އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އައިޝަތު އާނިޔާ އެޕާޓީން ވަކިވެއްޖެއެވެ.

އާނިޔާ ޕާޓީން ވަކިވުމަށް އެދި އެމްޑީޕީގެ ސްކްރެޓަރީ ޖެނެރަލް އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ އޭނާ ވަނީ ޓްވީޓާގައި ހިއްސާކޮށްފައެވެ. އާނިޔާގެ ސިޓީގައި ވަނީ މިއަދުގެ ތާރީހުގައި އެޕާޓީގެ ދަފްތަރުން އޭނާ އއުނިކޮށްދިނުމަށް އެދިފައެވެ.

އާނިޔާ ވިދާޅުވީ، އެމްޑީޕީއާ ދުރަށް ދިއުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، ނަމަވެސް މިހާރު އެޕާަޓީ އުފެދިގެން އައި އިރު އޮތް މަގުސަދާ ޕާޓީ ވަރަށް ބޮޑަށް ދުރަށް ގޮސްފި ކަމަށެވެ.

https://twitter.com/Aniya_A/status/1525707717297700864?s=20&t=nI62XNPOnlk4rYK-tS5R2Q

އިއްޔެ ބޭއްވިގެން ދިޔަ އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އާނިޔާ ތާއިދުކޮށްފައި ވަނީ އިންތިހާބުން ބަލިވި ކެނޑިޑޭޓް މެންބަރު އިމްތިޔާޒް ފަހުމީއަށެވެ.

ބެލެވޭ ގޮތުގާ އާނިޔާ އެޕާޓީއާ ދުރަށް ގޮސްފައި ވަނީ އިމްތިޔާޒް ފަހުމީއަށް އެ އިންތިހާބު ކާމިޔާބު ނުކުރެވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މުހައްމަދު

    ތިކަހަލަ މުނާފިގުންދިއުމުން ވ.އުފާވޭ

    16
    1
  2. ޑައެލޯގް

    މަށަކީ އެމްޑީޕީއަށް ތާއިދުކުރާމީހެއްވެސްނޫނެވެ. ނަމަވެސް އާނިޔާގެ ނިންމުންރަގަޅެވެ. ސަބަބަކީ ސޯލިހުވަރުގެ ގައްދާރެއް މަށެއްނުދެކެމުއެވެ. ސޯލިހަށް ވެރިކަންލިބުނީ އަންނިއަށް ކުރިމަތިލެވޭގޮތްނުވުމުން އަންނި ސޯލިހަށް ވެރިކަންދިނުމަށްބުނުމާއެކުގައެވެ. އަދި އަންނިއަށް ކުރިމަތިލެވޭގޮތްވުމުން ސޯލިހު ފެއަށްޖެހެން ސަރުތުކޮށްފައެވެ. އެވަރުގެ ގައްދާރެއް ސޯލިހަކީ ދެންކިހިނެއް ރައްޔިތުންނަށް ވަފާތެރިވާނީ ވީމާ އެފަދަގައްދާރަކާއެކު ޕާޓީގއަިތިބުމުގެ ބޭނުމެއްނެތެވެ.

    13
    8
  3. ބުއްޅަބޭ

    ތިކަހަލަ ޔަހޫދީން ރަނގަޅީ އަވަހައް ވަކިވިއްޔާ

    14
    5
  4. ގަން

    Alhamdhu lillah

    13
    1
  5. ހަހަހާ

    އަހަރެންމީ އެމްޑީޕީގެ މެންބަރެއް ނޫން. ހަމައެކަނި އެހެންވީމާ އަދި ސަރުކާރުގެ ޒިންމާދާރު މަގާމެއްގަ ހުރިދުވަހު އަހަރެންނާވެސް ތިޔަ އާނިޔާ ދިމާކުރި ހަނދާންއެބަހުރި. ހަމައެކަނި އެމްޑީޕީގެ މެންބަރަކަށް ނުވީތީ. އެހާވެސް ދަށުދަރަޖައިން ކަންކުރި އަންހެނެއް ތިއާނިޔާ އަކީ. މިއަދު ކީކޭބާ ހީކުރަނީ؟؟؟؟؟ އަހަރެން މިއަދު އައްޖަހާފަ އުފާކުރަން މިއިނީ!!!!!

    17
    1
  6. ޙަޒާ

    Thi dhaitha kendunas party kuriah dhaane

  7. ޒުވާނުން

    އާނިޔާއަކީ ޕާޓީ ހަލާކު ކޮށްލި އެކަކު. ހުރެ ބަލަން ފައްޔާޒުމެން ހިންގާލާއިރު

    7
    2
  8. 3653

    ހަނދާނަށް އަންނަނީ ސްޕަމާކެޓްތަކުގަ ބުރުގާ އަޅުވާށޭ ކިޔާފަ މީނާ ލިޔުނު އެއްޗަކުން ޕާޓީއަށް ލިބުނު ބޮޑު ޑެމޭޖް. ދެން އެމްޑީޕީ ކަންތަކާ ނުބެހޭނެކަމަށް ހީކުރަން

  9. ހަސަންބޭބެ

    އާނިޔާ އަކީ ލަދު ކުޑަ އަދި ތިމާ ނުރުހޭމީހެއް ވިއްޔާ ތަނެއް ދޮރެއް ނުބަލާ އެމީހަކަށް އަޅާލާ މީހެއް