ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ފެއިލްވެފައިވާ ބޭފުޅެއް ކަމަށާއި އެކަން އިންޑިއާއަށް ވެސް އެނގޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދައިރާގެ މެންބަރު އަހްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ދިވެހިންގެ ތާއީދު ނެތް ކަމަށް އިންޑިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ސްޓަންޓްތަކަކީ އެމަނިކުފާނުގެ ސިޔާސީ އެޖެންޑާއަށް އިންޑިއާގެ އިތުބާރު އަލުން ލިބޭނެ ކަމުގެ އުންމީދުގައި އިންޑިއާ ރުއްސުމަށް ކުރައްވާ ކަމެއްކަމަށެވެ.

އެމަނިކުފާނުގެ މިފަދަ އުކުޅުތަކަކީ އެތައް ފަހަރަކު ޓެސްޓްކޮށް ފެއިލްވެފައިވާ ކަންކަން ކަމަށާއި އިންޑިއާއަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި "އިންޑިއާ ފަސްޓް" ޕޮލިސީ ގެ ފެށުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ނަމަވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ އެމަނިކުފާނު ދެކޮޅުކަން ޝިޔާމް ވަނީ ފާހަގަ ކުރައްވައިފައެވެ.

އިންޑިއާގައި ހުންނަވައި އެ ގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުން އެއްވެސް އިރަކު އިންޑިއާ އައުޓް ކެމްޕެއިނަށް ތާއީދު ނުކުރާ ކަމަށެވެ.

އިންޑިއާގެ ޓީޗަރުންނާއި ޑޮކްޓަރުން ހިމެނޭހެން އެގައުމުގެ އެތައް މަސައްކަތްތެރިންނެއް ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް ހިއްސާވާ ކަމަށާއި އެހެންކަމުން އިންޑިއާގެ ރައްޔިތުން ރާއްޖެއިން ފޭބުމަށް "ބޯ ހަމަޖެހޭ" އެއްވެސް ދިވެއްސަކު ގޮވައި ނުލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ރިޔާސީ އިންތިހާބާ ގުޅުވައި ކުރިއަށްގެންދާ ހަރަކާތެއްތޯ ނުވަތަ އެކަމުގައި ބައިނަލްއަގުވާމީ ފަރާތެއްގެ އަތެއް ވޭތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެއީ އިންތިހާބާ ގުޅުވައި ކުރިއަށްގެންދާ ހަރަކާތެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލްޖިބްރާ

    އަދި ފެންނަގޮތުން ފެއިލް ވެފައި ތިބިބަޔަކީ ކަލޭމެން !

    11
    48
    • ބަލްޖި ބުރާ

      ނަޝީދު ފެއިލްވިކަން އޭނަ އައްވެސް އެނގޭނެ. ކަލޭ ގަބޫލު ނުކުރަން ހިފިއަކަސް އެކަން ބަދަލެއް ނުވާނެ.

      3
      2
  2. ޕޮގުބާ

    އިންޑިޔާގެ ރަށްޔިތުންނަކީ ނިކަމެތިބައެއް އިންޑިޔާގެ މަސައްކަތްތެރިންނާއި ޑޮކްޓަރުންނާ ނަރުހުންނާއި ޓީޗަރުން ރާއްޖޭގަ މަސައްކަތްކުރަނީ ހިލޭ ސާބަހަށްތަ؟ މިހިރަ ދޮޅު ގަމާރާ

    3
    1
  3. ލޯބިވާ ވަޠަން

    އަލްޖިބްރާ ވެސް ތީ ފެއިލް ވެފަ ހުރި މީހެއް.

  4. ވިކިލީކް

    ޝިޔާމް ނައިފަރު ސުކޫލްއަޅަން ރޔާމީން ވެރިކަމުގައި ގެނަ ދަގަނޑުތައް އެހެރެ ދަބަރަށް ވެގެންދަނީ.. އެކަމް ކަލެއާ ކުރީގެ އެމްޕީ މުބީން އެހުރީ ސްކޫލް ނިމުންކަމަށް ހަދާފައި ހުރިހާ ފައިސާއެއް ނަގާފަ.. މިނޫނީ ބިމުއަޑިއަށް ހެދި ސުކޫލެއް ރާއްޖެއަކުވެސް ނެތް.... ވަގުތު ނޫހުންވެސް ޝިޔާމަށާއި މުބީނަށް މިސުވާލުކޮއްލަބަލަ.. މީ ނައިފަރު އެންމެނަށް އެނގޭ ބޮޑު ސިއްރެއް...

    1
    4
  5. ދިރާސާ

    ނަޝީދަކީ މިހާރު އިކޮޅުވެސް އެއްކޮޅުވެސް ، ކަލޭމެން ޝިޔާމުމެންނަކަށް ކެންޑިޑޭޓެއް ނުދެއްކޭ އަދިވެސް ، ޔާމިން ހުރީ މާދަމާވެސް ހުކުމެއް ކޮއްފައި ޖަލަށް ލާ ހިސާބުގައި. ނަޝީދު އެ ކުޅެނީ އޭނާއަށާއި ، ސޯލިހުއަށް ރައްޔިތުންގެ ތާއިދު ބާހާލުމުގެ ކުޅިގަނޑު. އޭރުން ކުޑަ ޕަސެންޓަކުން ނަމަވެސް އެމް.ޑީ.ޕީ ޢަށް 2 ވަނަ ދައުރު ލިބޭނީ..

    1
    2
  6. އާދަމް

    ނަޝީދު އާއި ނަޝީދު ފެކުޝަން ފެއިލްވެ ނިމިއްޖެ. ޗެއަރޕަރސަން ކަމަށް ފަޔާ ހޮވުމަށްފަހު ނަޝީދު ސަންދޯކުގެ ކޮޅުފިލަލަށް މޮހޮރު ޖަހާނެ... މިގައުމުން އިސްލާންދީން ފުހެލަން ރައްޔިތުން ތާއީދު ނުކުރާކަން ހާމަވެ ނިމިއްޖެ. އަލްޙަމްދުލިﷲ

  7. މާސްޓަރ

    ގުދޯ ދުދޯ ގޮވޭ އިރުވެސް ނޭގޭ! އިންތިޚާބުން ބަލިވެ ފޭލިވީ ކަލޭމެން. ނަޝީދު އާ ވާދަކޮށްލަންވެސް ނުކެރި ހައްޔަރުކޮށްގެން އެހެން މީހަކު ނެރެގެން އުޅުނީމަވެސް ވީ ބަލި!

  8. ވގ13

    ތީ ބޮޑެތި ވަގުން ފޭލްވުމައްވުރެ މާނުބައި

    1
    3
  9. ވެލާނާގ

    ތިހާ ތާއިދު އޮތީމަދޯ ބިރުހީވެގެން ހަކުރާގެ ޒަންގީހެ އިރު އިރު ކޮޅާ އިންޑިއާއަށްގޮސް
    އެމީހުންގެ ފައިބުޑަވެއްޓި ރޮއިއާދޭސް ދަނަވަނީ

    4
    1
  10. ގލޅ

    ރާ އްޖޭގެ އެ އްވެސް ކަމެ އްގަ އި ނަސީދު ބަ އިވެރިކުރަން
    ޖާގަ ދީގެން ނުވާނެ އެވެ.

    4
    1
  11. މައުމޫން ޒަކަރިއްޔާ

    އަޅުގަނޑަކީ ނަޝީދުއަށް އަދި ސިޔާސީ އެއްވެސް ފަރުދަކަށް ތާއީދު ކުރާ މީހެއްނޫން. އެކަމަކު އަޅުގަނޑަށް ސިޔާސީ ކަންކަން އިނގޭ މިންވަރަށް ބަލާފަ އަޅުގަނޑަށް ވިސްނޭ ގޮތުގައި ދިވެހިރާއްޖޭގައު ސިޔާސީ މަސައްކަތުގައި ނަޝީދު އާ އަރާ ހަމަކުރަން ޝިޔާމް މެން އަދި ވިއްސަކަށް އަހަރު މަސައްކަތް ކުރިއަސް ނަޝީދުއާ އަރާ ހަމަ ނުކުރެވޭނެެއެވެ.

    2
    4
  12. ރާއްޖެތެރެ

    މާބޮޑައްވެސް ރައްޖޭން ޖާގައެއް ނެއް ނަޝީދަކަ

    4
    1
  13. congratulations 123

    ކޮރަޕްޓަނާއި ވައްކަމުގައި ފެއިލްވެފަތިބީ ޕޕއމ ކަލޭމެން!! 😡

    1
    5