އިންޑިއާގެ ނިއުދިއްލީގައި އޮންނަ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައިސިނާ ޑައިލޮގްއަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސްއެކެވެ.

މި މަހުގެ 25 އިން 27 އަށް ނިއުދިއްލީގައި ބާއްވާ މިއަހަރުގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލިހުން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ. އަދި ހާއްސަކޮށް ގައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ގައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ވަނީ ބުނެފައެވެ.

މަޖިލީހުގެ ރައީސް، އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ހޮޅިވާހަކަ ގޮސްދައްކާނީ

    31
  2. ގެރިކުޑޭ

    ކިތައްމެ ވަރަކަށް ސަލާންޖެހިޔަސް އިންޑިޔާއަކުން ދެން އިތުރަށް ކުޅޭނެ ޑްރާމާއެއްނެތް!

    31
  3. Anonymous

    ރައީސް ނަޝީދު މާދަމާ އިންޑިއާ އަށް ވަޑައިގަންނަވަނީތޯ؟ ނޫނީ ރައީސް ނަޝީދު މާދަމާ އިންޑިއަށް ހާޒިރުކުރަނީތޯ؟

    34
  4. އުގުރި

    މިފަހަރު ފަހު ދިހައެއް އޮތީ މޯދީ އުގައް އަރާތަ..

    36
    • މޮހޮރު

      2023 އަށް ސަލާން ޖަހަން އެދަނީ

  5. Anonymous

    ކޮބާ ވެރިކަމުގަ ހުރެ މަޚާތުމާގާންދީ އެވޯޑު ހޯދައި ވެެރިކަމުން ބޭރުކުރީމަ އިންޑިޔާއަށް ބަވާ ވަގު

  6. ބބ

    އިންޑިޔާއަށް ދާންޖެހޭނެ. އިންޑިޔާގެ އޭގެންޓުން ގޮތް ހުސްވަމުންދާ ވަގުތެއްގައި ހަދާނެ ގޮތެއް ހޯދަން ޖެހޭ. އެމީހެއްގެ ޚިދުމަތް އެ ފަރާތަކަށް ދޭ ފަރާތުގެ އިރުޝާދު ބޭނުންވޭ. އެެހެންވީމާ އިންޑިޔާއަށް ދިޔުމުގައި އޮތް މައްސަލައަކީ ކޮބާ؟ އެ އިރުޝާދު ހޯދާ މީހާގެ ވެސް، އެ އިރުޝާދު ހޯދުމަށް ތާއީދުކުރާ މީހާގެ ވެސް މައްސަލައެއް ނެތީ. 'އަހަރެން ވެސް އޯކޭ! ބަކަރި މައްސަލަ ނެތީ! ދެން ކަލޭ މައްސަލަ ކޮބާ؟'

  7. ޫހުސެން

    މޯދީ މީނަހާޒިރު ކޮށްގެން ވަރަކަށް ބަވާނެ މިބެނާގެ ކަންތަކުގަ ވެސް. އިންޑިއާ އައުޓް.!!!!!!

  8. ދަގެތި

    ރިޝްވަތަށް ލާރިކޮޅެއް ހޯދަން ދޯ އިންތިޚާބު ކައިރި ވީމާ.

  9. ކެނެރީ

    ނަސީދަކީ ދިވެހިންގެ ހަލާކު ، ދީނުގެ އަދުއްވެއް

  10. ރަން ރީނދޫ

    އިންޑިއާގަ މި ކަލޭގެ އަބަދަށް ބަހައްޓާ. ރާއްޖެ ނާދެވޭނެ ގޮތަށް،ޕާސްޕޯޓް ކެންސަލް ކޮއްފަ.

  11. ލާމު

    އަނބުރާ ނައިސް އެކޮޅުގައި ހުންނެވިއްޔާ ގައުމަަށްް ވަރަށް ބޮޑު ހެވަކަށް ވާނެ.

  12. އުއްތަމަ އުސްތާޛް

    އެމަނިކުފާނު އެނބުރި ޤައުމަށް ވައިނުނެވި އިންޑިއާގެ ސަރުކާރުގެ ހައްޔަރެއްގައި ވެދާނެތީ ކަންބޮޑުވޭ. އަދި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވީ އިންޑިއާގެ ޖާސޫސީ އިދާރާއިންނޭވެސް ތުންމަތިން ކިޔާއިރު ވަރަށް ބިރުގަނޭ. އަޅުގަނޑު ގެ އިޚްލާޞްތެރި ނަސޭހަތަކީ ވަޑައިނުގެންނެވުން

    1
    1
  13. ރެފްރީ

    ސަރުކާރުފެތޭތީ ހިމާލިޔާއަށްއަރަންތޯތިޔަވަޑައިގަންނަވަނީ؟

  14. އަސްތާ

    ގޮސް އެންމެ ފުރަތަމައިނުންވެސް ފައްޓާނީ ޗައިނާއޭ ކިޔާފަ.