މާލޭގައި ގިނަ އޮފީސްތަކެއް ހިންގަމުން ގެންދާ ބިއްލޫރި ޖެހިގޭގައި ހުރި ސައިކަލުތަކަކަށް ގެއްލުން ދީފިއެވެ.

“ވަގުތު”އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބިއްލޫރި ޖެހިގޭގައި ޕާކު ކޮށްފައި ހުރި ގިނަ ސައިކަލުތަކެއް ބިން މައްޗަށް ވައްޓާލައި ވަނީ ގެއްލުންދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ގޯތި ތެރޭގައި ހުރި ސައިކަލުތަކެއް ވައްޓާލިކަމުގެ ރިޕޯޓް މިއަދު މެންދުރު 13:30 ގައި ރިޕޯޓްކުރި ކަމަށެވެ.

އެ މައްސަލަގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ސައިކަލުތައް ބަހައްޓާފައި ހުރި އިމާރާތުގައި ކެމެރާ ވެސް ހަރުކޮށްފައި ވެއެވެ. ނަމަވެސް އެ މައްސަލައިގައި މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަނަފުސާ

    ހަމަ އަޒީ. ބަލަމުން ދާނީ މުޅިންވެސް. ވާކަމެއް ހަރާމް

    14
  2. މޫނިސްބެ

    އަންނިބެ އަށް ކުރިމަތިވި ހަމަލާއަށްފަހު ބުއްދިއަށް ގެއްލުންވެފައިވޭ. ބޭސްކުރަން ފްރާންސަށް ފޮނުވާލަންޖެހޭ

    3
    1
  3. ޢާދަނުބެ

    މޯލްޑިއުސް ނުވާޕޮލިސް އުވާލަންވީ ވާކަމެތް ހަމަ ހަރާން ރޯމާދުވާލު އެމީހަކު ބޭނުން ކަމެތްކޮށްލަނީ