އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ހިޔާލު ތަފާތުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒް އާއި އިންތި އަށް ހާއްސަކޮށްގެން "ރާއްޖެ ޓީވީ" އިން ގެނެސްދިން ބަހުސްގައި އިންތި ވިދާޅުވީ 2023 ގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ. ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް އޭނާ ވިދާޅުވީ އެކަން ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.

ނަމަވެސް އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒު އިސްމާއިލް އާ މި ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދިނުމަށް "ގަދަކޮށް ތާއީދު" ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެއްޖެ ކަމުގައި ވާނަމަ، ރިޔާސީ ޕްރައިމަރީއަކާއި ނުލާ އެޕާޓީގެ ރިޔާސީ ޓިކެޓު އެބޭފުޅަކަށް ލިބެން ވާނެއެވެ. ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރުން ގެންދަވަނީ ޕްރައިމަރީއެއް ބާއްވަން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.

އެގޮތުން މި ކެމްޕޭންގައި އިންތިގެ ތަރުޖަމާނުކަން ވެސް ކުރައްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރަށު ކައުންސިލަކަށް ވާދަ ކުރައްވާ ނަމަވެސް ޕްރައިމަރީއެއްގައި ބައިވެރިވާން ޖެހޭ ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ އެ ހަމަ ނައްތާލަން އުޅެގެން ނުވާނެ ކަމަށެވެ.

"ޕްރައިމަރީ އެއް ބާއްވައިގެން މެނުވީ ކައުންސިލް ކެންޑިޑޭޓުކަންވެސް ނުހޯދޭ މިޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ އެ ހަމަ އުވާލަން އުޅުމަކީ މިޕާޓީގެ ޑިމޮކްރެޓިކް އުސޫލުތައް ފުނޑުފުނޑުކޮށްލަން އުޅުން. އެމްޑީޕީގެ މެދު އަކުރު އުވާލިޔަ ދީގެން ނުވާނެ." ވައްޑެ ވިދާޅުވިއެވެ.

އެއަށްފަހުގައި ބަރުލަމާނީއަށް ތާއީދު ކުރޭތޯ ކުރި ސުވާލަށް ވެސް އިންތި ދެއްވީ ދާދި އެއް ޖަވާބެކެވެ. ވިދާޅުވީ ރެފަރެންޑަމަކުން އެކަން ވެސް ނިންމާނީ ރައްޔިތުން ކަމުގައެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބުގައި ވެސް ފައްޔާޒް ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ގެނައުމަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަންތިރި

    މީ އެމްޑީޕީ ގެ ޑިމޮކްރެސީ! ބޮޑުސޯބު ބޭނުންވީމަ ޤަނޫނުގަ ލިޔެފަ ހުންނަ ވާހަކަތައްވެސް ވަނީ ދުމަށް!

    14
    1
  2. ފަރޭ

    އިންތިމެންނަކީ އަމިއްލަ އަތުން ލިޔެ ޤަރާރު ކުރާ ކަންތައްވެސް (އަސާސީ ޤަވައިދު) ގަބޫލު ނުކުރާ ބަޔެއް ދެން ކިހިނެއްތޯ ޕޯޑިޔަމެއްގައި ދައްކާވާހަކަ ފަހުން އަމަލުކުރާނީ؟

    ދައްކާވާހައިންނާއި ޢަމަލުން ދޭހަވާގޮތުން.. މީ ދީނަށް ގޮންޖެހުމުގެ އިސްވެ އަރާހުންނަ ބޮޑެއް.. ބޮޑާކަމުން ގޮސް ހައްދު ފަހަނައަޅާފައިވާ މީހުންތަކެއް

    އައްޑޫއިން މަގޭ ވޯޓެއް ނުލިބޭނެ..

    10
    1
  3. ަސދަސދ

    ވީމާ ފައްޔާޒު ރަނގަޅު. ކުރި ސުވާލަކަށް ޖަވާބު ދީފި.
    ނަމަވެސް އިންތިގެ ޖަވާބު ލިބެން އަންނަނީ ބައިވަރު މަރުހަލާތަކަކަށްފަހު. ކަމަކުނުދޭ.

    10
    1
  4. ސެންޗޯ

    ރަގަނޅު ޚިޔާލެއް

    7
    1
  5. ހައްގުބަސް

    ތިލަފަތުގެ ރަމްޒަ(އިންތި)އަކަށް ނޭގެ އެމްޑީޕީ އަސާސީގަވާއިދުވެސް، މިކަހަލުގެ ޕަޕަޓެއްް ހޮވައިގެން އެމްޑީޕީގެ ތާއިދު ގެއްލުން ނޫންކަމެއްނުވާނެ، ތިލަފުތުގެ ރަމްޒަކީ ސަދޫމްގެ ހުކުންކުރާ އުސޫލުތޯ؟؟؟؟

    10
    1
  6. ފުލެޓް

    މިހާރު ވެރިކަން ކާމިޔާބު ކޮށްފަ އޮތްމީހާއަށް ޗާންސް ދިނުން ބުއްދިވެރީ

    13
    2
  7. މުހައްމަދު އަހްމަދު

    ރައީސް ނަޝީދު 2013 ގަ އިންތިޚާބަށް ކުރިމަތިލީ އިރު ޕްރައިމަރީއެއް ނުބާއްވާ. އެއީ 2008 ގައި އިންތިޚާބުކުރި ރައީސަށްވާތީ. އެހެންކަމަށް ވާނަމަ، އެ އުޞޫލުގެ މަތިން މާ އައުލާކަން ބޮޑު ރައީސް ޞާލިހަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުން. އެމެރިކާގައި ވެސް އޮންނަނީ އެ އުޞޫލު.

    9
    1
  8. ހަސަންބެ

    އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެއްޖެ ކަމުގައި ވާނަމަ، ރިޔާސީ ޕްރައިމަރީއަކާއި ނުލާ އެޕާޓީގެ ރިޔާސީ ޓިކެޓު އެބޭފުޅަކަށް ލިބެން ވާނެއެވެ. ނަޝީދު ވެރިކަން ބޭނުންވީމާ މި އުޞޫލު މުގުރާލަންވީ. އެކަމަކު 2013 އައިއިރަކު ނަޝީދު ވެރިކަމަކު ނުވެސް ނެތް. އެކަމަކު މި އުޞޫލުގެ ތެރެއިން އޭނާއަށް ފުރުޞަތު ލިބުނު. ނަޝީދަށްވީމާ ދޯ؟

    11
    1
  9. ރައްްޔިތެއް

    ޕްރައިރީއާ ނުލައި ރ ސޯލިހަށް މޑޕ ރިޔާސީ ޓިކެޓް
    ދިނުމަކަށް އެއްވެސް ހުރަހެއް ދައެޗެއް ނެތެވެ އަދި
    ރަގަޅު މޮޅު ގޮތަކީވެސް އެއީއެވެ.

    11
    1
  10. އުއްމީދު

    ނަޝީދުއަށް ވެރިކަން ހޯދަން މަސައްކަތް ކުރުން އެއީ ބޭކާރުކަމެއް. ވެރިކަން ޙަވާލުކުރުމުން ގައުމު ހިންގަން ނެއެގުމުގެ އިތުރަށް ޣައުމުގެ ސަލމަތީ ބާރުތަކުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ގަދަވެ ސަލާމަތުން ހުއްޓަ ދިވެހިންތަކެއް ބޮލުގަ ބަޑިޖައްސައި ވެރިކަމުން އިސްތިއުފާ ދިނުމަށް ޝަރުތު ކުރިކަމަށް އަންނި ވަނީ ބުނެފަ. އެއި އެކަން ހިގި ގޮތް ކަމަށް ވަނީ ނަމަ އެއޮތީ ވެރިކަން ކުރުމުގެ ގާބިލްކަން ނެތްކަން ހާމަވެފަ. ތިމެންނަގެ ވެރިކަމުގަ ތިމެން މަނުކުފާނުގެ ސަލާމަތާއި ރަތްކާތެރިކަން ނުބެލެހެއްޓީ ސިފައިންނާއި ފުލުހުންގެ ކޮމާންޑް ބްރޭކް ވީ ހިސާބުން ވެރިކަން ކުރަން ނެއެގުނުކަން ހާމަވޭ. މިވަރުގެ ބޭފުލަކަށް އަލުން ވެރިކަމާއި ކައިރި ވިޔަދީގެން ނުވާނެ.

  11. މާކުންބެ

    ހަމައެއް ލަމައެއް އުޞޫލެއް، ކުރިންކަން ކޮށްފަ އޮތްގޮތެއް، ކަންވެފަ އޮތްގޮތެއް އަދި އަސާސީ ގަވާއިދެއް ކީއްކުރަން ލަދެއް ހަޔާތެއް އެމްޑީޕީގަ ހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޕްރައިމަރީއަކާނުލާ ރިޔާސީ ޓިކެޓް ދޭން ޖެހޭނެ.

  12. އަބޫބަކުރު

    ތި 2 މީހުން ކުރެ ކޮންމެ މީހަކަށް ވެރިކަން ލިބުނަސް ހަދާނީ އެކައްޗެއް. ކުރާނީ އެއްކަމެއް. އަޅުވެތި ކުރުމާއި، އަނެއް ގޮތް ހޯދުން. ތަފާތަކީ، އެކަކު ކުޑަކޮށް އަނގަގަދަ ވާނެ. އަނެކަކު މަކަރުވެރިވެފައި އަނގަ މައިތިރިވާނެ.