަހެއް ބުނެ ބަލާށެވެ.

  6. މަބޭ

    8378.02 ޑޮލަރައް ކަންޑު ވިއްކާލި ގައުމެއްގެލަގަބު ސަރުކާރުން މިހޯދީ

  7. Anonymous

    އިބުރާ އަންހެނުން މޭކަޕް ސާމާނު ލިބޭނެ ހިންނަވަރު އިބުރާހިމްފުޅު ކަލެއައް އައްސަރިބަހާއި ސާބަސް

  8. ކިޔުންތެރިއެއް

    ރައީސް ޔާމީން ތިހުރިހާ ވާހަކައެއްދެއްކި ރައްރަށަށް ވަޑާގަށްނަވަމުން. ސަރުކާރުންނާ އެންމެންޑީއެފުން އޭރު އެކަންދޮގުކުރި. ރައްޔިތުންނަށް ރައީސް ޔާމީންވީ ޖޯކަކަށް. މިއަދު ކިހިނެއްމިވީ؟ އިންޑިއާގެ އަޅުވެތިކަމުގެދަށުގަ ތިބިވަރު އަދިވެސް ދިވެހިންނަށްނޭންގެނީ،

  9. 8787

    ބައިނަލް އަގުވާމީ ބިޑެއްގައި ރާއްޖޭގެ ބިންތައްވެސް ދެން ވިއްކައިގެން ފައިދާ ކުރާނީ އިންޑިޔާއަށް. އަޅުވެތިކަން ހައްދުންނައްޓާ ޑިފެންސް ފެއިލް ވެއްޖެ

  10. ޙަަަހަ

    މަޖާޒީ މިޒާޖެއްގައި އޮވޭ ، ގުއި ނުދެކޭކާޅު ގުއިދުއްވާހަކަ " މިސަރުކާރަށް މިވަނީ މިހެން ފައިސާކޮޅެއް ފެނުނީމަ ނުހުރޭ ހޭވެރިކަމެއް ، ހޭބަލަވަނީ

  11. ޖުޑީ

    ޝުކުރިއްޔާ ރައީސް އިބުރާހީމް މުޙައްމަދު ސޯލިހު. މަނިކުފާނު ވެވަޑައިގެން "ނޫ އިގްތިސާދު" ގެ ވައުދު ފުއްދަވާ ކަނޑުތަކުން ތި ހޯއްދެވި ނަފާގެ ސަބަބުން ދިވެހިރާއްޖޭގެ ދަރަނި އެކީ އަދާކުރެވި ދައުލަތުގެ ރިޒާވް އިތުރުވެ ދުނިޔޭގެ އެއްމެ މުއްސަދި ގައުމަށް ވެގެން މިދިޔައީ ޗައިނާ، އެމެރިކާ، ލަކްސަންބާގު ތަންތަން ފަހަތަށް ޖައްސާލާފަ ހަމަ މަނިކުފާނުގެ ދުރު ވިސްނޭ ހިކުމަތްތެރި ސިޔާސަތުގެ ސަބަބުން. މިޔަދު ދެން ދިވެހިން މަސައްކަތެއް ނުކުރިޔަސް ކޮންމެ ދިވެހި ރައީތަކު އެއްމެ މުއްސަދި ދިރިއުޅުމުގަ ކުރިޔަށް އޮތް 1 މިލިޔަން އަހަރުވެސް އުޅެވިދާނެކަން ޔަގީންވެއްޖެ. މަނިކުފާނަށް 2023 ކީއްކުރަން ދިވެހިރާއްޖޭގެ ރަސްކަން ތާ އަބަދަށް ތަބަކަކަށްލައިފަ އަރުވަން ދިވެހި ރައީތުން މިތިބީ ކެތްމަދުވެފަ. މަނިކުފާނަށް އަޅުގަނޑުމެން ހިތުގަމިވާ ލޯތްބާ ޝުކުރުގެ ޝުއޫރުތަށް މިކަހަލަ ކޮމެންޓް ގޮޅިއެއްގެ ލިޔެ ބަޔާންކުރެވޭ ވަރަށް ވުރެން ގިނަވީމަ ކުރު ކޮއްލީމެވެ. ތި ލިބިލެއްވި 8 ކުއަޑްރިލިއަން ޑޮލަރުން ބަޔެއް އަޅުގަނޑުމެންގެ އަވައްޓެރި ލަންކާޔަށް ހަދިޔާކަށް ދެއްވުން އެދެން. ޝުކުރިއްޔާ

  12. ވަގުން

    ވިއްކީ ކޮންބަޔަކަށްބާ؟ ގަތްމީހުން ގަތީ ކީއްކުރަންބާ.؟ ދާއަޅަންތޯ، ބޮލިހިލަންތޯ. ވެލިނަގަންތޯ ނުވަތަ ކަނޑުގެ ދިރުން ބަލަންތޯ.
    ވިއްކީ މުޅި ރާއްޖޭގެ ޗާޓްތޯ؟ ނޫނީ ވަކި ސަރަހައްދެއްގެ ޗާޓްތޯ؟
    ހަމަ ހަގީގަތުގައިވެސް ދިވެހި ރާއްޖޭގެ ޗާޓްގެ ވެލިއު އަކީ އެންމެ 30000 ޑޮލަރުތޯ؟ ނޫނީ އިންވޮއިސްގައި ބޭނުން އަދަދެއްޖަހާފައި އޭގެ 25% ދިނީ ތޯ

    މިއީ މަގޭ ހިތުގައި އުފެދޭ ސުވާލުތަކެއް ޖަވާބެއް ނުލިބި

  13. ގެދަބުޅި

    ޝާހިދުއާއި މާރިޔާ އަށް ނުކެރުނު އެއާ ހަވާލުވާން. ލަދެއްވެސް ނުގަނޭ. ދިވެހިންނަށް ކުރި މަލާމާތެއް ފުރައްސާރައެއްތީ. ތިޔައީ ނަޝިދުއެބިނާ ޙައްގުމިންވަރުދޯ.