މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ދެކޮޅުގައި ދެ ތޫފާނެއް އެނބުރެން ފަށައިފިއެވެ.
ރާއްޖޭގެ އެއްކޮޅުން އުފެދިފައިވަނީ ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ތޫފާން "އަސަނި"އެވެ. އަނެއް ކޮޅުގައި އުފެދިފައިވަނީ ސަދަން ހެމިސްފިއާގައި އުފެދިފައި އެވަނީ ތޫފާން "ކާރިމް" އެވެ.
ތޫފާން އަސަނި އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑިޝާ ސަރަހައްދާއި ދިމާލަށް ދަތުރު ކުރަމުންދާއިރު، މިތޫފާނުގެ ބާރު ކުރިއަށް އޮތް 24 ގަޑިއިރު ގަދަވާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ (އައިއެމްޑީ) އިން ވަނީ ލަފާ ކޮށްފައެވެ.
ތޫފާން ކާރިމް ދަތުރު ކުރަމުން ދަނީ ކޮކޯ އައިލެންޑް ކައިރިން ރާއްޖެއާއި ދުރަށެވެ.
މި ދެތޫފާނާއި ގުޅިގެން ރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ދެ ތޫފާނު ވެސް ދަތުރު ކުރަމުން ދަނީ ރާއްޖެއާއި ދުރަށް ނަމަވެސް ދެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް 2-3 ދުވަހު ރާއްޖޭގެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
"ސީދާ އަސަރެއް ރާއްޖެއަކަށް ނުކުރާނެ. ނަމަވެސް ނުސީދާ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ" މެޓް އިން ބުންޏެވެ.
އެއްކޮޅުން ތޫފާން އިންތި އަނެއް ކޮޅުން ތޫފާން ފައްޔާ
ރާއްޖޭގެ އެއްކޮޅުގައި ތޫފާން އަސަނި އަނެއް ކޮޅުގައި ތޫފާން ކަރީމް މެދުގައި ތޫފާން އެމްޑީޕީ.
އެއްކޮޅުން އިންޑިއާ އަނެއްކޮޅުން ޗައިނާ، ގުޑާލެވޭކަށް ނެއް.
މެދުގަ ކެނެރީ ނަޝީދު.