ބަރަކާތްތެރި ފިތުރު އީދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާ ކުރަން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ފިތުރު އީދު ދުވަހާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ އީދަކީ މުޖުތަމައުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އަޅާލުމާއި، އެކުވެރިން އާލާކުރުމަށް ކޮންމެ ބޭފުޅަކުވެސް އަޒުމް ކަނޑާ އީދެއް ކަމުގައި ހެއްދެވުމަށް އިލްތިމާސް ކުރައްވައިފައެވެ.

މޭޔަރުގެ އީދު ތަހުނިޔާގެ އިތުރުން ބަރަކާތްތެރި ފިތުރު އީދާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މާލެ ސިޓީގެ އެންމެހާ ރައްޔިތުންނަށް އެސްއެމްއެސް މެދުވެރިކޮށް އީދު ތަހުނިޔާ ފޮނުވައިފައެވެ.

ކައުންސިލްގެ އީދު މެސެޖާއެކު ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ މާލެ ސިޓީގެ ރައްޔިތުންނަށް މާލެ ސިޓީ ކައުންސިލުން އީދު ތަޙުނިޔާ ކިޔުމަކީ ލިބުނު ބޮޑު އުފަލެއް ކަމުގައި ފާހަގަކޮށް ގިނަ ބަޔަކު ވަނީ މާލެ ސިޓީގެ މޭޔަރަށާއި، މާލެ ސިޓީ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މި އީދުގައި އެއްބައިވަންތަކަން އާލާކުރަން އަޒުމް ކަނޑައެޅުމަށްޓަކައި ކަލޭ ކުރަންވީ ކަމަކީ ސިޓީ ކައުންސިލުގައިވާ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ޕީޕީ މީހުންނަށް ވަޒީފާދިނުން. އޭރުން ކަލޭމެންގެ ފޮތުން ކަލެއަށް އޮންނާނީ އެ އަޒުމު ކަނޑައެޅިފަ. ކަލޭ ހޮވި މާލޭގެ ބްލޮކު މާސްޓަރުން ކޮބާތަ؟

    5
    1
  2. ބަޑަންޑޫ

    އާން އެއްބައިވަންތަ ކުރަނީތި އަމަލުން ތިކަން ދައްކަބަލަ އަބަދު ފެންނަނީ ކޮންމެވެސް ހާޖާނެއްހަދާ ފިތުނަފަސާދަކުރަން އުޅޭ މަންޒަރު