ކުރީގެ ރައީސް އަބްދުﷲ ޔާމީން ސައިޒު ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ މެމްބަރެއްކަން އެނގިއްޖެއެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ރައީސް ޔާމީނަށް އިންޒާރު ދީފައިވާއިރު، އެ ވީޑިއޯއިން ފެނިގެން ދަނީ އެމްޓީޑީގެ މެމްބަރެއް ކަމަށްވާ ހުސެއިން ސައީދުއެވެ. އޭނާއަކީ އެޕާޓީގެ 7 ވަނަ މެމްބަރު ވެސް މެއެވެ.

ވީޑިއޯ އާންމު ކުރުމަށްފަހު އޭނާ ވަނީ އޭނާގެ އަމިއްލަ ޓުވިޓާ އެކައުންޓުގައި ވެސް ކުރީގެ ރައީސް ޔާމީނަށް ނިސްބަތްވާ ގޮތަށް ވާހަކަ ދައްކާފައެވެ.

އޭނާ ބުނެފައިވަނީ އެންމެ މީހަކު ނަސްލީ ތަފާތު ކުރުމުގެ އެޖެންޑާއަކާއި ނަފްރަތު އުފެއްދުމުގެ އެޖެންޑާއެއް އުފައްދައިގެން ޒުވާން ޖީލު ހަލާކު ކޮށްލަން މަސައްކަތް ކުރާ ކަމަށާއި އެކަން އެގޮތަށް ވިޔަކަ ނުދޭނެ ކަމަށެވެ.

ރައީސް ޔާމީނަށް އިންޒާރު ދީ އާންމު ކޮށްފައިވާ ވީޑިއޯގައި ބުނެފައިވަނީ ކުރިން ވެރިކަން ކުރި މީހަކު ގައުމު އިނދަ ޖައްސާލަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން އެހެން ވިޔަ ނުދޭނެ ކަމަށެވެ. ދިވެހި ދިފާއީ ބާރު އެހެން ގައުމެއްގެ ދަށުވެފަ ކަމަށްބުނެ ހަދަނީ ދޮގު ކަމަށް ވެސް ވީޑިއޯގައި ބުނެފައިވެއެވެ.

އަދީބު އުފައްދާފައިވާ ސިޔާސީ ޕާޓީގެ މެންބަރަކު ރައީސް ޔާމީނަށް އިންޒާރު ދީފައި މިވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭން ވަރަށް ވަރުގަދަ ކޮށްފައި ވަނިކޮށެވެ. އަދި އެހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ރިޔާސީ ޤަރާރެއް ނެރުއްވާ، ހިޔާލު ފާޅުކުރުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީނަށް ހުސެއިން ސައީދު އިންޒާރު ދިން މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. ނަމަވެސް ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ އާއި ގުޅޭ ގޮތުން އަދި މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހަސަނު

    ޖަމަލު ފޮޑި

    65
    • ބޮލުރޮދި

      ކަލޯ ޔާމިން ބިރުންގޮސް ހުން އައިސްގެން ގޭ ހުރި ހުރިހާ ދޮރެއް ތަޅުލާގެން ކޮޓަރިއަށްވަދެ ފިލާ އެބައޮތް ތިކަޖަލަ ގައުމައްގައްދާރު ޔަހޫދީ ލަދީނީ ލޭހިނގާ ރަނޑު ފިރިހެން ސޮޑެއް ހެން ހުރި ރޮގާއްޔަކު ތިހެން މޮޔަގޮވީމަ އޮރިޔާންވަނީ އަމިއްލަޔަށް ބޮލުރިދިކެންޑިފަ ހުރި މަރުކޮހަކާ ވައްތަރީ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

      45
      1
  2. ޭއަޒްރާ

    ހެހެހޭ މޯލްޑިވްސް ތިޖޫރި ދޮވެލި ޕާޓީ އެމް ޓީ ޑީ

    80
  3. އަލީ

    ޔާމީނު ސައިޒުކުރުމުގެ ކުރިން މާތްﷲ އޭނާ ސައިޒުކުރައްވާ ބަލިކުރައްވާށި. އާމީން

    97
    5
  4. މުހައްމަދުި

    މިކަލޭގެ މަޝްހޫވާވެގެން އުޅެގެން އަތަށްގޮވީ...

    76
  5. އެޖެންޑާ

    އިންޑިއާ އައުޓު ހަރަކާތަކީ ރައީސް ޔާމީންގެ ވެރިކަމުގައި ގައުމަށާއި ޢާމުންނަށް ކުއްލިގޮތަކަށް ކޮށްދީފައިވާ އަގުނުކުރެވޭ ޚިދުމަތްތަކާއި އެއްގޮތަށް، މިހާރުވެސް ގައުމަށް ކުރިމަތިވަމުން އަންނަ ނުރައްކަލުން ގައުމު ސަލާމަތްކުރުމަށް ވާގުރުބާނީއެއް..
    ކުރިން ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރަން
    ނޭނގޭބަޔަކު ތިބިހެން، ބޮޑެތިކުށުގެ މަތިއޮމާންކުރުމަށް ގޭސްއެބުރުމަށްވެސް ބަޔަކުތިބޭ

    73
    2
  6. ލުޓޭރުންގެ ސަރުކާރު

    ބަންޑާރަ ހެ ކިދޭ މމޕރސ ގެ ވަގުލާރިން އިންޑިޔާގެ ދިފާއުގަނު ކުމެ އަހަރެމެންގެ ލޯބިވާ ދިވެހި ރައީސަށް އިންޒާރުދިނުން ގަބޫލެނު ކުރެވޭނެ އިންޑިޔަން އިބޫފޯސް ފުލުހުން ގައްދާރުން ހަނުތިބެ ދިވެހިންގެ ފައިސާއިން ބަނޑުފުރަމުން ދިވެހިގައުމާ ދެ ކޮޅު ޙާއިނުން ހިމާޔަ ކުރަނީ..

    60
    1
  7. ހަސަން

    އިންސާނުންގެތެރޭގަވެސް އުޅޭނެ ތިފަދަމީހުން. އެމީހުންނަކީ ކަނުބައެއް ތިމާއަށް ފެންނަގޮތަކީ އެންމެމޮޅު އެންމެން ގަބޫލުކުރަންޖެހޭގޮތްކަމަށް ދެކޭނީ. އެއީ ތިމާގެ ސިކުނޑީގެ އުނިކަންކަމެއް ނުވިސްނޭނެ. ވާހަކައެއްބުނާއިރު ވިސްނޭނީ ހަމަ ތިމާގެ އުނި ހަނި ދާއިރާއަށް. އެފަދަ މީހުންނަކީ މޮޔައިން.

    44
    2
  8. ހުސޭނުބޭ

    ތި ޔޯތު ފޯސް ތިއީ އެމްޑީޕީ ގުންޑާ ގްރޫޕް. އެ މީހުންނަށް އޮންނާނީ ތަންޔަނުގެ ހަމަޖެހުން ނަގާލުން. އެމީހުން ޖަހާފައި އިްނނަ ނިޝާނަކީ ފެބްރުއަރީ 8 ގައި ރާއްޖެ ހުޅުޖެހުން ރަމްޒުކޮށްދޭ ނިޝާން

    60
    1
  9. މާލެމީހާ

    މޮޔަ ސޮރެއް

    57
  10. ވހދ

    އަދީބަކީ ރައީސް ޔާމީންގެ ސަރުކާރު ބަލިކަށިކުރަން ރައީސް ނަޝީދު ގެންގުޅޭ ފަންޔެއްކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ އިރު މިވެސް ހަމަ ރައީސް ނަޝީދު ކުރުވާކަމެއްކަމާ މެދު ށައްކެއް ނެތް.

    28
  11. ޕޮގުބާ

    ނުވާނެ ތިކަމެއް ޔާމީން އަކާ ނުކުޅެވޭވެ އެއީ ހިދުމަތްތެރި ފަހުލަވާނެއް

    28
  12. ޕޮގުބާ

    ރައީސް ޔާމީނަށް އިންޒާރު ދޭނީވެސް ކަނޑް ކޮހެއް އެމައްސަލަ ޕޮލިހަށް ހުށައަޅާނީވެސް ކޮހެއް އެމައްސަލަ ބަލައިގަންނާނީވެސް ކޮހެއް ޔާމީން އާ ގުޅިފަހުރި ގޭންގްތަށް މާ ޖާހިލުވާނެ ރައީސްޔާމީން އަށް އެނގޭނެ ދިވެހި ސަރުކާރުގެ ހުރިހާކަމެއް

    10
    2
  13. ޖުލައި

    އިޢުލާނުކޮށްގެން އަތުގަ ހުރި އެއްޗެއް ހިފައިގެން ނުކުމެބަލަ ކެރެންޏާ. ވާގޮތެއް އެނގިދާނެތާ

    19
  14. ޫރހދޖ

    އިންޑިއާ އައުޓް.
    އައްޑޫގައި ހަދާ މަގުތައް ނިމޭއިރު ހުންނާނީ ޓްރިވަންޑްރަމްގެ މަގުތައް ހުންނަ ގޮތަށް.
    ކާނުތަކުގެ މަތިގަނޑު ބިންދައިގެން ގޮސް.
    ތާރުއަޅާ މަގުތައްވެސް ހަދާގޮތް އެހާކަޑަ.

    24
  15. ރަދީފް

    އަހަރެން ކަލެއަށް އިންޒާރުދެން.ސާފްވެއްޖެ ބާ؟؟

    22
  16. ކިނބޫ

    މީ އަފްރާޝީން މަރާލިކަމަށް ބެލެވޭ ހުމާމްގެ ޅިޔަނެއްހެން ހީވަނީ.

    21
  17. ސުންބުލި

    ޔާމިން އެއިީ ހެޔޮލަފާ ވެރިޔެއް!.މިގައުމު މިހަާތަނައް ދެކެފަނުވާ ހިއްވަރު ގަދަ،ލާމަސީލު ވެރިޔެއް.ކިތަންމެ އިންޒާރު ދީ ބިރުދެއްކިޔަސް ފަހަތަކައް ނުޖެހޭނެ ބޭފުޅެކެވެ.ދިވެހިން ދެކެ ލޯބިވާ ވެރިޔެއް!

  18. ސުވައިދާ

    މީކާކުތަ؟މަޝްހޫރުވެލަން ކުރިކަމެއް.

  19. ބުލް ބުލް

    ސިޔާސީ މާވަރުގަދަ މީހަކަށްވާންވެގެން އެއްވެސް ޕާޓީއަކުން ހުށަހެޅުމެއް އާދޭތޯ ކޮށްލި ކަމެއް.ކުރިޔަށް އޮތީ ރިޔާސި އިންތިހާބުވީމަ.އެކަމަކު އަތަށް ގޮވީ މިފަހަރު.އެންމެނަށް އެނގިއްޖެ އެއްވެސް އުރައްޕެއްހުރި ބަޔެއްނޫންކަން.

    6
    1
  20. ހަފުސް

    ކަލޭ ހީކުރަނީ ތިޔަހެންބުނެ ޔާމީނު ސައިޒުކުރެވޭކކަމައްތަ! ކިލޯ ވިސްނާލަ

  21. ހަވަސްހަފުސް

    ކަލޭ ހީކުރަނީ ތިޔަހެންބުނެ ޔާމީނު ސައިޒުކުރެވޭކކަމައްތަ! ކިލޯ ވިސްނާލަ

  22. މަޑީސް

    ބަލަގަމިހާރުވެސްތިގޮތައްއެއްވެސްކަމެތްނުކޮއްބޮޑިބަދެގެންތިތިބެވެނީ ޔާމީންފަސްއަހަރުގެފުރިހަމަހެޔޮވެރިކަމުގެފައިދާ އާއިނަފާވެރިކަމުން ހަމަހޭހުރިކޮމްމެއިންސާނަކުވެސް ޔަގީންކުރާނެކަންޔަގީން ސސސ