ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ދަގަނޑުބުރިއަކުން އަމަލާދީ ޒަހަމްކޮށްލި މައްސަލަ ސާބިތު ނުވާ ކަމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ. މަސްއޫދަށް ހަމަލާ ދިންކަން ސާބިތުނުވާ ކަމަށް ހުކުމް ކުރިއިރު އޭނާ އަށް ހަމަލާދިން މަންޒަރު ވީޑިއޯ ވެސް ކޮށްފައި ވެއެވެ.

ޖޭއެސްސީގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ ލ.އަތޮޅު އިސް މެޖިސްޓްރޭޓް އަލީ ސަރީފް ބެއްލެވި މިމައްސަލާގެ ހުކުމްގައި ބުނެފައި ވަނީ ސަރީއަތަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމްގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ.

ޕީޖީ އޮފީހުން އޭނާގެ މައްޗައް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޯގަސްޓް ތިން ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫ އަމީނީމަގުން އެ ރޭ މަސްއޫދު އަނބިކަބަލުން ގޮވައިގެން ސައިކަލް ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި އަހުމަދު ސަމީމް އައިސް މަސްއޫދު ދުއްވަން އިން ސައިކަލާ ހަމަކޮށް ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް އަހުމަދު ސަމީމް ވަނީ އެމާރާމާރީ ހިނގި އިރު އޭނާ އެތަނުގައި ވެސް ނެތް ކަމަށް ބުނެ އެކަން ސާބިތުކުރަން ހެކިވެރިންތަކެއް ކޯޓަށް ހުށަހަޅާފައެވެ. އަހްމަދު ސަމީމާއި އެއްކޮޅަށް ހެކިބަސް ދިން މީހުން ކޯޓުގައި ބުނީ އަހުމަދު ސަމީމް އެރޭ އުޅުނީ އެމީހުންނާއިއެކު ބެޑްރޫމް ސެޓެއް ރާވަން ކަމަށެވެ.

މިމައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ ހާދިސާ ހިނގި މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯ ކުރި ފޯނު ފުލުހުން ހުޅުވާފައި ވަނީ ފޯނުގެ ވެރިފަރާތުގެ ހުއްދަ އާއިއެކު ކަމަށް ވީނަމަވެސް އެކަން ކޮށްފައި ވަނީ ގަވައިދުގައި ބުނެފައިވާ ގޮތައް ނޫން ކަމަށެވެ. އެހެންކަމުން ވީޑިއޯ މިމައްސަލައިގެ ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ނިންމިއެވެ.

އޭގެ އިތުރުން ޑޮކްޓަރުގެ މެޑިކަލް ރިޕޯޓާއި ފުލުހުންގެ ކްރައިމް ސީން ރިޕޯޓްގައި ތަފާތުތަކެއް ހުރި ކަމަށް ބުނެ ހުކުމުގައި ވަނީ ސުވާލު އުފައްދާފައެވެ.

މިމައްސަލަ އިސްތިއުނާފު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ޕީޖީ އޮފީހުން ސާފުކޮށެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބިރުވެތިވޭ

    ސަދޫމުގެ ފަނޑިޔާރުން ކުރާ ހުކުން ހުންނާނީ ތިހެން ގިޔާމަތްދުވަހު ތިފަޑިޔާރުން ހެއްކެއްނެތޭ ކިޔާފަ ކޮންތާކަށް ވަންނާނީ ރޯމަރަ ދުވާލު މީހުން މަރާ ފަ ކޯޓުގެ މަރުހަލަގަ އެބަ ސަލާމަތްވެ ރިސްފތުގެ ފައިސާއިނ ލޯމައްޗަށް ފެންނަ ހެކިވެސް ގަބޫލެއް ނުކުރެވެ ގާތިލު އެބަ މިނިވަންކޮށް ދޫކޮށްލަނީ ކަޑަ އެޅިގެ ދޮގު ހެކިދޭކަން ގަޒީއަސްވެސ އިގޭ ބޮޑެތި މުޖުރިމުން އެތިބީ ގޭގަ ކޮބާ އަދީބު ޒިޔަތު މީ 2 މީހުންގެ ހެކިބަހކީ އިސްލާމީ ގައުމެއްގަ އިސްލާމީ ސަރީއަތެއްގަ ހެކިބަސް ކީއްކުރަން މިމީހުންގެ އެއްވެސް ބަހެއް ގަބޫލް ނުކުރެވޭފަދަ 2 ހާއިނުން އެކަމު މިގައުމުގަ ބަންޑަރަ ހެއްކެއްގެ ގޮތުގާ މި 2 މީހުން ބޭނުން ކުރަނީ ﷲ ރަސޫލާ ގިޔާމތް ދުވަހެއް ވާކަން ތިފަޑިޔާރުނަށް ނެގެނި ބާއޭ މަރު ވާނެ ކަން ޔަގީން ެެެެެެެެެ

    6
    1
  2. ބޮއިކަޓް ޢަލީ

    އިސް މެޖިސްޓްރޭޓުން ނަކީ ޤާޒީ ކޯސް ފުރިހަމަކުރާ މީހުން. އަމަލި ތަޖުރިބާ ހޯދަނީ.
    * ޤަވާއިދު ލިޔާމީހާ ލިޔަނީ
    * އަމަލު ކުރާ މީހާ، ކުރަނީ އަމިއްލަ މާނާގައި،
    * ތަންފީޒު ކުރާ މީހާ، ކުރަނީ އަމިއްލަ މާނާގައި،
    * ޝަރީއަތް ކުރާ މީހާ، ކުރަނީ އަމިއްލަ މާނާގައި،
    * މާނަ އޮންނަނީ ޤައުމުން ބޭރުގައި

    5
    1
  3. ކިޔުންތެރިއެއް

    އެލުވާފައިން ދަނގަޑެއްގަ އަމިއްލަޔަށް ޖެހި ޒަހަމްވީކަމަށް ވާނީ. ލޮލް.

    3
    1
  4. Anonymous

    ކޮރަޕްޝަން.

    4
    1
  5. ހިމް

    ވީޑިއޯ ކޮށްފައި ދެއްކީމާ ވެސް ސާބިތުނުވޭ. ފޮނަދޫގައި ހުންނަނީ ސަދޫމުން ކިޔެވި ގާޒީތަ؟

    6
    1
  6. ހިމެރި

    މިހެން ވަންޔާމު ދެން އެންމެފަހުން ރާއްޖޭގައި އުފެދޭނީ ވިޖިލާންޓޭ ޖަސްޓިސް ކަންނޭގެ!

    5
    1
  7. ސަނީ

    މިހިރަ ކަންތަކީ ވަރަށް ދެރަ ކަންތައް! އެމީހަކާ އެމީހެއް. އަޅުގަނޑުގެ ސައިކަލު އިހަކައްދުވަހު ފެނުނީ މާފަންނު ގެއެއްގެ ގަރާޖުތެރެއިން. ފެނުންއިރު އޭގައި ނެތް ދެން މީހަކު ބޭނުންކުރާނެ އެތިކޮޅެއް. އިންވެސްޓިޤޭޝަން އޮފިސަރުގެ ވާހަކަ ހުރިގޮތުންނާއި މިހިރަ މިހިރަ މައްސަލަތައް ނިމިފައި ހުންނަގޮތް ފެނިފައިވާތީ އިނގޭ އިންސާފެއް ނުލިބޭނެކަން. އެހެންވެގެން އަޅުގަނޑެއް ނުދަން އިތުރު ބޭކާރު ހަރަދުކުރާކަށް. އަޅުގަނޑުކަހަލަ ކިތައް ނިކަމެތީން މިހެން އުޅެނެބާ

    4
    1
  8. މަސްއޫދު

    ކުރު ފިލްމެއް ކުޅެން އެޑިޓް ކޮއްފަ އިން ވީޑިއޯ އެއް، ތިވަރުގެ ކަމެއްގައި ސުވާލް ނޫފެދޭ ތަ،
    ދުއްވާފަދާ ސައިކަލެއްގެ ފަހަތު އިންނަ އަނބިމީހާ އަބަދު އިންނާނީ ވީޑިއޯ ކުރަންތަ، ސާބިތު ނުހިފޭ ކަހަލަ ކަމެއްތީ ،

    3
    2
  9. އަލީ

    ލިބުނު އަނިޔާ ވިޑިއޯކޮއްފަ ނުދެއްކީ ... ޑުރާމާ ކުޅެން މޮޅިީ

    1
    1
  10. ާލ އަރީފް

    ފާތިމަތު އާޝިޔާގެ ފޯނުގެ މައުލޫމާތު ވެސް ދިމާނުވޭ
    މަސްޢޫދަށް ހަމަލާދިންކަމަށް ހެކި ބަސްދިން އާޝިޔާ ބުނެފައި ވަނީ އެ ހާދިސާގެ މަންޒަރު އޭނާގެ އައިފޯން 13 ޕްރޯ މެކްސްއިން ރެކޯޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އާޝިޔާގެ އަތުން ގެންގޮސްފައި ވަނީ އައިފޯން 11 ޕްރޯ މެކްސް ފޯނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ހަމަލާދިންކަމަށް ބުނާ ވީޑިއޯ ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ފަނޑިޔާރު ނިންމަވައިފައިވެއެވެ. އެ ނިންމެވުން ނިންމަވައިފައި ވަނީ އެ ފުށުއެރުން އޮތުމާ އެކު އެފަދަ މައްސަލައެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފައިވާ ޤަޟިއްޔާއަކަށް ރިޢާޔަތްކޮށެވެ. އެ ގަޟިއްޔާގައި ބުރަދަން ދީފައި ވަނީ ކަމެއްގެ އަސްލު ނެތިގެން ގޮސްފި ނަމަ އެކަމެއްގެ ފަރްޢުގައިވާ ކަންތައްތައް ވެސް ނެތިގެން ދިޔައީކަމަށް ބަލަން ޖެހޭ ފިޤުހީ ޤާއިދާއަށެވެ.

    ފާތިމަތު އާޝިޔާގެ ހެކި ބަހަކީ މަސްލަހަތު ފުށުއަރާ ހެކިބަހެއް
    ފަނޑިޔާރު ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ފާތިމަތު އާޝިޔާއަކީ މަސްޢޫދު ހިލްމީގެ އަނބިމީހާ ކަމަށްވާ އިރު މަސްޢޫދާ އެއްކޮޅަށް އަދި އަޙުމަދު ޝަމީމާ ދެކޮޅަށް އާޝިޔާ ދޭ ހެކި ބަހަކީ މަސްލަހަތު ފުށުއަރާ ހެކިބަހެއް ކަމަށް ބަޔާންކުރައްވައިފައި ވެއެވެ. އެ ގޮތުން މަތީ މަރުޙަލާގެ ކޯޓްތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު ކޯޓްތަކުން ތަބާވާން ޖެހޭނެކަމަށް ޤާނޫނު އަސާސީގެ 143ވަނަ މާއްދާގެ ރ.ގައި ބަޔާންކޮށްފައިވާ ކަމަށާއި ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވައިފައިވާ ޤަޟިއްޔާއެއްގައި މި ފަދަ ހެކި ބަހަށް ބުރަދަން ދީފައި ނުވާތީ އާޝިޔާގެ ހެކި ބަހަކީ މައްސަލައިގެ ނިޔާ ކަނޑައެޅުމުގައި ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަމަށް ވަނީ ނިންމަވައިފައެވެ.

    ރިޟްވާން ޙަލީމްގެ ހެކި ބަހުގެ ބުރަދަން ދަށް
    ހާދިސާ ހިނގިކަމަށް ބުނާ ރޭ ، މަސްޢޫދުގައިގައި އަޙުމަދު ޝަމީމް ޖަހައިފިކަމަށް މަސްޢޫދު ބުނިކަމަށް ލ.ފޮނަދޫ ނޫރާނީގޭ ރިޟްވާން ޙަލީމް ހެކިބަސް ދީފައި ވެއެވެ. ނަމަވެސް ހާދިސާ ހިނގިކަމަށް ބުނާ ވަގުތުގައި އޭނާ ހުރީ އެހެން ތަނެއްގައި ކަމަށް ދިފާޢުން ހުށަހެޅި ތިން މީހަކު ހެކިބަސް ދީފައިވާތީ ރިޟްވާން ޙަލީމްގެ ހެކިބަހުގެ ބުރަދަން ދަށްކަމަށް ނިންމަވައިފައި ވެއެވެ.

    މި ކަންކަމުގެ އިތުރުން ދެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކޮށް ފަނޑިޔާރު ނިންމަވައިފައި ވަނީ މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެމީހަކީ ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ޤާނޫނު އަސާސީން ލިބިދީފައިވާ ކަމަށާއި ޝައްކެއް ނެތް މިންވަރަށް އަޙުމަދު ޝަމީމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ. އަދި އަޙުމަދު ޝަމީމް ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ވަނީ އަމުރުކުރައްވައިފައެވެ.

  11. އަނިޔާގެ ތަފްސީލް އުމަރު

    ތ.ވިލުފުށީ ހުސްނުހީނާގޭ މަސްއޫދު ހިލްމީއަށް ލިބުނު އަނިޔާކަމަށް ދިން މައުލޫމާތުގައި ފުށުއެރުންތަކެއް
    ލ.ފޮނަދޫ ރޯޝަންވިލާ ފާތިމަތު އާޝިޔާއާ ކައިވެނިކޮށްގެން ލ.ފޮނަދޫގައި ދިރިއުޅޭ މަސްޢޫދަށް ލިބުނު އަނިޔާތައް ސާބިތުކުރުމަށް ފޮނަދޫ ހެލްތު ސެންޓަރާއި ފުލުހުންގެ ލިޔުމެއް ވަނީ ޝަރީޢަތަށް ހުށަހަޅައިފައެވެ. ނަމަވެސް މި ދެ ލިޔުމުގައި ވެސް ތަފާތުތަކެއް ހުރިކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފައެވެ. އެ ގޮތުން ޞިއްޙީ މަރުކަޒުގެ ލިޔުމުގައި ބުނެފައިވާ ގޮތުގައި އަނިޔާވެފައި ވަނީ މަސްޢޫދުގެ ވައަތަށެވެ. ނަމަވެސް ފުލުހުންގެ ލިޔުމުގައިވާ ގޮތުގައި އަނިޔާ ލިބިފައި ވަނީ މަސްޢޫދުގެ ކަނާތު އަތްދަނޑި މައްޗަށެވެ. އަދި ޒަހަމް ހުރީ މަށައިގެން ގޮސްފައި ކަހަލަ ގޮތަކަށް ކަމަށާއި އެއީ ތޫނު އެއްޗަކުންވެފައިވާ ޒަހަމެއް ނޫން ކަމަށް ވެސް ފުލުހުންގެ ލިޔުމުގައި ބުނެފައި ވެއެވެ.

  12. ޒަރީރު

    މަސްއޫދަކީ މިހާރު ފޮނަދޫގެ މުޖުތަމައަށް ހުރި ބިރެއް.