ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް ޅ. ހިންނަވަރަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަޑައިގަތުމުން މީހުން ފޮނުވައިގެން "ބަވާފައިވާ" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށް، ރައީސް ސޯލިހަށް އިންޒާރެއް ދެއްވައިފިއެވެ.

ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒްގެ ފަހުމީގެ ކެމްޕެއިނަށް އީވާ އަބްދުﷲ ހިންނަވަރަށް ވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.

އެ ދަތުރަށް އިޝާރާތް ކުރައްވައި މިދިޔަ ހަފްތާއިން ފެށިގެން ހޫނުވެފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، އީވާ ހިންނަވަރަށް ވަޑައިގަތުމުން މީހުން ފޮނުވައިގެން ބަވާލާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހަށް ގަލޮޅުން އެހެން ހަދަންވީތޯ ނަޝީދު ވަނީ ސުވާލު ކުރައްވާފައެވެ.

"ހިންނަވަރަށް އީވާ ދިޔާމަ، ފޮނުވައިގެން ބެވީ. ދެން އިބޫ އަށް ގަލޮޅުން އެހެން ހަދަންވީތަ" ނަޝީދު ފޮނުވި މެސެޖުގައި ވިދާޅުވިއެވެ.

ގަލޮޅަށް ރައީސް ސޯލިހް ދިއުމުން "ބަވާފައި" ފޮނުވާލާ ވާހަކަ ނަޝީދު ދައްކާފައިވާއިރު، ގަލޮޅަކީ ރައީސް ނަޝީދު ނިސްބަތްވާ އަވަށެވެ. އަދި އީވާ އަކީ އެ ދާއިރާ ތަމްސީލު ކުރައްވާ އެއް މެމްބަރެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަކީ ވެސް ނަޝީދު ފެކްޝަންގެ މެމްބަރުއެވެ.

އީވާއަށް އެގޮތަށް ހެދި މައްސަލައިގެ އިތުރުން ވެސް ރައީސް ނަޝީދު އަންނަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭންގައި އުޅުއްވާ ފަރާތްތަކަށް ވެސް އަމާޒުކޮށް ބަހުގެ ހަމާލަތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޒާހިރު މަންސޫރް

    2ބޯ ގެރި ދުއްވަނީ. އިންޑިއާ އާ ގުޅިގެން ބޮޑު ނުބަޔެއް ހިންގަން ރާވާފަ އޮތީމަ ރައްޔިތުން ގެ ފޯކަސް ގެއްލުވާލަން ކުޅޭ ކާޑެއް މީ! ވ އަޑިން މިކަން ސާފު ކޮށް އިނގި ހުރެ މި ބުނަނީ!

    35
    • ގ

      100%. ގަލޮޅު އެންމެން ރައީސް ނަޝީދަށް ތާއިދެއް ނުކުރޭ

  2. ހައްޕު

    ކަލޯމެން އަހަރެމެން ކައިރިއަށް ކެމްޕޭނުގަ އައިމާ ވާހަކަދައްކަންވީ ބަހުރުވަވެސް ދަސްކޮށްދެއްވުން އެދެން.

    20
    1
  3. ގެރިކުޑޭ

    މަރުމޯލަ

    20
  4. މަރުމޯލަ

    ހައްތާވެސް ޑްރާމާ

    19
  5. އަލީ މައުސޫމް

    ރޯދަމަހުގެ ފަހު 10 އިހްޔާ ކުރާތަން ފެނޭ އެބަ

    16
  6. މޮޔަ

    މިކަލޭގެ ހަމަ ރަނގަޅަށް މޮޔަވެއްޖެ. އަދި އަމިއްލަ ގަޔަށް ކުޅުތަޅަމުންވެސް ދުވާނެހެން ހީވަނީ.

    17
  7. ސާބެ

    ގަލޮޅުން ނުބޭލޭނެ މިދައުރު ނުނިމެނީހެއް. އިންޟާ ﷲ.

  8. ކޮރަލް

    އީވާ ގޮޅުގެ މެމްބަރު ކަން ކުރާ ތާ 15 އަހަރު ވަނީ އެވެ. ކޮށްދިން ކަމެއް ބުނެބަލާށެވެ.

    27
  9. ސޫއޫދު

    ހަމައެގޮތައް އިބޫއައްވެސް ބުނެވިދާނެ މިއަދުގެ އެޖެންޑާ 1 އިބޫފޮނުވި އިސްލާހު ބެވުން 60 ފަހަރު ނިމުނީ ކުޑަ ބޮޑު އަނގޮޓިއެއްނެތް ކޮންރައީސަކައްބާ ބޮޑައްބަވާލެވޭނީ މިމުބާރާތުން ގައުމީމަޖިލީސް 200 ފަފަރު ފަޔާ

  10. ވާނުވާ

    ބަލަ ކަލޭ ތީމިހާރު ބޮޑުތަނުން ފެއިލް ވެފަހުރި މީހެއް
    އަމިލަ ޖީބުން ހަރަދުކޮއްގެން އިބޫހޮވަން މިތިބީ ތައްޔާރަށް އަހަރެންވެސް މީ ކުރިން ކަލެއަށް މަރުދިން މީހެއް އެކަމަކު މިހާރު ކަލޭތީ ފޭލިއާރ އެއް

    17
    1
  11. މޮހޮނު

    އީވާގެ ބައްޕަހިންނަވަރު މީހެއްކަމަށް މަހީކުރަނީ

    9
    1
  12. ޢސދ

    މީ ކުޅޭ ކުޅިވަރެއް ، ރިޔާސީ އިންތިހާބު އިބޫއަށް ކާމިޔާބު ކޮށްދިނުމަށް ، ޖަހާ ސަކަރާތް ގަނޑެއް ، އަބަދުވެސް ނޫސްތަކުގައި އެމް.ޑީ.ޕީ.އެތެރޭގެ ކޯޅުންތަކުގެ ޙަބަރު ޖަހައިގެން ކުޅޭ ގޭމް ގަނޑެއް ..

    12
    1
  13. އަބުދުﷲ

    ކަމެއް ނުކުރެވި ބޮޑެތި ބޮޑެތި ޢައްދާރު ޚިޔާނާތްތެރި ނާޖާއިޒު ގައްދާރު ކަމުގަ އުޅެ ފަސް އަހަރު ނިމިއްޖެކަން އެނގުނީމަ ނިމިދިޔައީ އަހަރަމެންނާ ބެހޭ ކަމެއް ނޫނޭ އެއީ ހިއްނަވަރު މީހަކު ކުރި ކަމެކިޔާފަ ވަރައް ދެކޮޅު ގޮތްދައްކައިގެން އަލުން ހަމައެއްބައެއް ވެރިކަމައް އަންނަން ވެގެން ތަޅާ ހުސްއަނގަ.

    12
  14. ާޒާ

    ނަޝީދެވެ. ނަޝީދުގެ ޒަމާން ހިނގައްޖެއެވެ.

    12
  15. ގަލޮޅު ރައްޔިތު

    ނަޝީދަށް ކިރިޔަކިރިޔާ މަޖިލީހުން ގޮނޑިއެއް ވެސް ލިބުނީ. ފެން ކޮން ފުއްޕުމެއް ފުއްޕާމަށް ؟ އެއްވެސް މީހެއް ނޫން ތިއާ.

    13
  16. ލޮލް

    ނުދެ، ތަޅާނެ ކުދިންކޮޅެއް ހޯދައިގެން ތަޅަން ނުކުމޭ!

    11
  17. މޯދީ

    މިވަގުތު ތިހެން ހަދާފަ ރައްޔިތުންނަށް އޮޅުވާލާ. ފަހުން މަބުނާނަން ހަދަންވީގޮތް.

    10
  18. އަހްމަދު

    ކަލެޔަށް އިބޫ ބެލޭނީ ހަމައެކަނި ގަލޮޅުން ރައްޔިތުންގެ ނިކުމެ އަދި
    ކަލޭ ބާލާނެ މިގައުމުން ކުރިން އޮންނާނީ ވެރިކަމުން ވެސް ބަލާފަ
    ހަނދުމަ ނެތުނީތޯ

    13
    • ގަލޮޅު

      ގަލޮޅު އެންމެންގެ ތާއިދެއް ނެތް.

  19. އަޅެ

    ސުއްބުނާ ރައީސަށް ބަވަން

  20. ޙައްގުބަސް

    ﷲގެ އިރާދަފުޅާ މިންވަރުފުޅުން 2023 ގައި އެމްޑީޕީގެ ވެރިކަން ނިމުމަކަށް މިރާއްޖޭގެ ރައްޔިތުން ގެންނާނެ!! މިހާރު މިއޮތް ވެރިކަމަކީ ޚުދުމުޚުތާރު ގައުމަށް ހަރާމްކޯރުވެފައިވާ ވެރިކަމެއް!! މިވެރިކަމުގައި ތިބި ޣައްދާރުންނާ ގާނޫނުގެ ދިގުއަތް އަރާ ހަމަކުރަން ދެން އިރާދަކުރެއްވިއްޔާ މާގިނަދުވަހެއްނެތް!! މިނާގާބިލް މަރުމޯލުގެ ސަރުކާރުގެ ނިމުން އިރާދަކުރެއްވިޔާ މިވަނީ ވަރަށް ގާތުގައި!! އިންޑިޔާގެ މުސްލިމުންނަށް އަނިޔާވެރިވަމުންދާ ހިންދީ ހައްދުފަހައަނައަޅާފައިވާ ގެރިމޯދީގެ ސަރުކާރާ ބައިއަތު ހިފައިގެންއުޅޭ މިނާގާބިލް ސަރުކަރަށް މިހާރުވެސް ދިވެހި ރައްޔިތުންވަނީ ބޮޑުތަނުން ނޫނެކޭ ބުނެފަ!! މިނާގާބިލް ސަރުކާރާއެކު ގައުމު މިވަނީ ހުރިހާގޮތަކުން ފަހަތައް ސޮއްސާލާފަ!! އިންޑިޔާއައުޓް!!

    22
    3
  21. ސަންފާއޮނު

    ނަޝީދަށް އިނގޭތަ ނަޝީދަށް ތިބުނެވުނު އެއްޗެއް. ތި ހާމަކޮށްދެވުނީ އަންނިގެ މިހާރުގެ ސައިޒު. ގަލޮޅުވެސް ދުވަސްކޮޅަކުން ގެއްލިދާނެ.

    14
    1
  22. މުޙައްމަދު

    އެބަ ރަނގަޅުވޭ

    6
    2
  23. އަޙްމަދު

    ރިޔާސީ ޓިކެޓް ނުލީބޭނެކަމަށް ހީވާތީތޯ ތިހާރުޅިއައިސްގެން ތިއުޅެނީ!!!!

  24. ވަހުތާން

    ބޮޑުދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ.

  25. އައުޓު ދެބޯ ގެރި

    ދެބޯ ގެރި ދުއްވަނީ..މިއީ އިންޑިޔާގެ ގެރި ދުއްވުމެއް.ރައްޔިތުން ހޭ އަރާ.އއިންޑިޔާ މިލިޓަރީ އައުޓްކުރޭ