މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ނެރެފައިވާ ރީނދޫ ސަމާލު (ޔެލޯ އެލާޓް)ގެ މުއްދަތު ދަންމާލައިފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު އެންމެ ފުރަތަމަ ނެރެފައިވަނީ މިއަދު މެންދުރު 12:15 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށެވެ. ނަމަވެސް މިހާރު އެ ސަމާލު ވަނީ މިރޭ 20:30 އާއި ހަމައަށް ދަންމާލައިފައެވެ.

މެޓުން ބުނީ އެ ވަގުތުގައި 25 މޭލާއި 30 މޭލާ ދެމދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ މޫސުން ގޯސްވުމުގެ ބައެއް ސަރަހައްދުތަކުގެ ކަނޑުތައް ގަދަ ކަމުން އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ދަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.