ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހަށް ގެއްލުން ދިން މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅާއި، ޕީޕީއެމްގެ އޮފީހުގެ ފާރަށް ރޭގެ ވަގުތެއްގައި ވަނީ ސްޕްރޭ ޖަހާފައެވެ.

ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ އިބާރާތްތަކަކާއި ޔާމީންގެ ފޮޓޯ ހިމެނޭ ކުރެހުމެއް ސްޕްރޭ ކުރުމާއި ގުޅޭ ގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ގެއްލުން ދީފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެމައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި ލިޔެފައިވާ ލިޔުންތަކެއް ވެސް ވަނީ ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އަޅާފައެވެ.

ޔާމީނަކީ ކުރީގެ ރައީސްއެއް ކަމަށް ވާތީ އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ސިފައިންގެ ޒިންމާއެކެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޔާމީންގެ ގެކޮޅުގައި ސިފައިންނެއް ނުތިބެއެވެ.

ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި މީގެ ހަފްތާއެއްގައި ދުވަސް ކުރިން އެމަނިކުފާނުގެ ގެކޮޅު ކައިރީ ގްރޫޕަކުން މުޒާހަރާ ވެސް ކުރިއެވެ. ޕީޕީއެމް އިން ބުނާ ގޮތުގައި އެމުޒާހަރާ ކުރީ އިންޑިއާ އިން ފައިސާ ދީގެންނެވެ.

ޔާމީންގެ ގެކޮޅަށް ސްޕްރޭ ކޮށްފައި މިވަނީ ރާއްޖެ އިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އެކި ތަންތަނަށް ޕީޕީއެމްގެ މެންބަރުން ސްޕްރޭއިން ޕޯސްޓަރުތައް ޖަހަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރައްޔިތުމީހާ

    👏🏻👏🏻👏🏻ރަގަނޅު ވަގު ޔާން އައުޓް

    10
    78
    • ރައްޔިތު ވަޒީރު

      ހޭބަލި ވީތަ..؟؟ ކަލޭ އަމާ އަށް ބަލާ ލައްވާ އައުޓް ކުރޭ. އިންޑިޔާ އައުޓް ހަމަ

      45
      2
    • މަޓޭ

      ތާހިރު ވެއްޖެ

      4
      14
    • ޙައްގުބަސް

      ރައްޔިތު މީހާ މިއީ ރަގަނޅަށް ވިއްޔާ ތަނެއް ދޮރެއް ނުދަންނަ މީހަކަށްވާނީ!! ކޮންމެވެސް މީހަކު ޗާބީދީފަ ދޫކޮށްފައި ހުރި މީކަހަށްވާނީ!! ނޫނީ ގެރިމޯދީ ބަހާ ލައްޑޫ ކޮޅުގޮހޮރަށް ކަލައިގެން ހުރި މީހަކަށްވާނީ!! މިކަހަލަ ބުރާންތިން ގިނަވީމަ ގައުމު ހަލާކުވަނީ!! ދެން އޮތީ ޔާމީންގެއަށް ގެއްލުންދިން މައްސަލާގައި ފުރަތަމަ ސުވާލުކުރަންޖެހޭނީ ޔާމީނަށް ސެކިއުރިޓީ ދިނުމުގައި ބޮޑުތަނުން އިހުމާލުވެފައިވާ ޑިފެންސް މިނިސްޓަރު މާރިޔާ އާ!! އޭނާވަނީ ނަޝީދަށްވެސް ރައްކާތެރިކަން ދިނުމުގައި ބޮޑުތަނުން އިހުމާލުވެފަ!! ޗީފް އޮފް ސްޓާފް ޝަމާލްއާ ކަމިޝަނަރ އޮފް ޕޮލިސްއާ ސުވާލުކުރަންޖެހެނީ!! ފުލުހުންގެ ސިއްރުފުލުހުންނަށް ނޭގި ތިކަމެއްނުކުރެވޭނެކަމީ ހަމަ ޔަގީނާ ގާތްކަމެއް!! ސަބަބަކީ 24/7 ތިގެ ފެންނަ ހިސާބުގައި އެފަރާތްތަކުގެ މީހުން ތިބޭނެ!! ތިގެ ކައިރީ ހިނގާ ކަންކަމާ ތިގެއަށް ވަދެނިކުމެ އުޅޭ މީހުނާ ޕީޕީއެމް އޮފީހަށް ވަދެނިކުމެ އުޅޭ ފަރާތްތަށް މޮނިޓަރ ކުރާނެ!! އެހެންވީމަ މިކަން ހިނގާފައިވާނީ ފުލުހުންނަށް އެމަޢުލޫމާތު ރަގަނޅަށް އެނގިގެން!!

  2. ލޯބިވާ ވަޠަން

    ރައްޔަިތު މީހާ. ކަލޭމެންނަށް ހޭވެރިކަން ވާނީ މަރިޔަނބު ގެއްލި ކޮށި ދަނޑު ވެސް ގެއްލުނީމަ. ޥ.ވެދުން.

    29
  3. ރަނިލް

    ތިކުނިތައް އެޅީ ލާދީނީ އެމްޑީފީ ޕާޓޭން

    33
    1
  4. ކިޔުންތެރިއެއް

    ހަމަ އެ ފޮންޓުގަ ހަމަ އެހާގިނަ އިންޑިއާ އައުޓް ޖަހާފަ ޕުރިންޓުކޮށްގެން މަގުތަކަށް އުކަނީ އެމްޑީޕީ އެއްޗެހިން.

  5. އަހަންމަދު

    ތިޔަވަރުކަމެއް ހިގާދިޔައިރު ފުލުހުން ގަސްތުގަ ތިއޮތީ ތިކަންކުރަން ފުރުސަތުދީފަ! ތިތަން ފެންނަފަށުގަ 24ގަޑިއިރު! ބިއްލޫރިކޮއްޓަކަށް ލާފައިންނަ ފުލުހެއް އިންނަކަން މާލޭގެ އެންމެނަށްވެސް އެގޭނެ!ތިސަރަހައްދަކީ އަބަދު ފުލުހުންނަށް ފެންނަންއޮންނަތަނެއް!

    30
  6. ޙަޒާ

    މިކަހަލަ ކަން ކަން ހައްލުކުރެވޭނީ ސަރުކާރު ޕޮލިހުންގެ ބަދަލުގައި ރައްޔިތުންގެ ދިފާއުގަައިވެސް ޕޮލިހުންގެ އިދާރާއެއް ގާއިމްކުރެވުމުން.

  7. އައްލާގެފުތާ

    މަހާރުހުރި ސީޕީ ހަމީދުުހުރެގެން
    އިދިކޮޅުބައެއްގެއެއްވެސްކަމެއް ފުލުހުންނަކައްނުބެލޭނެ.