މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ނުރައްކާތެރި ނިރުބަވެރި ހަމަލާއެއް ދިން އިރުގައި އެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފާތިހުއަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވާ އާއިލީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެތަނުގައި ޕާކުކޮށްފައިހުރި ސައިކަލެއްގައި ބާރުގަދަ ބޮމެއް ހަރުކޮށްގެން ވަނީ ގޮއްވާލާފައެވެ.

އެ ނިރުބަވެރި ހަމަލާއާއި ގުޅިގެން ނަޝީދުގެ ހަށިކޮޅަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިވަޑައިގެންފައެވެ. އަވަހާރަނުވެ ހުރީ ހަމަ ކިރިޔާއެވެ. އިއްޔެ އެ ހަމަލާއަށް އަހަރެއް ފުރިފައިވާއިރު އަދިވެސް އެ ހަމަލާގެ ތަހުގީގު އެންމެ އެކަށިގެންވާ ގޮތެއްގައި ފުރިހަމަ ވެފައިނުވާތީ އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެފައިވަނީ ހަމަލާއަށް ފަންޑުކުރި މީހަކު ނެތް ކަމުގައި ވާނަމަ އެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި ހއ. މޮޅަދޫ އަބްދުﷲ އަލި މަނިކުގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލީ ކީއްވެތޯ ބެލުން މާ ބޮޑަށް މުހިއްމުވެފައިވާ ކަމަށެވެ.

އަބްދުﷲ އަލި މަނިކުގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލަން ނިންމާފައިވާއިރު އޭގެ ކުރިން ވެސް އޭނާ މިނިވަން ކޮށްފައިވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމަކަށެވެ.

ދޮންބިލެތުގެ ވާހަކަތަކަށް ރައްދުދެއްވަމުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުވާ ނުކޮށް ދޫކޮށްލައިފައިވާ ފާތިހަކީ ގޮއްވާލި މީހާ މާފަންނު ބޮނޑިބަތް ޕާކަށް ދިޔުމުން އޭނާއަށް އެހެން ޓީޝާޓެއް ގެންގޮސްދިން ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށެވެ. އަދި އޭރު އޭނާއަކީ ފުލުހުންގެ ވަަޒީފާގައި ހުރި މީހެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވާފައެވެ.

"ފާތިހު އަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއް. އޭނާ ފުލުހުންގެ ވަޒީފާއިން ވަކުކުރީ ބޮމަށް ފަހުގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު ފުލުހުންގެ އިދާރާއިން މީގެ ކުރިން ވިދާޅުވެފައިވަނީ ފާތިހަކީ ފުލުހުންގެ ވަޒީފާގައި މާކުރިން އުޅުނު މީހެއް ކަމަށާއި އެހެންނަމަވެސް ބޮން ގޮއްވާލިއިރު އޭނާއަކީ ފުލުހުންގެ ވަޒީފާގައި އުޅުނު މީހެއް ނޫން ކަމަށެވެ.

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވީމާ އެހެން މީހުން ތި ތަޙްޤީޤު ކުރިޔަށް ގެންދާނެކަމެއްނެތެއްނު! ނަޝީދަށް އެބަ އެނގޭ ހުރިހައި އެއްޗެއް! ޚަރަދު ކުރި މީހުންވެސް އެނގޭނެ!

    38
    5
  2. ހަސަނާ

    އެހެން ވީމާ ފުލުހުން ކުރިކަމެއްތާ މިއީ .އިތުރު ވާހަކައެއް ދައްކާނެކަމެއްނެތް.މާނަޔަކީ މިއީ ރޭވިގެން ކުޅުނު ޓެރަރިޒަމް ސިމްޕަތީ ޑްރާމާ.ނަޟީދު އަރިހުގައި ދަބަހެއް އަޅައިގެން ހުރީ ކާކުކަން އަދިވެސް ތަހުޤީގަކުން ސާފެއްނުވޭ.އެވެސް ކޮޮންިސިޕރަސީ /ޟައްކު އުފެއްދޭނެ ސުވާލެއް.

    19
  3. ްައަހްމަދު

    މިހާރު މިހަބަރުތައްކިޔާލީމަ އެބަހީވޭ ތިޔަބޮމުގެކަންތައްގަނޑަކީ ތިޔަޕާޓީގެއެތެރޭގެކަންތައްގަޑެއްހެން

    24
    1
  4. ވާނުވާބެ

    ނަޝީދު އާއި މީނަގެ ބަހަށް ތަބާވާ ބައިގަނޑު އަބަދުވެސް ތިބެނީ ފުލުހުންނާއި ޖައްސާލަފަ، ދޮގު ހެދުން ނޫން އިތުރު ކަމެއް ނުކުރެ

    34
    6
  5. Anonymous

    ދޮންބިލެތުގެ ވާހަކަތަކަށް ރައްދުދެއްވަމުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުވާ ނުކޮށް ދޫކޮށްލައިފައިވާ ފާތިހަކީ ގޮއްވާލި މީހާ މާފަންނު ބޮނޑިބަތް ޕާކަށް ދިޔުމުން އޭނާއަށް އެހެން ޓީޝާޓެއް ގެންގޮސްދިން ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށެވެ. އަދި އޭރު އޭނާއަކީ ފުލުހުންގެ ވަަޒީފާގައި ހުރި މީހެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވާފައެވެ.
    ރައްދު ދިނުމެކޭ ނުބުނާނެ ދޮންބިލެއްގެ ވާހަކަތަކަށް ބާރު ދިނުމެކޭ ބުނާނީ. ރައްދަކީ ބުނާ އެއްޗަކާ އިދިކޮޅަށް ބުނާ ބުނުން.

  6. ގަލަން ތުނޑު

    މަޑުމަޑުން އެބަ ރަނގަޅުވޭ

  7. Anonymous

    މިކަމުގަ ނަޝީދުގެ އަތެއް ނުވާކަން ސާބިތު ކޮއްދީބަލަ ކެނެރީ.

  8. ސަންފައްތަ

    ނަޝީދަށް ދޭންވީ ސަލްމާން މިސްކިތުގެ މުދިންކަން. އޭރުން އިސްލާޙުވެދާނެ.