ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭނުން ވަނީ ސާފުތާހިރު ކެނޑިޑޭޓެއްކަމަށް އެމްޑީޕީގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވަމުން އަންނައިރު، އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ޕާޓީ ވަނީ ވަރަށް ބޮޑަށް ބައިބައި ވެފައެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ވާދަކުރައްވާނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ.

އިންޑިއާގެ ދޫރުދަރުޝަން ޗެނަލަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެސް ވަކި ބޭފުޅަކަށް ތާއިދުުކުރައްވާކަން ހާމަކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ދެބޭފުޅުންގެ ވެސް ވިސްނުމާ ތާއިދު ހުރި ގޮތް ވަރަށް ސާފް ކަމަށެވެ.

އެމްޑީޕީގެ އިންތިހާބުގެ ފޯރިގަދަކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް މިހާރު ފެންނަނީ ރީނދޫ ކުލަ އަދި އެމްޑީޕީގެ ދިދަ ކަމަށެވެ. އަދި ދެކެނޑިޑޭޓުން ވާދަވެރިކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، "ހަގީގީ ކުލައަކީ ރީނދޫ ކުލަ" ކަމަށެވެ.

"ރަނގަޅު، ދެ ކެންޑިޑޭޓުން އެކަކު އެނަކަކާ ވާދަ އެބަކުރޭ. އެކަމަކު ހަގީގީ ކުލައަކީ ރީނދޫ ކުލަ. މުޅި ގައުމުގައި މިހާރު އޮތީ ރީނދޫ ކުލަ. އަދި މި ކެމްޕޭނުގެ ތެރެއިން އެހެން ކެމްޕޭނުތަކުގެ އަޑު ކަނޑުވާލައިފިން" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުއާ އެންމެ ގާތުން ހަރަކާތްތެރިވާ ބޭފުޅުން އަދި ނަޝީދުގެވެސް ތާއީދު އޮތީ އިންތިއަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހް ތާއިދުކުރައްވަނީ ފައްޔާޒްއަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ތެދުވެރި، އަދި ސާފުތާހިރު ކެންޑިޑޭޓަކު ވަރަށް ވެސް މުހިންމު ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މާމީ

    މުޑުދާރު ކެނޑިޑޭޓެއް ވެސް އެބައުޅޭދޯ؟

    16
  2. ހަސަނާ

    #އިންޑިއާއައުޓް

    21
    1
  3. ޚަލީލު

    އެމްޑީޕީގެ ރައީސަކަށް ހުރީ ސާފުތާހިރު މީހެއްތަ؟ ވައްކަން ކޮށްގެން އަރުވާލާފައި ހުރި މީހެއް. ތިޔަ ޕާޓީގައި އުޅޭތަ ސާފުތާހިރު މީހެއް؟ ެ

    25
    1
  4. ހުސޭނުބޭ

    ތިއީ ޔަހުޔާ ހުދު ކާޅެއް ހިފުންފަދަ ކަމެއް! ތިވަރު މީހަކު ނުހުންނާނެ! އެންމެ މޮޅު ގޮތަކީ ތި މަޤާމު އުވާލުން. ކޮލިފައިވާވަރުގެ ބޭފުޅަކުވެސް ނެތުމުން.

    21
    1
  5. ސުންފާ ގޮން

    ނަށިދު ބަދަުވެސް އުޅެނީ އިސްލާމްދީނާ ލެޑިގަނެގެން. ތިޔަށްވުރެ ނުތާހިރު މީހަކު ހުންނާނެތަ؟

    23
    1
  6. ހަސަން ކުރުސި

    ސާފުތާހިރު އެކަތިވެސްނެތް. މުޅިންވެސް ކޮރަޕްޓުމީހުން

    22
    1
  7. ހަގީގަތް

    ތިބުނާ "ސާފު ތާހިރު" މީހެއް ތިޔަ އެމްޑިޕީގަ އުޅޭތަ؟🤔 ލޮލް 😂

    24
    1
    • ބީތާ

      މިހުންނަނީ މުޑުދާރު ވާހަކަ. ނަމުގެ ކުރިޔަށް އަމިއްލައަށް އިއްޒަތްތެރި ލައިގެންއުޅޭ މުޑުދާރު މީހުން ދައްކަން ކަމުނުދާ، މުޑުދާރު ވާހަކަ.

  8. ހައްދުންމަތި

    އިންސާނުން ގެ ތެރެއިން ވަކި ނަސްލެއް ނުވަތަ ވަކި މީހަކީ ނަޖިހެއްކަމަށް ދެކޭނީ ވަރަށް ކޮށިވިސްނުން ހުންނަ ނާގާބިލު ނުކުޅެދުންތެރިން..

    އެމީހުންގެ އެދުން ބޮޑުވެގެން ގޮސް އެމީހުން ރުހޭ މީހުންފިޔަވައި ދެންތިބޭނީ ވަރަށް ދަށުދަރަޖައިގެ ނިކަމެތީންގެ ގޮތުގައި އެފަދަ ނާތަހުޒީބުންނަށް ފެންނާނީ..

    އަނެއްކާ އަންނިވެސް އެގްރޫޕަށް ވެއްޓުނީ ބާ؟

    15
    • ފަރަގު

      އިސްލާމްދީނުގައި ވަނީ ތޯހިރުމީހުންނާ މުޑުދާރުމީހުން ކަނޑައަޅާ ބަޔާން ކުރައްވާފައެވެ. ތޯހިރުމީހުންނަކީ އީމާނުގެ އަހުލުވެރިންނެވެ. ޔަޢުނީ ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހުންނެވެ. އެނޫންމީހުންނަކީ ޝިރުކުކުރާ މީހުންނަކީ މުޑުދާރުމީހުންނެވެ.
      ވަﷲ އަޢުލަމް.

  9. ލާމު

    ތިބޭފުޅާގެ ނަޒަރުގައި އެފަދަ .މީހަކީ ހަމައެކަނި ތިބޭފުޅާ. ދެންތިބޭނީ ތިބޭފުޅާގެ ސިކުނޑިން ވިސްނާ މީހުން. މިކަން ވަރަަށް ސާފު.

    16
    1
  10. ލޮލް

    އެމްޑީޕީއަށް ބޭނުންވަނީ ސާފުތާހިރު އިސްލާމީ އަޚުލާގުން ޒީނަތްތެރިވެފައިވާ ރައީސެއް. ކަނޑުކޮސް އަނގަތަޅާ ދޫނުބައި ރައީސެއްނޫން. ޕާޓީގެ ރައީސަކަށް ހުންނަމީހާ ރަނގަޅުވީމަ ޕާޓީގެ އެހެންކަންކަންވެސް ރަނގަޅުވާނެ.

    17
  11. އެމްޑީޕީގެ ސަޕޯޓަރ

    ސާފު މީހަކު ހޮވާންޖެހޭ ތަނަކަށް އިމްތި އެއްގޮތަކަށްވެ ސް ކަމަކުނުދޭ.. ގާތް މީހަކަށް ވަޒީފާދޭން ކުރި މެސެޖްތަކޯ! ޕޯޑިއަމް ތަކުގަ ހެދި ދޮގުތަކޯ! ވެންޓިލޭޓަރތަކުން ނެގި ކަޓުތަކޯ! ރައްޔިތުން ލޮކްޑައުންކޮށްފަ ކުރި ޕާޓީތަކޯ! ސުމެއްގެ މީހެއް ހަމަ. އެއްގޮތަކަށްވެސް ކަމަމުނުދޭ.

    20
  12. އ އައުޓު

    މަޖިލީސް ރައީސަކަށް އަދި ނައިބުރައީސަކަށް ވެސް ބޭނުންވަނީ ސާފުތާހިރު މުސްލިމް ދެމީހުން،

    23
    1
  13. މަބޭ

    ތާހިރު ؟

    12
  14. ދަސްވެއްޖެ

    ތިތާކު ނެތް ސާފުތާހިރު އެކަކުވެސް. ތީ އަދި އެންމެ ނުތާހިރު މީހާ

    21
    1
    • ލޮލް

      ނުތާހިރު މީހާއެއް ނޫން، މުޑުދާރު މީހާ. އެމީހުން އަހަރެމެންގެ އުސްތާޛުންނަށް މުޚާތަބުކުރާގޮތަށް އަހަރެމެން އެމީހުންނާ މުޚާތަބުކުރަންވާނީ.

  15. މުށި މަސް

    މިގައުމުގަ ސިޔާސީ އަދި ސަރުކާރު ސިވިލް ސަރވަންޓްސް ގެ ތެރޭގައި ސާފު ތާހިރު މީހުން ވަރައް މަދު. ސާފުވެގެން އެއްކަމެއްވެސް މިގައުމަކު ނުކުރެވޭނެ. ނުވެސް ވާނެ.

  16. ޙަޒާ

    ތިޕާޓީގައި ހުންނާނީ ހުރިހާކަމަކުން ފާސްވާނެ އެއްމެ ކެންޑިޑޭޓެއް.. އެއީ ކަލޭ.

  17. ޢަލީ

    ތިޔަބުނާ ސާފުތޯހިރު ކެނޑިޑޭޓެއް ފެންނާކަށްނެތް

  18. އަލީ

    އިންޑިއާ އައުޓް

  19. ޖާނޭ

    ތިޔަ ކިޔާ އެއްޗެއް ސާފެއް ނުވޭ. ބުނަންވީނުން ނިވެނި މީހަކީ ވަގެކޭ. އެހެން ނުބުނެ ފަސްފުނީގެ ވަށާ އެނބުރޭ ބުޅަލެއް ކަހަލަ، ކުރަން އުޅޭކަމެއް، ބުނަން އުޅޭ އެއްޗެއް ސާފުނުވާ ގޮތަށް ތަޅުވަނީ. ތިޔަޕާރޓީ އަކީ ކޮރަޕްޝަނުން ފޯވެފައި ތިބި ވަގުންގެ ޕާރޓިއެް.

  20. ޙަަަހަ

    އިންތިގެ ޗެޓްލޮގުން އެގިލައްވާ ތާހިރުކަން

  21. ސާފުތާހިރު

    ޢެބުނާ ސާފުތާހިރު މީހަކު އެމްޑީޕީގަ އެބަހުރިބާ އެމްޑީޕީގަނެތްކޮރޮޕްޓުނުވާހަމައެކަކުވެސް ދެންސާފުތާހިރު މީހަކުހޯދަނީ ކޮންތާކުން އެމީހަކު އުފަންނުވާނެ އެމްޑީޕީއަކުން