ގއ.ވިލިނގިއްޔާއި ކޫއްޑޫ އާއި ދެމެދު ބުރިޖެއް އެޅުމުގެ ހުވަފެން ހަގީގަތަކަށް ވެގެންދާނެކަމުގައި އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ވިލިނގިއްޔާއި ކޫއްޑޫ އާއި ދެމެދު ބުރިޖެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމުގެ ހަތަރު ވަނަ އަހަރު ހޭދަވަމުން ދާއިރު އަދި އެބުރިޖުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ރައީސް ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު އެ ބައްދަލުކުރެއްވުމުގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ ބުރިޖުގެ ހުވަފެން ހަގީގަތަކަށް ވެގެން ދާނެ ކަމަށެވެ.

"ރައީސް ސޯލިހާއި ބައްދަލުވެ ވިލިނގިލީ ދާއިރާގެ ކުރަން ހުރި މުހިއްމު މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު. އިރާދަކުރެއްވިއްޔާ ވިލިނގިލީ - ކޫއްޑޫ ބުރިޖުގެ ހުވަފެން ހަގީގަތަކަށް ވެގެން ދާނެ. ގައުމު ބިނާކޮށް އާރާސްތު ކުރުމަށް ރައީސް ކުރައްވާ މަސައްކަތައް ޝުކުރު ޙައްޤު." ސައުދު ވިދާޅުވިއެވެ.

ސައުދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ވިލިނގިއްޔާއި ކޫއްޑޫ އާއި ދެމެދު ބުރިޖަކީ ސަރުކާރުގެ ބޮލުގައި އެޅިފައިވާ ދަރަންޏެއް ކަމަށެވެ.

ވިލިނގިއްޔާ ކޫއްޑޫގެ ބުރިޖު އަޅަން އުޅޭ ކަނޑުގެ ސަރަހައްދަކީ މިޔަރު އާލާވާ ސަރަހައްދެއް ކަމުން އެސަރަހައްދުގައި ބުރިޖު އެޅުމުން މިޔަރު އާލާވުމަށް ހުރަސްއެޅޭނެ ކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ކުރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް އެކަމާއި ގުޅިގެން ސައުދު މިދިޔަ އަހަރު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ. "ކަނޑަށް ތަނބެއް ޖަހާކަށް ނުޖެހޭ. ފަރުގެ ދެކޮޅަށް ތަނބު ޖަހަން ޖެހެނީ. އަޅުގަނޑުމެން ފުރަތަމަ އެހިޔާލު ކުރިއިރު އެއީ ދިރާސާ ކުރެވިފައި އިންގޮތް. އަދި އެސަރަހައްދުގައި ތަނބެއް ޖެހިޔަސް އެއީ އެތާގައި އުޅޭ މިޔަރަކާއި ގުޅުމެއް އޮތްކަމެއް ނޫން،" ސައުދު ވިދާޅުވިއެވެ.

ގއ.ވިލިނގިއްޔާއި މިފްކޯގެ މަސް ކާރުޚާނާ ހިންގާ ގއ.ކޫއްޑޫ ބުރިޖަކުން ގުޅާލަން ރައީސް ސޯލިހް ވައުދުވީ 2018 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ ރޭ ވިލިނގިލީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައެވެ. އެޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަން މާ ބޮޑު ހަރަދެއް ނުދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢހ

    މި ކޮމެންޓް ހަހާދޭތި. ތި ޙާއިން ސައުދު ޖޭޕީ އަށް ސޮއިކޮށް ވިލިގިލި ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުން ދެން ޖެހޭނީ ހުއްޓާލަން. އަނެއްކާވެސް މަޖިލިސް ގޮޑިއަށް ތި ތެޅެނީ. ދެން ނުދޭނެ ވޯޓެއް. ކަލޭގެ ރަންޒަމާނުގައި ވިލިގިއްޔަން ކޮންކަމެއް ކޮއްދެވުނީ. ކަލޭގެ އަމިއްލަ އެދުމާއި ހުރެ ކިތައް ރައްޔިތުންގެ ބޯހިޔާވަހިކަން ކަލޭ ފޭރި ގަތީ. ވިލިނގިލި ބަދަރު ކޮބާ؟ ކަލޭ ކޮބާ ؟

    13
  2. އަރުމޯލް

    ކަލޯ ބާކީ މިއޮތީ އެންމެ އަހަރެއް ، ތިހުވަފެން ހަގީގަތަކަށް ވާނީ ކިހިނަކުން ،،،

    17
  3. މުހައްމަދު އަހުމަދު

    ސައުދު ތިކަމުގެ ތެރޭ އުޅޭނަމަ ރަނގަޅަށް ތިކަމެއްނުވާނެ. މަކަރާއި ހީލަތުން އުޅޭމިހުން ދުރަށްލާފަ ތިކަން ކުރަން ފެނޭ

    12
  4. މުހައްމަދު އަހްމަދު

    ތީ މި ސަރުކާރަށް ކުރެވޭނެ ކަމެއް ނުން. އެކަމަކު އަންނަ އަހަރު ކުރެހުމެއް ދައްކަފާނެ. ތިތަން ބަލަން ބަޔަކު ވެސް ގެނެސް ފާނެ. އަދި ބަޔަކާ ހަވާލު ކުރި ކަމުގެ އަޑު ވެސް އަރުވަފާނެ. އެކަމަކު އަަމަލީ އެއްވެސް މަސައްކަތެއް ނުކުރާނެ. ކޮބާ އައްޑޫ ބުރިޖް. ޅ އަތޮޅު ބުރިޖް. ހުސް އޮޅުވާލުމާއި މަކަރު. ސައުދު ވެސް ތީ އޭގެ މިހެއް

    16
  5. ހަސަންބެ

    މިރާއްޖޭގަ ކިތައް ބުރިޖް އަޅަން ތި ޞާލިހް ވަނީ ވަޢުދު ވެފަ. ފައްޔާޒަށް ވޯޓް ހޯދަން އަނެއް ސްޓަންޓް. ވިލިގިލީ މީހުން ވެސް ހާދަ މޮޔައޭ ދޯ؟ ހުވަދޫ ބޯގަޅިން ވިއްޔާ!

    15
    3
  6. މުހައްމަދު

    ނާޅާނެ. ނޭޅޭނެ. މުޅިން ވެސް ދޮގު. 2019 ގަ ފުރަތަަމަ 3 މަސް ދުވަސް ނިމުމުގެ ކުރިން ގެމަނަފުށީ އަޅަން ބުނި އައިސް ޕްލާންޓް ކޮބާ؟ ކޮބާ އެ އަހަރު އެރަށުގައި އަޅަން ބުނި ތާރު. ނޭޅޭނެ. ކުރެހުން ދައްކަފާނެ. މީ ކުރެހުން ދައްކާ ސަރުކާރެއް.

    13
  7. ފަރުޙަތު

    ހާދަ މޮޔައޭ ދޯ؟ އެމްޑީޕީ އިން ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެކަން ހަމަ ނޭނގެނީތަ؟ ކޮބާ މަސްވެރިންގެ ޖީބަށް ވަން ޑޮލަރ. -/35 ރުފިޔާއަށް މަސް ކިލޯއެއް ގަންނަން ކުރި ވަޢުދު. ގޭ ދޮށު މަސް ފެކްޓަރީ. ޒަމާނީ ފެންވަރަށް ހެދި ތި ރަށު ބަނދަރު.

  8. އަލީ އަހްމަދު

    މި ސަރުކާރުން ވިލިގިއްޔާ ކޫއްޑުއާ ދޭތެރޭގަ ކީއްކުރަން އެހެން ތަނެއްގައި ވެސް ބްރިޖެއް އަޅަފިއްޔާ އަހަރެން ހިނގާނީ އެކޮޅުކޮޅުން.

  9. ޝަރީފް

    އިބޫ ބުނެފާނެ ކޮންމެ އެއްޗެއް ވެސް. ޖާބިރެކޭ ހަމަ އެއްގޮތް. ކޮނޑޭގައި ބުނީ އެރަށު މީހުން ދުނިޔެއިން ބޭރަށް ކިޔަވަން ފޮނުވާނަމޭ. އައްޑޫގެ ޓޫރިޒަމާ ބެހޭ ގޮތުން ބުނީ އައްޑޫގައި ޓޫރިޒަމް ތަރައްޤީ ނުކުރެވިގެން އުޅެނީ، ރާއްޖެއާ މާ ދުރުގައި އައްޑޫ އޮންނާތީއޭ. ވާހަކައެއް ބުނަން ވިސްނުމެއް ފިކުރެއް ނުހުރޭ. އެކަމަކު ހަމަ އައްޑޫ މީހުން ވެސް އަތް ޖަހައޭ. އަތްޖެހިޔަސް އުޅެނީ ވަރަށް ބުއްދިވެރި ބަޔަކަށް ހެދިގެން.

    12
  10. އަބޫބަކުރު

    ކޫއްޑޫއާ ވިލިގިއްޔާ ދޭތެރޭގައި މި ސަރުކާރުން ބުރުޖެއް އަޅާ އިރު ހުޅަނގުން ހުންނާނީ އިރު އަރާފައި. މާ ކުދިކުދި ކަންތައް ވެސް ނުކުރެވޭ ބަޔަކަށް ކިހިނެއް ބުރުޖެއް އެޅޭނީ. އެކަމަކު ކުންފުންޏެއް ހަދާފައި ވިލިގިލީ ބަޔަކަށް ވަޒީފާ ދީ ތިރީސްހާހުން ފަންސާސްހާހުން މުސާރަ ދީފާނެ.

    8
    2
  11. ކުދިގުޅަ

    އޭ ސައުދު ބުނަން ވާހައެއް ، ކަލޭ ބުރިޖެއްގެ ވާހަ ދައްކާނެ ކަމެއް ނެތް ، ކަލޭވީ އިސްތިއުފާދޭން ، ބައަްލަވާ ، އަހަރުމެން ރައްޔިތުން ކަލޭ ހޮވީ މާ ކަލޭ ވީ ހަރާމް ކޯރު ، ކަލެއަށް ފުލެޓް ގަނެވުނީ ރައްޔިތުން ތި ވަޒީފާ ދިނީމަ ، އިންޝާﷲ މިއީ މަޖުލީހަށް ކަލޭ ހުވޭނެ އެންމެ ފަހު ފަހަރު ،ނިކަން ބައްލަވާ އަހަރުމެން މަސްވެރީން މިއުޅެނީ ދޯން ޏެއް ވިލިނގިލީ ފަޅުތެރޭގައި ނެ އެބުރިގެން ، މިރަށަކީ މިރާއްޖޭގެ މަސްވެރިކަމުގައި ކުރިއަރާފަ އޮތް އެއްރަށް ، ކީއްވެތޯ ފަޅަށް މިހެން ވާން ވީ ، ކަލޭގައިގައި އުރެތްޕެއް ހުރި ނަމަ މި ހާލުގައި ވިލިނގިލީ މަސްވެރީން ނުޖެހުނީސް .

  12. ކުރިން ފައްޔާޒު ފެކްޝަން އެއީ ވަގެއްކަން އެގުނީމަ މިހާރު އިންތި ފެކްޝަން

    ސައުދު ތިހާވަރުވެސް އެބަކޮއްލާތާއެވެ. ތިނަދޫގަ ތިބި ދެމެންބަރުން އެބަލަނީ އަމިއްލަ ޖީބު ބޮޑުކުރެވޭތޯއެވެ. ކޮބާހޭ ތިނަދޫގަ އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލް ކޮބާހޭ ތިނަދޫގަ ހަދަން ބުނި އިންޓަނޭޝަނަލް ސީޕޯޓު ކޮބާހޭ ތިނަދޫ ރައްޔިތުންނަށް ދޭންބުނި ބޯހިޔާވަހިކަން

  13. ކަދުރޭ

    ކަދުރު ފާތުމާ ކަދުރު ބެހިގޮތަށް އެބަ ބަހަޔޯ މިހާރުވެސް ކަދުރު

    1
    7
  14. ހަސަންބެ

    މީ ކުރެހުން ދައްކާ ސަރުކާރެއް. ނުވާނެ ތިކަމެއް. ސައުދު ކަލޭ ވެސް ތިހުރީ ފެއިލްވެފައި. ޤާސިމް އަތުން ބޮނޑިވަރެއް ހޯދައިގެން ރައްޔިތުންނަށް ހަރާމްކޯރުވެފައި ތިހުރީ.

  15. ސިޔާސި ބޯވަ

    ބައްލަވާ ސައުދު ވިލިނގިލި އިތުރަށް ފަޝީހަތް ނުކުރަށް ވާ ! ވިލިނގިލީ ރައްޔިތުންނެއް ނޫޅޭ ބުރިޖަކަށް މޮގަވެގެން ، އެމީހުން ދެރަވަނީ ކަލޭކަހަލަ ސޮހޮލެއް މަޖިލީހަށް ނެގުނީތީ ކަލޭ މާ ހައިސިއްޔަތު އޮޅިގެން ނޫޅޭތި ، ވިލިގިއްޔަކީ ބަފާބެޔާއި ތަގެ މުދާ ގަނޑެއް ނޫން ، ވިލިގިއްޔަށް އަންނަން ޖެހޭ ވަރަށް ގީގެ ހަގީގީ ހުރަހަކީ ތިޔައީ ، ޔާމިނުގެ ވެރިކަމުގައި ވެސް ވިލިނގިލި ދިޔައީ ޗޮކުން ، ސޯލިހުގެ ވެރިކަމުގައި ވެސް މި ދަނީ ހަމަ ފުލުން ، ބޯވަޔަކަށް ވެގެން ސިޔާސި ކުލަވަރު ބަދަލު ކުރާތީ ވިލިގިލި މިއޮތްގެން ފަނާވަނީ ....