އެމްޑީޕީ އަށް ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާއެކީ ޕާޓީ ނުފެތުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ މި ސަރުކާރަކީ "ފެތެމުންދާ ސަރުކާރެއް" ގޮތުގައި ސިފަ ކުރައްވައިފައެވެ. އަދި އެމްޑީޕީ އަށް އެންމެ ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާއެކީގައި ނުފެތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިވަގުތު މި ޕާޓީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ މި ޕާޓީ ނުފެތުން، ސަރުކާރަކީ އެމްޑީޕީ އެކަނި ސަރުކާރު ނޫން ކަމުން، އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި މިޕާޓީގެ ވައުދުތައް ނުފުއްދޭނީ" ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވިއެވެ.

މިއީ، ނަޝީދު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވި ފުރަތަމަ ފަހަރެވެ.

މީގެކުރިން އެމަނިކުފާނު ހަމަ އެ ގްރޫޕްގައި ލިޔުއްވި މެސެޖެއްގައި ވަނީ މަސްވެރިންނަށް ވީ ވައުދުތައް ވެސް ނުފުއްދުނު ކަމަށް ވިދާޅުވުމަށް ފަހު, އެމްޑީޕީ ހިމެނޭ މި ސަރުކާރަށް ތާއީދު ނެތް ކަމަށް ވިދާޅުވެފައެވެ.

މި ވެރިކަމަށް ތާއީދު ބޮޑު ކަމަށް ސަރުކާރުން ލަފާކުރިޔަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އުނދަގޫވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވަރަށް ގިނަ ގޯސްތައް ހެދިއްޖެ ކަމަށާއި އެ ގޯސްތައް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލު ވެސް ނުކުރާ ކަމަށް އެމަނިކުފާނުގެ މެސެޖްގައި ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓް އަށް ވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ," ނަޝީދު ވިދާޅުވިއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށް އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ދެކަވިފައެވެ. ޕާޓީގެ ތެރޭގައި ނަޝީދުގެ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެއް ވަނީ އުފެދިފައެވެ.

އިންތިހާބުގައި ނަޝީދުގެ ފަޅިން ވާދަކުރައްވަނީ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ. އިންތިގެ ކެމްޕެއިން ޓީމުގައި މަސައްކަތް ކުރައްވަނީ ނަޝީދަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

އިންތިއާ ވާދަކުރައްވަނީ ރައީސް ސޯލިހް ފެކްޝަންގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. ފައްޔާޒްގެ ކެމްޕެއިންގައި އުޅުއްވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންގެ އިތުރުން ބައެއް ވަޒީރުންނެވެ.

އިންތިހާބުގައި 50 އިންސައްތަ އަށް ވުރެ އިތުރަށް ހޯދަން އުނދަގޫވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު ސިޔާސީ ޕާޓީތަކުގެ ނިޒާމު އައި ފަހުން ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގައި ބައިވެރިވި އެއްވެސް ޕާޓީއަކަށް އެ އިންސައްތަ އަށް ވޯޓު ހޯދިފައެއް ނުވެއެވެ. ވެރިކަން ކުރާ ޕާޓީއަކަށް އިންތިހާބު ކާމިޔާބު ކުރެވެނީ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެންނެވެ.

އެގޮތުން 2008 ވަނަ އަހަރު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ވެސް ގުޅިފައިވާ އިއްތިހާދަކުންނެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ވެސް ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހައްދަވައިގެންނެވެ. އަދި މިހާރުގެ ރައީސް ސޯލިހް ވެސް ވެރިކަމަށް ވަޑައިގެންނެވީ ގިނަ ޕާޓީތަކަކާ ގުޅިވަޑައިގެންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ބޮޑުބެ

    މައުމޫނެކޭ ނަސީދެކޭ ހަމަ އެއްގޮތް އަހަރުމެން ޕާޓީ ހެދީ ވަކި މީހަކު ޖަހާ ބެރަކަށް ނަށާ ކަށެއް ނުން

    14
    1
  2. ނާދިރާ

    ސަރުކާރު އިސްތިއުފާ ދީފަ އަލުން އިންތިޚާބު ބޭއްވުން އެއީ ޤައުމަށް އެންމެ ފައިދާ ބޮޑުގޮތް

    17
    2
  3. Anonymous

    އެންމެ މަކަރުވެރި އެއްޗަކީ ހިޔަޅުންކަމަށް ބުނޭ، އެއަށްވުރެވެސް މަކަރުވެރި.

    16
  4. ދޮހިކަރު

    ބައިބައިވެފަ އޮތް ތަނެއް ކޮން ރަނގަޅެއް ވާނީ.. އެމްޑީޕީ އެއްކޮށް ވެސް ފެތިފަ ތިއޮތީ..

    16
  5. ހަނދުމަކޮށްދިނުމެއް.

    ދައުލަތް ބަނޑު އަޅާލާފައި މޮޅުވާހަކަ ދައްކައިގެން މިއަދު ފަރުޖައްސާލެވިދާނެ. އެކަމަކު އަބަދަކު އެފުރުސަތެއް ނުލިބޭނެ. މާދަމާވެސް އިސްލާމްދީނަށް ނަޞްރުދޭނޭ އިޚުލާޞްތެރި ވެރިއެއް މިގައުމަށް ލިބިއްޖެނަމަ ތިޔަ ހުރިހާ ޣައްދާރުން އިންސާފުގެ ދަރުބާރަށް ހާޟިރުކޮށް ޢަދުލުވެރި ޝަރީޢަތަކަށް ފަހު ކުށްވެރިވާ އެންމެންގެ މައްޗަށް އިސްލާމްދީނުގައި ޣައްދާރުންނަށް ކަނޑައަޅާފައިވާ އަދަބު ތަންފީޒުކުރެވޭނެކަން ހަނދާނުގައި ބަހައްޓައިގެން ދުނިޔޭގައި އުޅުމަށް އިލްތިމާސްކުރަމެވެ. ދުޢާއަކީ ކައިރި މުސްތަޤުބަލެއްގައި އެފަދަ ވެރިއެއް އަޅަމެންގެ މައްޗަށް މިންވަރުކޮށްދެއްވުމެވެ. އާމީން.

    18
  6. ލޮލް

    އެމްޑީޕީ ވުޖޫދުން ފޮހެލަންޖެހޭ ވަގުތު ދިވެހިންނަށް އަދިވެސް ނާންނަނީތޯ؟ ފިތުނަފަސާދައިން ގައުމު އެކުއެކީ ސާފުކޮށް ތޯހިރުކުރުމަށް އިންޑިޔާއާއެކު އެމްޑީޕީވެސް އައުޓުކުރަންޖެހޭ!

    19
  7. ެއަހުމަދު

    ތީ ޤައުމަށް ހެޔޮއެދޭ މީހަކު ބުނާޒާތުގެ ވާހަކޭއް ނޫނެވެ. ތިމާމީހާވެސް ވެރިކަމާ ހެދި ދެއްކޭ ނުދެއްކޭ ވާހަކަ އެއްވެސް ނޭންގެ. ޢެކަމުގަ މިހާރު ހުރިމީހާގެ ދައުރުވެސް ނިމެންދެން ކެއްކޮށްލުން ކިހިނެއްވާނެތޯ.؟

    12
    1
  8. ެއަހުމަދު

    ތީ ޤައުމަށް ހެޔޮއެދޭ މީހަކު ބުނާޒާތުގެ ވާހަކޭއް ނޫނެވެ. ތިމާމީހާވެސް ވެރިކަމާ ހެދި ދެއްކޭ ނުދެއްކޭ ވާހަކަ އެއްވެސް ނޭންގެ. ޢެކަމުގަ މިހާރު ހުރިމީހާގެ ދައުރުވެސް ނިމެންދެން ކެއްކޮށްލުން ކިހިނެއްވާނެތޯ.؟ ފެތެމުން ދާ އޮޑިޔޭ ބުނާއިރު އެފެތެނީވެސް އެމްޑީޕީއެއް ނޫންތޯއެވެ. ؟

    7
    1
  9. Anonymous

    ފެތެމުންދާ ސަރުކާރޭ ބުނީމާ މުޅި އެމްޑީޕީވެސް ޝާމިލްވޭ އެބަ. އެހެންވިއްޔާ މުޅި އެމްޑީޕީވެސް ދަނީ ފެތެމުން.

    17
  10. Anonymous

    އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާއެކު ނުފެތި އިސްތިއުފާދިނުން ކަމުގައި ބުނެ އަވަހަށް އިސްތިއުފާ ދީފަ ދޭ. މިއީ އިސްލާމީ ގައުމެއް. މިގައުމަށް ލާދީނީ މީހާ ބޭނުމެއް ނުވޭ. ޔާﷲ، ލާދީނީ މީހާގެ ނުބައިކަމާއި ނުލަފާކަމާއި އަނިޔާވެރިކަމާއި މަކަރުވެރިކަމާއި އިޔަހޫދިކަމުން މިރާއްޖެ ސަލާމަތްކުރައްވައިފާންދޭވެ. އާމީން.

    16
  11. ހަވާލު

    ވެރިކަން ޙަވާލު ކުރީމަ ސަރުކާރު ފައްތާލާފަ ގެނބިގެން ދަނިކޮށް އެމްޑީޕީ ކުދިންކޮޅު ދަމާ ކޫއްތާފަ މީނަ ހިކިފަސް ތަނަކަށް އެރުވީ. ރިއްޗެއްނު ދައްކާ ވާހަކަ.

    12
  12. އަހުމަދު

    ސަރުކާރު ޖެހިގެން އުޅޭ ގުއިރޯނު ދެމީ މަނިކުފާނު ނޫންތޯ؟ މަނިކުފާނުވެސް ޒިންމާ އުފުއްލަވާ!

    12
  13. އަހުމަދުބެ

    ސަރުކާރު ޖެހިގެން އުޅޭ ގުއިރޯނު ދެމީ މަނިކުފާނު ނޫންތޯ؟ މަނިކުފާނުވެސް ޒިންމާ އުފުއްލަވާ!

  14. ދީދީ

    މީސްތަކުންނޭ ނިކަން ހުށިޔާރުވެގެން ތިބޭތި، މިއީ ރައީސް ސޯލިހާއި ނަޝީދާއި ދެމީހުން ގުޅިގެން ކުޅޭ ޑްރާމާއެއް. ޜިޔ
    ރިޔާސީ އިންތިހާބު އައިސް ޖެހުނު މިދައުރުގައި ރައްޔިތުންނަށް ވީވައުދުތަށް ނުފުއްދި އަތަށް ގޮވީމައި އިންތިހާބަށް ދެމީހުން ރާވައިލައިގެން ޑްރާމާ ކުޅެންފެށީ.
    ދެން އެނައްޓާލަނީ އެމީހުންގެ ލީޑަރ މޯދީގާތަށް އިންތިހާބަށް ތައްޔާރުވުމަށް ސައްލާކުރަން.
    މިއޮތްހުރިހާދުވަހު އެމްޑީޕީގެ ސަރުކާރެއް، މަޖިލީހުގެ ސުޕަމެޖޯރިޓީލިބި ކައުންސިލްތަކުގެ މެޖޯރިޓީލިބި ޔޫރަޕާއި އެމެރިކާގެ ތާއީދުލިބި އިންޑިޔާއިން ބިލިޔަނުން ލޯނުނަގައިގެން ވެސް ކުރެވުނުކަމަކީ އަބްދުﷲ ޝާހިދު ދުނިޔެ ވަށައިގެން ދަތުރުކޮށްގެން އދ އާންމު މަޖިލީހުގެ ރައިސްކަން ހޯދައިދިނުން ދެން ރައީސާއި ނައިބު ރައީސް ދެއިރު ދެޅަޔަށް ފުއްޖަހައިގެން ބޮޑުވަފުދު ގޮވައިގެން ދަތުރު ފަތުރު ކުރުން. ރައްޔިތުންނަށް ކޮށްދެވުނުކަމެއްނެއް. އެންމެ ފަހުން ރައްޔިތުން ރުޅިއައިސްގެން ޝަކުވާކުރަން ފެށީމައި މިއީ އެމްޑީޕީ ސަރުކާރެއް ނޫނޭ ކިޔައި މިހާރުދެން މިއުޅެނީ ދެއެކުވެރިންވެގެން ރައްޔިތުން މޮޔަހައްދަން. ކުރިޔަށް އޮތްތަނުގައި އަދި ރައީސް ސޯލިހާއި ނަޝީދާއި ދެމީހުން ގަޔަށް އަތްލާހިސާބަށް ވެސްދާނެ އެކަމަކު އެއީ ހަމަ ރައްޔިތުންނަށް ދައްކާލާ މަންޒަރެއް ހަގީގަތަކީ މިދެމީހުންނަކީ އެކައްޗެއްކަން. ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ވައުދުވީ އެއްކަމެއްވެސް ނުކުރެވި ސޯޓުބޭލުނީމައި ދެން ދެމީހުންވެގެން ގޭސްގަަޑެއް އަނބުރާލަނީ.

    11
  15. ބޯހުދުޒައީމް

    މިހާރުވެސްއޮތީއަޑީގަ ނޭވާހޮޅިންވައްކަންކުރި ވެންޓިލޭޓާރް ތަކުގެއެހީގައޮތީ ބޮކިއަރަނީ އެއްމެފަހުގެ ފަރުވާދެމުންދަނީ ފަތިސްނަމާދުވަގުތުތަކުގަނަރުހުން ބޭސްސިޓީނެރެއެދިނީމަ ވޯޑްސާފުކުރާކުދިންދުވަނީ އެކި ޓެރެސްފުލޯތަކުން އެނދުގެޝީޓްބަދަލު ކުރަން ފޮތިލިބޭތޯވެސް އެހާހާލުގައޮތީ ފިކުރުބޮޑުވެދުވަނީ އެކިގައުމުތަކުން ރައްރަށުން ހުދުމުސަޅުތައް

  16. ވާނުވާ

    ވެރިކަމަށް އަރާފަ ދެމީހަކު އެއްޗެއް ބުނާއިރަށް ރެވިގެން އިސްތިއުފާދޭވަރުގެ މީހުން ރަނގަޅުވާނީ އަނގަ ނުތެޅިއްޔާ

    11
  17. ވާނުވާ

    ޕާޓީގެ އެންމެބޮޑު ހަލާކަކީ ސީދާ އަންނި

    12
  18. ހަސަން

    އަދިވެސް ނަސީދު އަޑައް ބާރުލާފަ ގޮވާތި، މިއޮޑިއެއް ނުފެތޭނެ... ނަސީދުގެ އޮޑީގެ ފަށަން މިހާރު އޮތީ ގޮވާފަ، ދެން ތި އޮޑި ތިދަނީ އަަޑިޔައް، އަޑިއަށް ދާ އިރުވެސް، ގޮވާތި، މިއޮޑިއެއް ނުފެތޭނެ...

    11
  19. Anonymous

    އިބުރާދަނީ ބޮކިޖަހާފަ އަޑިއައް ވީމާރައްކާތެރި ގޮތަކީ ދުރއްދިއުން

    7
    1
  20. ފާއިޒު

    މީ ރައީސް ނަޝީދު ސަރުކާރަށް ކިޔާ ފާޑެއްނޫން. މިއީ ރައްޔިތުން ދެބޯގެރި ދުއްވުމަށް ރައީސް ނަޝީދު ޖައްސަވާ ސްޓަންޓެއް.

    11
  21. ހާމިދު ޝާހިދު

    މިއީއެކަމަކުވެސް ކަންދެއްކުމަށް މިބައިމީހުން ދައްކަމުންދާ ވާހަކަ ތަކެއް. އާހިރުގައި 2023 ގައި މިއެންމެން ތިބޭނީ އެއްގަލަކަށް އަރާ ވެރިކަން ދިފާޢު ކުރެވޭތޯ ނޫނީ ބަރުލަމާނީ ގެނެސް ގެން ނަމަވެސް އެމްޑީޕީ ގެ ބާރުގެ ދަށުގައި ގައުމު ބާއްވަން. ރައްޔިތުން މިކަމާ ވަރަށް ވިސްނާ ފިކުރު ކުރަންޖެހޭނެ. އެހެނީ، ސަރުކާރުން ކުރާ ކޮންމެ ގޯސްކަމަކުން އެމްޑީޕީ ބޯ ދަމާގަނެވޭތޯ ބަލާނެ. އެކަމަކު، ހަގީގަތަކީ، އެމްޑީޕީ އާއި ރައީސް ސޯލިހާއި، ރައީސް ނަޝީދަކީ ހަމަ އެއްފޮލާއެއްކައްކައިގެން ކައިބޮއެ އުޅޭ ބައެއްކަން.

  22. ނަސީރު..

    ފެތި ޣަރަގުވެފަވާ މީހަކު މިހެން ކިޔާ ހަޅެއްލެވީމަ ތި ގޮވެނީ ގުދޯގުދޯ.. ނަޝީދު ތިކަހަލަ ވާހަކަ ދެއްކީމަ. ހަނދާން ވަނީ ނަޝީދުއަށް ރައީސްކަން ލިބުނީމަ އެމްޑީޕީ ފައްތާލާ ފަރަށް އަރުވާލާފަ އިސްތިއުފާ ދީފަ ފިލައިގެން ދިޔަ ދުވަސް.

    10
  23. މުހައްމަދު އަހްމަދު

    ޗެއަރޕާސަންގެ އިންތިޚާބު އިންތިއަށް ހޯދަން ޖަހާމަޅިތީ. ހަމަ އިންތިޚާބު ނިމޭ އިރަށް ތިބޭނީ އެއްގަލަކަށް އަރާ. ނަޝީދާއި އިބޫއަކީ ވެސް އެއް މަޤްޞަދެއްގައި މަސައްކަތްކުރާ ދެމީހުން. އަނެއްރާއްޖެ، އަނެއްގޮތް ހޯދަން އުޅޭ ދެމީހުން.

  24. މުހައްމަދު އަހްމަދު

    ދިވެހި ލޮބުވެތި ރައްޔިތުންނޭވެ. ރައީސް ނަޝީދާ އިބޫއާ ދެމީހުންނަކީ، އެއްވިސްނުމެއްގެ އެއްފިކުރެއްގެ އެއްއަމާޒަކަށް ވާޞިލުވާން މަސައްކަތްކުރާ ދެމީހުން. ޗެއަރޕާސަން ވޯޓަށްފަހު މި ދެމީހުން އެކަތިގަނޑަކަށްވާނެ. މި ދެ މީހުންގެ ބެނުމަކީ، ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދެވުމުން ރައްޔިތުންނަށް އޮޅުވާލުން.

  25. އަލިި

    ﷲ ވާގިފުޅާއެކު މިޤައުމު ހަމަ މަގަށް އެޅުމަށްޓަކައި މިގައުމަށް ބޭނުންމުވާ ބައެއްގެ ބާރު މަޑުމަޑުން ކެނޑިގެންދާ މަންޒަރު އެބަފެނެއެވެ. އިރާދަކުރެއްވިއްޔާ ރަޢީސް ޞާލިހުގެ ޒަޢާމާތް އިތުރަށް ފުރިހަމަވެ ބޭނުންވާގޮތަށް ނުފޫޒެއްނެތި ކުރިޔަށްދިއުމަށް ލިބޭ ބާރަކަށް މިކަން ވެގެންދާނެއެވެ. ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީﷲ އެވެ.

    1
    1
  26. ޕޮގުބާ

    މިހާރު ވެރިކަން ކުރަނީ ކޮންޕާޓީއަކުންކަމެއް ނޭންގުނު ކޮބާ އިލެކޮސަން ކޮމިސަން

  27. މާމީ

    ނަޝީދު އައް ތިފެންނަނީ ޔާމީނު ސަރުކާރުގަ އެޅުވި ފަނީފެ އަސަރު މިފަހަރު ސޯލިހުސަރުކާރުގަ ތިއެޅުވީ ކަތުރު ފަނި ދެން ބާރައް އަތްޖަހާ...

  28. ތުއްތު

    ތިޔަބުނާ އޮޑީގެ އެއްބާރުނޫންތޯ މަޖިލީހަކީ އެތަނުގެ ބޮޑުމީހާނޫންތޯ ނަޝީދަކީ. ތިއީ އެ އޮޑީގެ އިންޖީނު ނޫންތޯ. އެހެންވީމަ. އޮޑި އެއްކޮށް އެއޮތީ ފެތިފަ. އޮޅުވާލަން ނޫޅޭ.

  29. ބުއްޅަބޭ

    މިކަލޭގެ މިއުޅޭގޮތުން ގައުމީސަލާމަތައް ނުރައްކާ ވ ބޮޑު މީނަހުއްޓުވަން ސަރުކާރައްގޮވާލަން ސަރުކާރު ފައްތާލަން ފާޅުގައި އެމަސައްކަތްކުރަނީ ޕާރލިމަންޓުގެ އިސްޕީކަރު

  30. މުހައްމަދު

    މީނައާހެދި މިސަރުކާރަށްވެސް ސަލާމަތް ނުވެގެން އުޅެން މިޖެހެނީ

  31. ނަސީ

    ޕާޓީ ގޮވައިގެން މަހައް ދޭ

  32. ޔމ

    އެމްޑީޕީގެ ހަލާކު