ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދިގު މުއްދަތެއް ވަންދެން ޖަލުގައި އޮންނަވަންޖެހޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޒާރު ދެއްވައިފިއެވެ.

ވިލިމާލޭ އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ރައީސް ސޯލިހް ނެރެފައިވާ ގަރާރައި އެއްގޮތަށް ސިފައިން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ފުލުހުންނަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ވާހަކަ ދެއްކި ޕާޓީން ވެރިކަމަށް އައިސް މިހާރު އެމިނިވަންކަމެއް ނެތް ކަމަށާއި ފުލުހުން ވެސް މިއަދު ހިންގަމުންދަނީ ކަނޑައެޅިގެން ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށެވެ.

އެގޮތުން ސަރުކާރަށް ކަންކަން އަޑު އިއްވަން އިދިކޮޅު ފަރާތްތައް ނިކުތުމުން ހައްޔަރު ނުކުރެވޭނެ ކަމަށާއި އަދި މުޒާހަރާތައް ވެސް ހުއްޓުވިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގައި ގިނަ ދުވަސްވެފައިވާ ފަރާތްތަކުން އިދިކޮޅު ފަރާތްތަކާއި ކުރިމަތިލާން ނިކުންނަން ބޭނުން ނުވާ ކަމަށާއި އިދިކޮޅު ފަރާތްތައް ތަޅާ ސުންނާފަތި ކުރަމުންދަނީ އަލަށް ވެއްދި ފުލުހުންތަކެއް މަގުމައްޗަށް ނެރެގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"ހާލަތު ބަދަލުވާނެ. މާތްﷲ ގެ ނިންމެވުމަކަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޫޅޭނެ. ތި ސީޕީ ހަމީދު ވެސް ޖެހޭނީ ގެއަށްދާން. ނޫނީއްޔާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސް ޔާމީން ވަނީ އިދިކޮޅުން ކުރަމުން އަންނަ މަސައްކަތް ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް ނުކުރުމަށް ވެސް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން މި ނިކުތީ ގައުމުގެ ދިފާއުގައި. ފުލުހުންގެ މުއައްސަސާއާއި ސިފައިންގެ މުއައްސަސާގެ އަބުރާއި އިއްޒަތާއި ކަރާމަތް އަނބުރާ ގެނެސްދިނުމަށް އަޅުގަނޑުމެން މި ނުކުތީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮވިޑް

    އިންޝާﷲ ޖަލަށް ދާން ޖެހޭނީ ސީޕީ.

  2. މެހި

    ތީވަރައް ރަނގަޅު ބޭފުޅެއް.

    2
    1
  3. އަލްޖިބްރާ

    ކަލޭ ވެރިކަމުގައި ހުރެގެން ކޮންމެފަދަ ނުބައިކަމެއް ކުރިއަސް އެއީ ޤައުމުގެ ދިފާޢުގަ ! އެހެންމީހަކު ކުރީމަ ޤައުމު ހިންގަން ނޭގުނީ ! ކަލޭތީ ބޯގޮވާފަ ހުރި މީހެއް ! ވެރިކަމައިގެން ދަންޖެބަލަ ! ފެނޭތަ ؟ ތިޒާތުގެ މީހަކު ވެރިކަމުން ނުފައިބާން ވެގެން ލަންކާގަ ރައްޔިތުން ގަނަތަޅުވާ ގޮތް ! އެންމެފަހުން ޖެހުނީ ކޮންތާކު ؟ ކަލެއަކީވެސް ހަމަ އެފާދޑުގެ މީހެއް !

    2
    13
  4. އަލްޖިބްރާ

    ކަލޭ މިރާއްޖޭގެ ވެރިކަމަށް ސަވާރުވާކަށް މިޤައުމުގެ މީހުން ފުރުސަތެއް ދެން ނުދޭނެ ! ކަލެއަކަށް ހަމީދު ޖަލަކަށް ނުވެސް ލެވޭނެ !

    2
    17
  5. Anonymous

    "މާތްﷲ ގެ ނިންމެވުމަކަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޫޅޭނެ." މައުމޫނަށް ވެސް ޔާމީނަށް ވެސް އައްނިއަށް ވެސް އިބޫއަށް ވެސް މާތްﷲ ގެ ނިންމެވުމަކަށް ގޮންޖަހައެއްނުލެވޭނެ. އެކަން މިވަނީ ރައްޔިތުންނަށް ފެނިފައި. ޔާމީނު ވެސް ތިއުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި. ތިއެންމެން ވެސް އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި. ތިއިން އެއްވެސް ބަޔަކު ވެރިކަމަށް އާދެވުނީމާ މިގައުމުން އިންޑިއާ ބޭރުނުކުރާނެ. އިންޑިއާ އަތުން ލިބެން އޮތް ފައިދާއެއް ހޯދަން އުޅޭނީ.

    1
    6
  6. ޙައްޕު

    މަނިއްޕުޅު މޮޔަފުޅުވީތޯ.

    1
    11
  7. ސީޕީ ގަނޑު

    އޭއި ބަލަ މި އިނދަ މީހާ ގަނޑު! މަ ކޮންމެ ދުވަހަކު 2 އިރު ނޫނީ ތިން އިރު ގެ އަށް ވަންނަމޭ؟

  8. ކޫބެ

    ދިގުމުއްދަތަކަށް ޖަލަށްދާންޖެހޭ ދެމީހުން މިގައުމުގަ އެބަތިބި އެއީ ސޯލިހާއި ހަމީދު މިއީ ނެސަނަލް ދެ ގައްދާރުން ގޮޓަބަޔާއާއި ރާޖަޕަކުސަ ކަހަލަ ގައްދާރުން.

    10
  9. އުގުރި

    އަޅުގަނޑުމެންނަށް އެގެނީ އެމްޑީއެންގެ ހަމީދޭ ބުނީމަ..

  10. އަސްޤަރު ސިއްދީގު

    އޭ މިހިރަ ބުރާންޗާ! ކަލޭ ހީނުކުރާތި ކަލެޔަށް ދެން މިރާއްޖޭގެ ވެރިކަން ލިބިދާނެޔޭ! ރައްޔިތުންނައް ވަރަށް ރަގަޅައް އެގެޔޭ ކަލޭތީ މިޤައުމު ދަވާލާގެންހުރި ބޮޑު ވަގެއްކަން! ކަލޭގެ ކާރުދުއްވަންއުޅޭ ބޮޑީބިލްޑަރު ގާތު ނިކަންއަހާބަލަ އަހަރެންމިއީ ކިހާވަރެއްގެ މީހެއްތޯ! މާ ބލބޑ ކުރަންޏާ ގއ. އަތޮލު މީހުންލައްވާ ގަންހިންގުވާލަފާނަން! މީ ލައްކަ ވާހަކަ!

    1
    11
  11. މަންތިރި

    ކޮމެންޓް ކުރާ އިރު ތިމަންނާ ހުރީ ބުރާންތިވެފައިކަން އެނގޭ ނަމަ އެކަހަލަ ކޮމެންޓް ނުކުރާނެ! އަސްލުގަ ހަމީދަކީ ލާދީނީ މީހެއް! ދައުލަތުގެ ސިއްރު ވަގަށް ބޭރުކުރި މީހެއް! ޔާމީނު ބުނީ ﷲ ގެ ނިންމެވުމަށް ބާރު ފޯރުވޭނެ އެކަކުވެސް ނޫޅޭނެޔޭ! މިހާރު މިއޮތް ޙާލަތު ﷲ ބަދަލު ކުރައްވާނެޔޭ! ކޮމެންޓް ކޮށްފަވާ ގިނަ މީހުން ﷲގެ އިރާދަފުޅާ މިންވަރުފުޅު ގަބޫލު ނުކުރާކަން ދޭހަވޭ!

  12. ސާގިރު

    އަދިވެސް ޖަލަށް ލެވުނު މީހުން މަދުވީ ތޯޢްޗެއް؟ ވެރިކަން ހިންގަން ނޭނގުނީމާ އިދިކޮޅު އެންމެން ޖަލަށްލައި މަޖިލިސް ހިސާރުކޮށް، ކޯޓުުގައި ތަޅުއަޅުވައި ގާޒީން ޖަލަށް ލައި ގައުމު ޑުރަގުގެ ހާޢްޔަކަށް ހަދާލީ، އޭރު ސަލާމަތުން އޮތްކަމެއް ބުނެލަދީ އޭރު މަވެސް ވޯޓުދޭނަން.

    1
    4