32 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ލޯންޗަށް އަޑިއަށްދާން ފެށީ އއ. ބަތަލާ ރިސޯޓް ކައިރިން ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނީ މެންދުރު 12:38 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެ ލޯންޗްގައި ތިބީ މާލެ އިން މާޔާފުއްޓަށް ދަތުރުކުރަމުންދިޔަ ފަތުރުވެރިންތަކެކެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދިންގޮތުގައި، އެ ލޯންޗްގެ ދިޔަވުން ކޮންޓްރޯލްގެ ލޯންޗް މާޔާފުއްޓަށް ދިޔުމަށް މިހާރު ވަނީ ދަތުރު ފަށާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިއީ މިއަދު ކަނޑުމަތީގައި ހިނގާދިޔަ ދެވަނަ ހާދިސާއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި 10 މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ވަނީ ބަންޑުން ޖަހާލާފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑު ދަތުރުކުރައްވާ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ބައްލަވައިގެން ދަތުރު ކުރެއްވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެ

ކިޔުންތެރިންގެ ހިޔާލު