މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ހައްޔަރުކުރި އަހްމަދު ފާތިހު ބަންދުން ދޫކޮށްލި މައްސަލައިގައި ނަޝީދު ކަންބޮޑުވުން ފާޅުކުރުމުން މަހިނބަދޫ ދާއިރާގެ މެންނަރު އަހްމަދު ތޯރިގު އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެ އެވެ.

ހައެއްފަހެއްގެ ހަމަލާއަށް ބަޔަކު ފަންޑުކޮށްފައި ނުވާ ކަމަށާއި އެއީ ނަފްރަތާއި ރުޅިވެރިކަމުގެ އަމަލެއް ކަމަށް ފުލުހުންގެ ތަހްގީގަށް ހާމަވެފައިވާ ކަމަށްބުނެ ދައުލަތު މީޑިއާއިން ރިޕޯޓް ކުރުމާއި ގުޅިގެން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަންޑު ކުރި މީހަކު ނެތްކަމުގައިވާނަމަ އެ ހަމަލާގައި ހިމެނޭ ހއ.މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލި މަނިކު ޖަލުގައި ހުއްޓާ ދޫކޮށްލި ގޮތާއި ސަބަބު ބަލަން ޖެހޭކަމަށެވެ.

ދޮންބިލެތް ކުރެއްވި ޓުވީޓަށް ނުރަސްމީ ޓުވިޓާ އެކައުންޓުން ރިޕްލައި ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދައުވާ ނުކޮށް ދޫކޮށްލާފައިވާ އަހްމަދު ފާތިހު އަކީވެސް ބޮން ގޮއްވާލި މީހާ އެކަން ކުރުމަށްފަހު މާފަންނު ބޮނޑިބަތް ޕާކަށް ދިޔުމުން އޭނާއަށް އެހެން ގަމީހެއް ގެނެސްދިން ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށެވެ. އަދި ފާތިހަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއް ކަމަށާއި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ބޮމުގެ ހަމަލާއަށްފަހު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުން މެމްބަރު ތޯރިގް ވަނީ އެކަމަށް ފާޑު ކިޔުއްްވާފަ އެވެ. "ދައުލަތުގެ ސިއްރު ލީކު ކުރިކަން ސާބިތުވެ ވަޒީފާއިން ވަކިކުރި މީހަކު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ލައިގެން ވާނީ އެހާވަރު ކަމަށް" ތޯރިގް ވިދާޅުވި އެވެ.

މިހާރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދަކީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކް ކޮށްގެން 2012 ވަނަ އަހަރު ފުލުހުންގެ ވަޒީފާ އިން ވަކިކުރި މީހެކެވެ. އޭނާ އަށް އަލުން ވަޒީފާ ދިނީ ރައީސް ސޯލިހްގެ ވެރިކަމުގައި އޭނާ އަށް ވަޒީފާ ދޭން ކޯޓުން ހުކުމް ކުރުމުންނެވެ. މުހައްމަދު ހަމީދަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ފަހު، ވަޒީފާ ދިން ދުވަހު ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރިއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ފުރުނުއިރުވެސް އެ އެ މައްސަލައިގައި ހައްޔަރުކުރި ގިނަ މީހުންގެ ޝަރީއަތްތައް ކުރިއަށްނުދާތީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ މައްސަލައިގައި ނުވަ މީހަކު ހައްޔަރު ކުރިއިރު މިހާތަނަށް ޝަރީއަތް ނިމުނީ އެންމެ މީހެއްގެ އެވެ. ބާކީ ތިބި އަށް މީހުންގެ ޝަރީއަތްތައް އޮތީ އެކި ސަބަބުތަކާހުރެ މަޑުޖެހިފަ އެވެ. އޭގެ ތެރެއިން ފާތިހު އަކީ އެ މައްސަލައާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރެއިން އެކެކެވެ. އެކަމަކު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމި ސަބަބެއް ކަމަށް ޕީޖީ ވިދާޅުވީ ޝަރުއީ ކޯޓެއްގައި ފާތިހުގެ މައްޗަށް ކުށެއް ސާބިތުކުރެވޭ މިންވަރަށް އެ ވަގުތު ހެކި ނެތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮއްޔާ

    ޓޮމް ތިބުނީ ރަނގަޅަށް //

    20
  2. މުޙައްމަދު

    ތެދުފުޅެއް

    18
  3. ވަގު

    ޓޮމް މީ މިހާރު އދ އަތޮޅުގާ ހުރި އެންމެ މުއްސަދި މީހާ ޔާމީންގެ ވެރިކަމުގާ އެމް އެމް ޕީ އާރު ސީގެ ލާރިގަޑު ދަވާލި އެކަކުމީ މިހާރު ހުރޭ 2 ސަފާރީ ،ލޯންޗުފަހަރު،ހުޅުމާލޭން ރޯ ހައުސް ،ގޯތީ މިހެން ގޮސް ބައިވަރު ....މިމައްސަލަ ބަލާންޖެހޭ އަދި ދައުލަތުން ގެއްލުނު ފައިސާ އަބުރާ ދައުލަތައް ހޯދާންޖެހޭ

    6
    7
  4. ވަގުންގެ ވަގު

    މިތަނުގަ ވަގުގެ ނަމު ކޮމެންޓް ކޮއްފަމީނީ އެމް އެން ޕީއާރުސީގެ ލާރި އަދީބު އަތުން ޓޮމްއާ ހަވާލުކުރި ގޮލާ.....

    4
    2
  5. އަބްދޫ

    ދިއްދޫ އިބްރާހިމްކަލޭފާނަކީ ރާއްޖޭގެ އންމެބިންގިނަ އެންމެ މުއްސަނދި ފަރާތް.އެކަމަކު އޭނާ ބަގުރޫޓްވެގެން ގޮސް ހުރިހާބިން ހުސްވިއރު ނިދާފަ ހުރި އަލީހާސިމް އެމްއެމްއެގެ ގަވަރުނަރަކަށް ލެއްވިމަ ގާއުމު ވެސް ބަގުރޫޓް ވެއްޖެ.