މާލެ އާއި ރަށްރަށުގައި މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފ. ނިލަންދޫގައި ވޯޓުލުމަށް ފަހު ވޯޓް ކަރުދާސް ދައްކަން އަންގާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފިއެވެ.

މިކަން އެމްޑީޕީގެ އިންތިހާބާ ގުޅޭ ކޮމިޓީގެ ސަމާލު ކަމަށް ގެންނެވީ އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ވައްޑެ މިއަދު ޓުވިޓާގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ފެންނަނީ މީހަކު ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށް ފަހު، ވޯޓު ކަރުދާސްކޮޅު ފޮއްޓަށް ލުމުގެ ކުރިން ވީޑިއޯ ކުރަން ހުރި މީހާ އަށް އެ ކަރުދާސް ދައްކާ ތަނެވެ.

ވައްޑެ ވިދާޅުވީ ނިލަންދޫ ވޯޓުލާ މަރުކަޒަށް ވޯޓުލާން ދާ މީހުން ފާހަގަޖެހުމަށް ފަހު، ކަރުދާސްކޮޅު ދައްކަން އަންގާ މައްސަލައެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ވޯޓު ކަރުދާސް ދައްކަން އަންގަނީ އެ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން މޮނީޓާކުރަން ހުރި އޮފިޝަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ޕާޓީން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދާނޭ ގޮތުގެ އުސޫލުތަކާ ޚިލާފު ކަމެއް. އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް." ވައްޑެ ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ވަނީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަށް ހުށަހަޅައިފައެވެ.

އިންތިހާބާ ގުޅޭ ގޮތުން އިތުރު ޝަކުވާތަކެއް ވެސް ދަނީ ފެންމަތިވަމުންނެވެ.

އެގޮތުން ހުޅުމާލޭގެ ވޯޓުލުން ގާޒީ ސްކޫލްގައި ބާއްވަން ނިންމާފައި ވަނިކޮށް، އެއްވެސް އެންގުމަކާ ނުލާއި ކުއްލިއަކަށް މިއަދު ހެނދުނު ހުރަވީ ސްކޫލަށް ބަދަލުކުރި މައްސަލަ ވަނީ ހޫނުވެފައެވެ.

މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފެށި އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި، ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދާނެއެވެ. މި އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.

މި އިންތިހާބުގެ އިތުރަށް އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް މިއަދު ހޮވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާޒީ

    ތިއީ މި އިންތިޚާބުން ބަލިވެދާނެ ކަމަށް ފެންނާތީ ދައްކަމުންދާ ވާހަކަ. ތި ބައިގަނޑުގެ ކަމަކީ އަބަދުވެސް ފިތުނަ އުފެއްދުން.

    8
    3
    • އަހަންމަދު

      ހެއްވާދޯ! އެކަމަކު މޑޕގެ ކަމެއްވީމަ ހެއްވާއެއްނޫން! ޙަމަ އާދައިގެ ކަމެއް! ކޮންމެއެއްޗެއް އެމިހުންގެބޮޑުން ކިޔަސް އެމިހުންގެ ޢާއްމު މެންބަރުން ގަބޫލުކުރާނެ! ވޯޓުލީމަ ވޯޓުކަރުދާސްކޮޅު އޮންނާނީ ވޯޓުފޮށި ތެޜޭގަ! ދެން ވޯޓުލީމީހާ އޭނާލީވޯޓްކަރުދާސްކޮޅު އެހެންމީހަކަށް ދައްކާނެގޮތެއް ތިޔަ ވައްޑެ އަރިހުން އަހާލަބަލަ!

  2. ޑައެލޯގް

    ފައްޔާޒު ވައްކަންކުރާނެއެވެ. ސަރުކާރާއިފައިސާ އޮތީ ފައްޔާޒުކޮޅުގައެވެ.

  3. އަހަންމަދު

    މިވައްޑޭ މިއީ ހަމަ މޑޕކުދިންނަށް މާކަމުގޮސްގެން މަޖިލިހަށްހޮވިމީހެއްބާ؟މިޓުވީޓުގަމިއޮތީވައްޑޭހަމައަމިއްލައިޚުތިޔާޜުގަލިޔުނުއެއްޗެއްބާ؟