ރައީސް ޔާމީންގެ ސަލާމަތާއި މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ޔޫތް ވިންގއިން ބުނެފިއެވެ.

އެ ޕާޓީގެ ޔޫތް ވިންގއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް މީސް މީޑިއާގައި އިންޒާރު ދިން މައްސަލަ ޕާޓީގެ ހުރިހާ ގުވަނަކުން ސަރުކާރުގެ ހުރިހާ މުވައްސަސާތަކަށް ހުށަހަޅާފައި ވަނިކޮށް، އެއްވެސް ޖަވާބެއް ނުލިބި ހުއްޓާ ބަޔަކު މީހުން އެމަނިކުފާނުގެ ގެކޮޅު ކުރިމައްޗަށް އެއްޗެ އަޑުގަދަ ކުރި ކުރުމާއި މެދު ކަންބޮޑުވާ ކަމަށެވެ.

އަދި މިއީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް، އިންޑިއާ އެމްބަސީން ފައިސާ ދީގެން ކުރާ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ޔޫތް ވިންގއިން ތުހުމަތު ކުރެއެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެމްޑީޕީ ސަރުކާރަކީ އަބަދުވެސް މަގުމަތިން ކަންކަން ނިންމަން ބޭނުންވާ ބައެއްކަން،".

އަދި މިއީ އެ ކޯލިޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ފަނޑުކޮށްލަން އިންޑިއާއިން ފަންޑުކޮށްގެން ކުރިއަށްގެންދާ ކަމެއް ކަމަށާއި، މިއީ އެކަމުގެ އަޑު ކަނޑުވާލަން ކުރާ ކަމެއް ކަމަށް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަލާމަތާއި މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، އަދި އެ ޕާޓީގެ ކޮންމެ ޔޫތް މެންބަރެއްގެ ސަލާމާތާއި މެދު ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ނަފްސަށް އަދި ޖިސްމަށް އަތުވެދާނެ ނުރައްކަލަކަށް ބެލުމެއް ނެތި، އެއްްވެސް ހާލެއްގައި މިތާގައި އިންޑިއާގެ ރައްޔިތުން ތިބޭތި ކަންބޮޑުވެގެން ނޫން".

ކަންބޮޑުވުމަކީ އިންޑިއާގެ މިލިޓަރީ ސިފައިން ގޮތްނޭނގޭ އެއްބަސްވުންތަކެއް ހަދައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ތަބަކަކަށް ލާ ވިއްކާލާތީ ކަމަށް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިިބިވަޑައިގެންނެވި ފަދަ ހަމަލާއެއް، ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަން ނޭދޭ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ކަންބޮޑުވާން ޖެހޭ، މިވަރުގެ ހަރަކާތެއް ރޭވިގެން ރައީސް ޔާމީންގެ ގެކޮޅުގެ 30 ފޫޓު ކައިރިއަށް ބަޔަކު މީހުން އެއްވެ މިވަރުގެ ހަރަކާތެއް ރޭވިއިރު، ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސް ފެއިލްވެފައި އޮތީމަ.". މިއީ ރާއްޖޭގައި ވެރިކަން ކުރަން ތިބި މީހުން އަޑީގައި ތިބެގެން ބާރު ދީގެން ހިންގާ ކަމެއްކަން ސިފަ ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢހ

    2023 އަހަރުމެން ނުކުންނާނަން ބޮޑުވަގު އަދީބް މާރިއާ ހައްޔަރު ކުރަން

    4
    2
  2. ޢަ

    މާރިއާ ހަދާން ކުރާތި ތިއޮތީ ނުރައްކާ މީހުންނަށް އެއްބާރުލުން ދެވިފައި ކަމަން

    5
    2
  3. އަލްޖިބްރާ

    މަވަރުގެ މީހަކު ނެތިގެން ދެކޮޅަށް ދުވެ ތެޅިބާލާ މީހުނަށް އަދިވެސް އިތުރު ކަންތަކާ ކުރިމަތި ލާން ޖެހޭނެ ! ލިބުނު މޮޅައިގެން މަތިރިވެގެން ހުރެބަލަ ! ކަލޭގެ ފަހަތުން އޭރުން މީހުނެއް ނުދުވާނެ ! މިވައްތަރަށް ތެޅިބޭލީމާ ރައްޔިތުން ވަރަށް ސަޕޯރޓް ކުރާނެ ކަމައްތަ ؟ މީހުން ކަލޭދެކެ އަންނަ ރުޅި އިތުރުވުން ނޫންކަމެއް ނުވާނެ ! ކަލެއަކީ އެހާ ކިބުރުވެރި ބޮޑާމީހެއް ! ދެން އިތުރަށް ކަލޭގެ ކަންތަށް ހަލާކުކުރަން ނިކުމެ ތިހިރީ ހާމާނު ފަދަ ނުބައި ނުލަފާ މަކަރުވެރި އަދުރޭ ! ދެން ރަގަޅުވާނީ ކޮން ކަމެއް ؟

    1
    6
  4. Anonymous

    ޔާﷲ ޔާﷲ، ޔާﷲ ގައުމަށް ޢައްދާރުވެފައިވާ މިއަނިޔާވެރި ވެރިކަން އަވަހަށް ނިމުމަކަށް އައުމުގެ ހެޔޮތައުފީގު މިންވަރުކުރައްވާށި، އާމީން

    3
    2
  5. ދެަރަ

    މާލެ ތެރޭގަ އުޅޭ ނުކިޔަވާ ތިބޭ މޮޔަ، ޅަ ކުދިން ސިޔާސީ ބޭނުމަށް ހަލާކު ކުރަނީ ޕާޓީތަކުން. ދެން ޑްރަގް ބޮއެގެން ޖަލުގަ. ރަގަޅަށް ވިއްޔާ ތިތާ ގިނައީ ހުސް ޕާޓޭން. ތިތާ ޖާލު ހުކުމް ގަ، ކުށުގެ ރެކޯޑް އޮންނަ މީހުން އެބަ ތިބި.

    2
    1
  6. ރަޝީދު

    އިންޒާރު ދިނުމަކީ ޓެރަރިޒަމްގެ ޢަމަލެއް.

    3
    1
  7. ޏަމްނަމް

    އެއް ފަހަރު ބުނާނެ 20 މީހުނޭ އެއްވީ. މިހާރު ތި ކިޔަނީ 30 ފޫޓައް ކާރި ވެއްޖޭ ވަރައް ކަން ބޮޑު ވެޔޭ.

  8. ދަރަނި ދަންތުރަ

    ޔާ ﷲ ، މިފަދަ ނުލަފާ މަކަރުވެރި އަނިޔާވެރިންގެ ކިބައިން ރައީސް ޔާމީނު ރައްކާތެރި ކުރައްވާދޭވެ އެމަނިކުފާނަން އަމާން އޮމާން އުފާވެރި ރައްކާތެރި ދުވަސްތަކެއް މިންވަރުކުރައްވާށި އާމީން

    4
    1
  9. ގައްދޫ ރާޣިބް

    ކޮންމެ ހާލެއްގައިވިޔަސް އަހަރުމެން މިތިބީ ރައީސް ޔާމީނާއެކު. އަަހަންނާއެކު ގައްދޫގެ %75 އެބަތިބި ސީދާ އަހަރެން ދައްކާމަގުން ހިނގަން ތައްޔާރަށް. ޚާއްސަކޮށް ޒުވާނުންގެ ބޮޱުބައި އޮތީ ރާޣިބްބެ ގެ ފަހަތުގައި. ރައީސް ޔާމީނަކާ ނުކުޅެވޭނެ އެއްވެސްބަޔަކަށް. އަހަރެން ކެރިގެން މިނުކުތީ ރައީސް ޔާމީންގެ ދިފާޢުގައި. އަހަންނަކީ ކެރޭ ތަޢުލީމީ ލީޱަރެއް!

  10. ޛފދގޅ

    ރަގަޅު

  11. މައި

    ދިވެހި ދައުލަތުގެ ތިޖޫރި ޔާމީނުގެ އަތަށް ގޮސްދާނެތީ މަމެންވެސް ކަންބޮޑުވޭ!

    5
    6
  12. ރަދުން

    ޖަލައްލާ ރައްކާ ތެރިކަން ދެމާ