ހިތްހަމަ ޖެހުނަސް ނުޖެހުނަސް އެމްޑީޕީއަކީ އެއްވެސް މީހެއްގެ އެއްޗެއް ނޫންކަމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

މެންބަރު އަހުމަދު ވިދާޅުވީ ހިހަމަ ޖެހުނަސް ނުޖެހުނަސް އެމްޑީޕީއަކީ އެއްވެސް މީހެއްގެ އެއްޗެއް ނޫންކަމަށާއި، ތިލަފަތަކީ އެއްވެސް މީހެއްގެ ރަމްޒެއްވެސް ނޫންކަމަށެވެ.

އެމްޑީޕީގެ ދިދައިގައި ދައްކުވައިދޭ ތިލަފަތަށް އިޝާރާތްކުރައްވާ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ސްލޯގަންއަކީ ތިލަފަތުގެ ރަމްޒެވެ. އިންތިއާއިއެކު މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލެވެ.

ދެބޭފުޅުންގެ ކެމްޕެއިން ފޯރީގައި އަދި ވާދަވެރިކަމާއެކު ކުރިއަށް ގެންދާއިރު ދެބައި މީހުންވެސް ގެންދަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުންނެވެ. ބާރަށު ދާއިރާގެ މެންބަރު އަހުމަދު ތާއިދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިހާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރާކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ކަން ބެލުމަށް އެމްޑީޕީގެ ކަމާއިބެހޭ ކޮމެޓީއަށް ހުށަހެޅުުން ނިންމާފައިވަނީ، އިންތިހާބަށް ނުފޫޒު ފޯރުވާކަމަށެވެ.

ނަމަވެސް ފައްޔާޒުގެ ޓީމުން ވަނީ މިއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއްކަމަށް ބުނެފައެވެ. މިއިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވަނީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއްވެސް ސާފުވާނެ އިންތިހާބަކަށް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަޢީދު

    އެމްޑީޕީގެ މެމްބަރުންގެ ވޯޓާ ލިސްޓާ މެދު ސަމާލުވެލައްވާ. ތި ރަމްޒް ގެ ފަޅިން ލިސްޓަށް އެތައްބައެއް އެބަ އިތުރުކުރޭ. ވޯޓު ގަތުމަށް އަވަށްޓެރި ގައުމަކުން އެތައް ކަމެއް އެބަކުރޭ. ޕާޓީގެ ތެރެއަށް ފައިސާދީގެން ރަށްރަށުން މެމްބަރުން އެބަގަނޭ ރަމްޒު ހޮވަން.

  2. ރަން ރީނދޫ

    އެއީ ތެދެއް. ތިލަފަތަކީ ޓެރަރިޒަމްގެ ރަމްޒް. ތަންތަން ހުޅުޖެހުމާއި،ފިތުނަ ފަސާދައާއި މީހުންނަށް އާޑަ ފުރައްސާރަ ކުރުމުގެ ރަމްޒް. އަދި ލާދީނިއްޔަތުގެ ރަމްޒް. ބައިތުލްމާލް ދޮވެލުމުގެ ރަމްޒް.ނާތަހުޒީބުގެ ރަމްޒް. އިނދަޖެހުމުގެ ރަމްޒުވެސްމެ.

  3. ކޮރަލް

    ދީނައް ފުރައްސާރަ ކޮށް ވާހަކަ ދައްކާ އެއްވެސް މީހެއްގެ ފަހަތަކަށް ނުދެވޭނެ އެވެ. އެއީ ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ.

  4. ތިރިބެ

    ފެނަކައިން ރައްރަށައް ކޭބަލު ސަޕުލައި ކުރުން އެއީވެސް ރަމުޒެއް، އެސްއެމްވީ ބޭކައް ގެނައި ޑޮލަރު ބުލެކު މާކެޓުވިއްކުން އެއީވެސް އ ރަމުޒެއް ފެނަކައިން އެއްޕީއަކައް ކަރައްޓުނަރު ކޭބަލު ސޮޕުން ގަނެފަ އެތަކެތި ފެނަކަދޯނީގަ ރައްރަށައް ގެއްގޮސްދީގެ 30 މިލިޔައް އެވެސް ރަމުޒެއް .

  5. ތިކުރީތު

    ތިޔަ ގޮލައަކީ ޔާމީނު ވެރިކަމު އެމްޑީޕީ އެތެރޭގަ ސިއްރުތައް ޕީޕީއެމްއައް ދީ ގެއް އޭރު އެމްޕީއެލް އިން ބައިވަރު ޕުރަޖެކުޓު ހޯދި ގޮލައެއް މާވެގަނަގެއް އުޅެނީ

  6. ރޮޒައިނާ

    ތި ތިލަފަތަކީ މާކުރީގެ ވާސަނެ ތިލަފަތް މިހާރުއޮތީ ދަބަރުޖަހާފަ