މާލޭ ސިޓީ ކައުންސިލްގެ މެންބަރު ނަހުލާ އަލީ ޕީޕީއެމް އިން ވަކިކުރަން އެޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފިއެވެ.

ޕީޕީއެމް އިން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ޕާޓިއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި މިޕާޓީގެ ޓިކެޓްގައި ވާދަ ކުރާ މިޕާޓީގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމަށެވެ.

ޕީޕީއެމް އިން ނަހުލާގެ މައްސަލައެއް ބަލަމުން ދަނިކޮށް އިއްޔެ ނަހުލާ ވަނީ މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒާއި އެކު ވިލިމާލޭގައި ކެމްޕޭން ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

މީގެ ކުރިން ވެސް ނަހުލާ އާއި ޕީޕީއެމްގެ ލީޑާޝިޕާއި ހިޔާލު ތަފާތުވުންތައް އުފެދިގެން އޭނާ ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑް ވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ ސަސްޕެންޝަން އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަތަރޭ

    ނަހުލާ އަދާލަތުޕާޓީއާ ގުޅެނީތަ؟

  2. ސޮބާ

    ފުއްޖެހިކަވާބު ލިބިދާނެތަ ؟

    5
    1
  3. Anonymous

    ހީވަނީ ތި ޕީޕީގެ ލީޑަރޝިޕްގެ މީހަކު ނަހުލާ ރީތިކަމުން ނަހުލާއާ އިންނަން އެހީމާ، ނަހުލާ އެކަމަށް އެއްބަސްނުވީމާ، ނަހުލާއާ ޖައްސާލައިގެން އުޅޭހެން. އަޅެ، މިއީ ދޮގެއްތަ؟

    6
    11
  4. ކޮއްޔާ

    ކޮންމެ ދިމާލަކުން ދެފުށްކެހެރިން //

    9
    1
  5. ޙުސައިން

    ޚޮންމެ ކަމަކުން ވަކިކުރުން އންސާފެއް ނޫން

    2
    4
  6. ޟާން

    ދެކޮޅައް ކުޅެން އުޅުނީމަ ވާނީ އެހެންތާ......

    10
    2
  7. ހަވާސާ ހަމީދު

    މީނާ ވަކިކުރުން ލަސްވެއްޖެ މީނާއާއި މީނާގެ މަންމަޔަކީވެސް މިޕާޓީ ސިސްޓަމު ފެށުނުފަހުން ސިޔާސީ ނާށިގަޑު ހިފައިގެން ސަލާންޖަހައި އުޅޭ މީހެއް އަބަދުވެސް ދަިގޮވައިގެން އެކިޕީޓީތަކުގެ ދޮރުގައި ޓަކިތަޅަނީ މިއީ ސިޔާސީ ރަންޑީން!

    11
    3
  8. އަލަމެޓާ

    މިއީ ރަތްލާޖެހި ޔާމިނާ އެންޓި މީހެއް ، މީނާ އަވަހަށް ބޭރުކުރޭ މީނަޔާއި ، މުއިއްޒާ، ޝިޔާމު ، ބާރަށު ފުތު ، ގައްސާނު މިއީ ވެސް އެއް ގަބީލާއެއް.

  9. މުޖުތާޒު

    ތީވަރަށްރަގަޅު ނިންމުމެށް ނަހުލާކރމްޕޭނަށްގޮސް ކެމްޕޭނު ޓީމް މީހުންގާތުބުނަނީ ތިމަންނަ ކެމްޕޭނު ކުރާނީ ވަކިންނޭ ކަލޭމެން ވަކިންކުރާށޭ ތިމަންނަ ކުރާކެމްޕޭނު ކަލޭމެންނާ ހިއްސާ ނުޖުރާނަމޭ މިހެން ބުނުމުންވެސް އޭނަގެ މަގުސަދު އެގޭނެ ކަމެށް މީނަޔަކަށް ނުވިސްނޭ މީނަޔަކީ ބާޢީނާޒިމް ބުނާގޮތަކަށް މަސައްކަތް ކުރާނެ މީހެއްކަންއެގޭ

  10. ޖާ

    ޤަބޫލު ކުރިޔަސް ނުކުރިޔަސް މީ ފެށުމެއް