ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސްވެރިން ބިކަވެ، އެމީހުން ޖެހުނީ ސަލާން ޖަހަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" މި ކެމްޕެއިންގެ ދަށުން ވިލިނގިލި އެމްޑީޕީ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ސައުދު ވިދާޅުވީ ޔާމީންގެ ވެރިކަން ނިމުނު އިރު، މަސްވެރިކަމުގެ ސިނާއަތް އޮތީ އަނދަވަޅެއްގައި ކަމަށެވެ.ދިވެހި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޒިންމާ ވާން ޖެހޭނީ މި ސަރުކާރުން ނޫން ކަމަށެވެ. އެ ސިނާއަތް މިއަދު އެ ހާލަތަށް ދުއްވާލުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ސަރުކާރުތަކުން ކަމަށް ވިދާޅުވިއެވެ.

"އެއް ބިލިއަން ރުފިޔާ ދިވެހި މަސްވެރިންނަށް ނުދީ މަސްވެރިން ދިޔައީ ސަލާން ޖަހަމުން. ލާރި ކޮޅު ކޮބާހޭ. ގޭތަކުގެ ކަރަންޓު ބިލް ނުދެއްކޭ. ސްކޫލް ދަރިވަރުންގެ އަމިއްލަ ޒަރޫރީ ބޭނުންތައް ނުފުއްދޭ އާއިލާތައް އޮތީ ބިކަވެފައި. މަސްވެރިން ބާނާ މަހަށް ލާރި ނުލިބިގެން،" ސައުދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން 2018 ގައި ފެށިއިރު، އަހަރެއްގެ މައްޗަށް މަސް ގަނެވޭ ކެޕޭސިޓީއަކީ 29،000 ޓަނުގެ މަސް ކަމަށް ސައުދު ވިދާޅުވިއެވެ. އެކަމަކު މި ފަސް އަހަރު ކާމިޔާބު ކަމާއެކީގައި ނިމޭއިރު އެ އަދަދު ހުރީ 70،000 ޓަނުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފަސް އަހަރާ ހަމައަށް އައިރު 1996 ގައި ހުޅުވުނު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރު ނުވެ 27 އަހަރު ވެގެން ދިޔައިރު، މިއަދާ ހަމައަށް އެކަން ނުވެ އޮތުމަކީ މި ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން،" ސައުދު ވިދާޅުވިއެވެ.

"ބޭނި ވަރަކަށް މަސް ކިރުމުގެ ކެޕޭސިޓީ ހުންނާނެ މިއަދު މަސްވެރިކަމުގެ ސިނާއަތުގައި. މަސްވެރިން ނުބާނަނީ. މަސްވެރިންނަށް މަސް ނުބޭނެނީ."

ސައުދު ވިދާޅުވި ގޮތުގައި މިއަދު ވެސް 500 ޓަނުގެ މަސް ކިރުމަށް މުވައްޒަފުން މިހާރު ވެސް އެބަތިބިއެވެ. އަދި މަސް ނުގަތުމަކީ ސަރުކާރުން ޒިންމާ އަދާކުރަން ޖެހޭ ކަމެއްތޯ ސައުދު ސުވާލު ކުރެއްވިއެވެ.

ސައުދު ވިދާޅުވީ މަސްވެރިކަމުގެ ނިޒާމުގައި މައްސަލަތަކެއް ހުރިއިރު، މަސްވެރިން ހަޅޭއްލެވުމުގެ ބަދަލުގައި އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އަދި މިއަދު އެ ފެންނަނީ ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހަ ގުނަ ބޮޑު ކުރަމުންދާ މަންޒަރު ކަމަށް ސައުދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ބޭނުން ވަނީ މަސްވެރިންގެ ރުހުމާއި އެއްބާރުލުން، ބަނދަރު އެ ބޮޑު ކުރަނީ. ކޫއްޑޫގެ ޕްރައިމް ކެޕޭސިޓީ 120 ޓަނަށް އެ ބޮޑު ކުރަނީ. ކޫއްޑޫގެ އާ އިންޖީނުގެއެއް އެ އަޅަނީ. ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެ ދަނީ 2،000 އިން 4،000 އަށް އިތުރުކޮށް 6،000 ޓަނުގެ ކެޕޭސިޓީއަކަށް ބަދަލު ކުރަމުން." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވި ގޮތުގައި މި ސަރުކާރަކީ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ސަރުކާރެކެވެ. އެކަން ކުރައްވާނީ ރައީސް ސޯލިހް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ. އެ މަސައްކަތް ރައީސް ފެއްޓެވި އިރު، އެކަން ނިންމަވާނީ ވެސް އެމަނިކުފާނު ކަމަށް ސައުދު ވިދާޅުވިއެވެ.

"ދިވެހި މަސްވެރިން ހީނުކުރާ ވަރުގެ ބިޔަ ބޮޑު، އިންގިލާބީ ބަދަލެއް މި އަންނަ އަހަރު ނިމޭ އިރު، މަސްވެރިކަމުގެ ސިނާއަތުން ފެނިގެންދާނެ،" ސައުދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ތަންދޮރު ނުދަންނަ މީހުން ދައްކާކަހަލަ ވާހަކަ ތަންތަނަށް އަރާ ނުދައްްކަބަލަ، ތަންކޮޅެއް ޕްރޮޑަކްޓިވިޓީ ވާހަކައެއް ދައްކަން ނޭނގެނީ ދޯ.

    51
  2. ސޮޕްރާނޯސް

    ﷲގެ އިރާދަފުޅައްފަހު ރ ޔާމީންގެ ވެރިކަމުގަ ރައްޔިތުން ތިބީ މާ ރަނގަޅަށް. މި ވެރިކަމުގަ މަސްވެރިންގެ ހާލު ރަނގަޅުވީމަތަ ހޮރައިޒަން ފިޝަރީޒް އިން މަސްވެރިންނަށް މުސާރަ ނުދޭތީ މުޒާހަރާ ކުރަން ޖެހެނީ؟ މަހުގެ އަގު ބަދަލު ކުރަން ޖެހި އެކަން ނުކޮށް އޮތީ؟

    48
  3. Anonymous

    ސައުދުގެ ކައިރިއަށް މަސްވެރިން ސަލާމްޖަހަން ދިނަމަ ތިހިބުނަން އެންމެރަގަޅޫ! އެހެންނޫނަސް ސައުދަކީ އިބޫ ފަދަ ދޮގުވެރިއެއް! މިކަން ތިހިސާބުގަޑުގެ ރައްޔިތުން ދަނޭ!

    44
  4. ހޯހޯ

    އެހެންވީމާތާ ޔާމީނުގެ ވެރިކަން ނިމުނު ފަހުން ޔާމީނު ވިއްކައިގެން ސައުދު މަޖިލީހަށް ހޮވުނީ.
    ހަރާންކޯރުވިޔަސް ބޮޑުވަރުތީ.

    46
  5. ގަންމަނަ ބުދާ ބިން ގޮހޮރޭ

    ކަލޭ ކޮސްއަނގަނުތަޅާ ކަލޭ ހީކުރަނީ ކަލޭނޫން އެހެންމީހުން ލޮލަކާ ސިކުނޑިއެއް ނެތީކަމައްތަ ކަލޭ ފައިސާޔާ މަގާމާ ހެދީ ތިހިރީ ހޭކެނޑިފަ ނުވީތާކައް ބޮލުރޮދި ކެނޑިފާ އެހެންވީމާ ތިޔަހުރީ ބުއްދިގޯސްވެފަ

    49
  6. ކާޖާ

    މިހާރު އަދި މާ ހާލު ބޮޑު😂😂

    47
  7. އަލީ

    ކޮންމެ މަސްވެރިއަކަށް 10،000 ރުފިޔާ ބެޔަސް ނުބެޔަސް ދޭންބުނިދޯ؟

    15
    18
    • ކޮއްކޮ

      އެ ފައިސާ ބޭނުން މީހުން ފިޝަރިޒް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ހުޅުވާލީމައި، ރަޖިސްޓަރީކުރި މީހުނަށް ފައިސާ ދިން. ތިމާއަށް ނޭނގޭ ކަންތައްތަކަށް ވެސް އަނގަ ބާނާތި.

      27
      1
  8. ބީޓޭ

    އެހެންވެދޯ ފުލުހުން ލައްވާ އޮޑިދޯނިފަހަރުގަ ދަމާފަ ހުރިބެނާތައްނެންގީ؟ ބަލަ ދިވެހިރައްޔިތުން ލައިވް ކޮށް ބަލަންތިއްބާ ގަދަކަމުން ރަށްރަށައް އަރާ ތިޔަހާވާހަޑި އޮޅުވާލަން ދައުރުނިމުނުއިރުވެސް ތިކިޔަނީ ކުރީސަރުކާރު. އަމިއްލައަތުން ގޯސްތައް ހަދާ އަމިއްލައަށް ތާއީދުގެއްލުވާލެވޭއިރުވެސް ނޭންގޭ.

    23
  9. ކުރީސަރުކާރު

    ސައުދު ކަލޭ މިކޮމެންޓްތައްކިޔާފަ ތިޔަގަދަނިދިން ހޭލަބަލަ
    އަބަދުވެސް ކުރީސަރުކާރު ބަލަ ތިމާމެންނައް ޒިންމާ އަދާނުކުރެވޭއިރުވެރިކަމާ ހަވާލުވީ ކާކުބުނެގެންތަ ރައްޔިތުންނައް ގެއްލުމެއް ދިނުމައްތަ ތިމާމެންގެ ލަދުކޮބާތަ

    21
  10. ސުކުން

    ތިޔަ ސަޢުދަކީ ރަށު ކައުންސިލްގެ ރައީސަކަށް ހުރެ އޭނާގެ ބަފާކަލޭގެއަށް އެ ރަށުން ކުއްޔަށް ދީފައި އޮތް ބިމެއްގެ ކުލި ނުނަގައި، މި ސަޢުދަށް އެ ރަށުން ކުރިން ދީފައި އޮތް ގޯއްޗެއް، ރަށުން ގޯތި ނުދިނުމަށް ކަނޑައަޅާފައި އޮތް ސަރަހައްދަކަށް (ރަށުގައި ހުރި އަތޮޅު ހޮސްޕިޓަލް ކައިރީގައި އޮތް ބިމަކަށް) މީނާ މަޖިލީހުގެ މެންބަރަކަށް ކުރީ ދައުރުގައި ހުރިއިރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަދަލުކުރުވާފައި ހުރި ކޮރަޕްޓް މީހެއް. މި ކަންކަމާ ބެހޭ ތަފުސީލު ވިލިނގިލީގެ ކުރީގެ ބޮޑުކަތީބު މަޖީދުބެއަށް ރަނގަޅަށް އެނގޭނެ.

    19
  11. ތަކުރު

    ކޮސްނުގޮވާ މަހައްދޭބަލަ ސައުދާ!

    22
  12. ހުސޭނުބޭ

    ޔާމީން ވެރިކަމުގައި ބޮޑެތި ލާރިގަނޑު ކައްވާލާ ނުއަގުގައި ޕްރޮޖެކްޓްތައް ހޯދަން އުޅެނިކޮށް ސައްޕުޖަހާ ދުރުކުރި މީހާގެ ވާހަކަ ކަލޭ އަޑުއަހަންތަ؟ އެއީ ކޮންމެވެސް ސަޢުދެއް!

    26
  13. ޢހހ

    މީ ކާކު ދެއުޅި ހަމަނުވާ ސައުދު

    18
  14. ރާޝިދާ

    ކަލޭ ތިޔަހުރީ ހަމަބުއްދި ފިލާފައި ނުފެންނަނީތަ މަސްވެރިން ކުރާ އިހުތިޖާދު މީހަކަން އަޅުވެތިވިޔަސްތީ ބޮޑުވަރު މީ މިމީހުންގެ ފެންވަރަކީ

    13
  15. އިމާ

    މިހާރު މާހާލުގަ މަސްވެރިން އުޅެނީ

    14
  16. އިކުރާމު

    މަސްވެރިން އިބޫދެކެ ރުޅި އައިސްފަ ތިބީ ހިޔެއްނުވޭ ވޯޓޫ ދޭނޭހެނެއް ... މަސްވެރިްނގެ އެއްވެސް ވައުދެއް ނުފުއްދާ

    14
  17. ވާނުވާ.

    ކެޕޭސިޓީ ބޮޑުކުރިޔަސް ދޭނެ ލާރިނެތިއްޔާ ނުގަނެވޭނެދޯ؟ އަދި މަސްގަތަސް ފައިސާ ނުދޭވާހަކަ މަސްވެރިން އަބަދު ދައްކަންޖެހެނީ. ޔާމީނުއިރު ކިރުވަފައި ވަގުތުން ފައިސާ ދިންވާހަކަޔާ.

    10
  18. ވާނުވާ

    ކެޕޭސިޓީ ބޮޑުކުރިޔަސް ދޭނެ ލާރިނެތިއްޔާ ނުގަނެވޭނެދޯ؟ އަދި މަސްގަތަސް ފައިސާ ނުދޭވާހަކަ މަސްވެރިން އަބަދު ދައްކަންޖެހެނީ. ޔާމީނުއިރު ކިރުވަފައި ވަގުތުން ފައިސާ ދިންވާހަކަޔާ.

    10
  19. ާދަލޭކް

    މޮޔަ ނުގޮވާ ދައްކާނެ ވާހަކައެއް ނެތި ދޮގު ނަހަދާ އަހަރުމެން މީ މަސް މަސްގެންގުޅޭ މީހުން ދެން މިފަހަތު ކުލަ ބަދަލު ކޮއްލާ.

  20. ޒާ

    ކަލޭތީ ވިލިނގިލީމީހުންގެ ހަލާކު.